30 ސެޕްޓެމްބަރ 2021
އައްޑޫގައި ޓޫރިޒަމް ފުޅާކުރަން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ހަންކެޑެ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިހާރު ވެސް އޮތީ ފެށިފައި ކަމަށާއި އެކަމާ ގުޅުން ހުރި ބޮޑެތި މަސައްކަތްތައް ވެސް ވަރަށް އަވަހަށް ފަށާނެ ދާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އައްޑޫގައި ޓޫރިޒަމް ފުޅާކުރަން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ހަންކެޑެ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިހާރު ވެސް އޮތީ ފެށިފައި ކަމަށާއި އެކަމާ ގުޅުން ހުރި ބޮޑެތި މަސައްކަތްތައް ވެސް ވަރަށް އަވަހަށް ފަށާނެ ދާނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފި އެވެ.
އައްޑޫ ޓޫރިޒަމްގެ މުސްތަގުބަލާ ބެހޭ ގޮތުން ކައުންސިލުން ރޭ ކްލަބްހައުސް ކުރިއަށް ގެންދިޔަ ޕެނެލް ޑިސްކަޝަންގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ ހަންކެޑެ އަކީ އަކީ އައްޑޫ ލޯކަލް ޓޫރިޒަމްގެ ތެރެއިން 1،000 އެނދަށް ޓާގެޓްކުރާ ކަމެއް ކަމަށެވެ.
ލިންކް ރޯޑުން ގުޅިފައި އޮންނަ މަރަދު އާއި ގައުކެނޑިއާ ދޭތެރޭ އޮންނަ ހަންކެޑެ ޓޫރިޒަމަށް ތަރައްގީކުރާއިރު ހަންކެޑެ އާއި ގައުކެޑިއާ ދޭތެރޭ އޮތް ކޯޒްވޭ (ބްރިޖް) ރަށުގެ ފުއްޓަރު ފަރާތަށް ބަދަލުކުރާނެ އެވެ. އެ ކޯޒްވޭ އަކ އައްޑޫ ލިންކްރޯޑްގެ ބައެކެވެ. އެ މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ އައްޑޫގެ މަގު ހެދުމަށް އިންޑިއާ ސަރުކާރުގެ އެހީގައި މިހާރު ފަށަން ތައްޔާރުވަމުން އަންނަ ބޮޑު ޕްރޮޖެކްޓްގެ ތެރެއިންނެވެ.
އެ މަސައްކަތަށް ބޭނުންވާ ވަރަށް ގިނަ ސާމާނު ވެސް މިހާރު ވަނީ އައްޑު އަށް ގެނެސްފަ އެވެ.
"ހަންކެޑެއިގެ މަސައްކަތް މިހާރު އޮތީ ހަމަ ގާތްގަަނޑަކަށް ފެށިފައި. އޭގެ ހުރިހާ ޑިޒައިންތަކާއި ކޮންސަލްޓެންސީ އާއި އަދި އެނޫން ވެސް ހުރިހާ މަސައްކަތްތެއް ހުރީ މިހާރު ނިމިފައި،" ނިޒާރު ވިދާޅުވި އެވެ. "އެހެންވީމާ ދެން ފެނިގެން ދާނީ އެތަނުގައި ކުރަން ބޮޑެތި މަސައްކަތްތައް ފެށިގެންދާ ތަން."
ހަންކެޑެ ޓޫރިޒަމަށް ތަރައްގީކުރުމުގެ މަސައްކަތް މި ސަރުކާރުގައި ފަށާ އިރު އެ ސަރަހައްދަކީ އައްޑޫގައި އެންމެ ޓޫރިޒަމަށް ހާއްސަކުރި ސަރަހައްދުގެ ތެރެއިން އެއް ތަނެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި 2004 ގައި ހަންކެޑަގައި 120 ކޮޓަރީގެ ސިޓީ ހޮޓަލެއް ތަރައްގީކުރަން ހުޅުވާލައި އޭރު، ތޫނޑު ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ވެސް ހަވާލުކުރި އެވެ. އެކަމަކު މަސައްކަތް ފަށަން އެ ކުންފުންޏަށް ދިން މުއްދަތުގެ ތެރޭގައި މަސައްކަތް ނުފެށުމުން ކުންފުނި ޖޫރިމަނާކޮށް، ފަހުން އެއްބަސްވުން ބާތިލުކުރީ އެވެ.
އޭގެ ފަހުން ކުރީގެ ރައީސް މުހައްމަދު ނަޝިދުގެ ވެރިކަމުގައި އަނެއްކާ ވެސް ހަންކެޑެ ތަރައްގީކުރުމުގެ ވާހަކަ ވަރަށް ބޮޑަށް ދެކެވުނެވެ. އަލުން ހަންކެޑެ ތަރައްގީ ކުރުމުގެ މަސައްކަތް ހާފް ޑިގްރީ ކިޔާ ކުންފުންޏަކާ 2008 ގައި ހަވާލުކޮށް އެތަނުގައި ސާމްޕާލް ރޫމެއް ވެސް ހެދި އެވެ.
ނަމަވެސް އެ މަސައްކަތް ވެސް ފަހުން ހުއްޓުނީ އެވެ. އޭގެ ފަހުން ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ ކްރެސެންޑާޒް ގްރޫޕާ ވެސް ހަންކެޑެ ތަރައްގީކުރަން 2013 ގައި ސަރުކާރުން ހަވާލުކުރި އެވެ. އޭރު އެ ކުންފުނިން ހަންކެޑެ ތަރައްގީކުރާނެ ގޮތުގެ ޕްލޭންތަކެއް ވެސް މީޑިއާތަކާ ހިއްސާކޮށް ހަންކެޑެ 2014 ގައި، ހަތަރެއް ނުވަތަ ފަސް ތަރީގެ ރިސޯޓެއްގެ ގޮތުގައި ހިދުމަތަށް ހުޅުވައިލާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެކަމަކު ފަހުން އެ މަސައްކަތް ވެސް ހުއްޓުނީ އެވެ.
ހަންކެޑެ މިހާރު އަނެއްކާ ވެސް އަލުން ތަރައްގީކުރުމުގެ ވާހަކަ ދައްކާ އިރު، މި ސަރުކާރުގެ އަމާޒަކަށްވެފައި އޮތީ ލޯކަލް ޓޫރިޒަމްގެ ތެރެއިން ފަސް އަހަރުގެ ތެރޭގައި އައްޑޫގައި 8،000 އެނދު ތަރައްގީކުރުމެވެ.
ހަންކެޑެއިގެ އާ ޕްލޭންގެ ދަށުން އެތަނުގައި ރަށުގައި ހޮޓަލާއި ގެސްޓްހައުސް އާއި ސްޕާ އާއި ބީޗް ކުލަބާއި ކޮންފަރެންސް ހޯލާއި ފިޓްނެސް އާއި ކުޅިވަރާއި ވޯޓަ ސްޕޯޓްސް އާއި ޑައިވިން އަދި އިވެންޓް ސްޓޭޖް ފަދަ ތަންތަން ހަދަން ވަނީ ހަދަން ނިންމާފައިވެ އެވެ.
އައްޑޫގައި ޔޮޓް މެރީނާއަކާއި ކްރޫޒް ޓާމިނަލެއް
އައްޑޫގެ ޓޫރިޒަމް ޒޯންތަކުން ފުރަތަމަ 4،140 އެނދު
އައްޑޫގައި 6،000 އެނދު ތަރައްގީ ކުރަން ޕްލޭނެއް
އައްޑޫން ޓޫރިޒަމްގެ ބޭނުމަށް 23 ބިމެއް ދޫކޮށްފި
ބިޔޯންޑް ދި އީކުއޭޓާއިން އައްޑޫގެ ރީތިކަމާއި ނަލަކަން
"ވަރުބައްޔެއް ނުވޭ، ބޭނުމީ އައްޑޫ މީހުންގެ ހިއްސާ"
އައްޑޫ ޓޫރިޒަމް ޒޯންތަކަށް އެސްޑީއެފްސީން ލޯނު ނަގަނީ
ހަންކެޑެގެ ވާހަކަތަކުން އަނެއްކާ އައްޑޫ ހައްދަނީ؟
އައްޑޫން ގޯތި ދިނުމާ ގުޅިފައިވާ ހިއްކާ ބިންތަކާ
ރެއިންބޯ އިން އައްޑޫގައި އިންވެސްޓްކުރާނެ: ކައުންސިލް