Roadha Mihaaru

ނަޝީދު ވިދާޅުވަނީ ގަން އެއާޕޯޓުގެ ހިއްސާ އާންމުންނަށް ދޭނެ ކަމަށް

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު، ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ސިޓީ ކައުންސިލާއި އާއްމުންނަށް ދޭ ގޮތަށް ސިޔާސަތު ބަދަލުކުރައްވާނެ ކަމަށް، އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ގަން އެއާޕޯޓުގެ ހިއްސާ ބަދަލުކުރާނަން: ނަޝީދު
އާސިމާ ނިޒާރު
ސ. މަރަދޫން އާސިމާ ނިޒާރު

24 ޖެނުއަރީ 2023

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު، ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ސިޓީ ކައުންސިލާއި އާއްމުންނަށް ދޭ ގޮތަށް ސިޔާސަތު ބަދަލުކުރައްވާނެ ކަމަށް، އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

މި ރަށުގެ މަސްވެރިންގެ ޖަގަހަ ހުޅުވައިދެއްވުމަށް ފަހު ވާހަކަފުޅުދައްކަވަމުން ނަޝީދު ވިދާޅުވީ ގަން އެއާޕޯޓު ތަރައްގީކުރުމަކީ ޒަމާންވީ ވާހަކައެއް ކަމަށެވެ. ނަމަވެސް އަމަލީ މަސައްކަތް ނިމި، މަތިންދާ ބޯޓު ޖެއްސޭ ތަން އޮތީ ނުފެނިފައި ކަމަށް ވިދާޅުވި އެވެ.

މި ފަހަކާ ޖެހެންދެން ވެސް މާލެއިން ބޭރުގައި އޮތް ހަމައެކަނި އިންޓަނޭޝަނަލް އެއާޕޯޓު ވެސް އޮތީ އައްޑޫގައި ކަމަށާއި ނަމަވެސް އެ އެއާޕޯޓުގެ ފުރިހަމަ ބޭނުން ވެސް އޮތީ ނުކުރެވި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އެކަން ބަދަލުކުރުމަށް، އަމިއްލަ ވިޔަފާރިވެރިންނާއި ތަޖުރިބާ ހުރި ބޭރުގެ ފަރާތްތަކާ އެކު ގަން އެއާޕޯޓު ތަރައްގީކުރެވޭނެ ކަން ޝައްކެއް ނެތް ކަމަށް ވިދާޅުވެ، ނަޝީދު ވަނީ ގަން އެއާޕޯޓުގައި އޮތް ސަރުކާރުގެ ހިއްސާ ބަދަލުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު އިރާދަކުރެއްވިއްޔާ ދެން އުފެދޭ އެމްޑީޕީ ސަރުކާރެއްގައި އެ ހިއްސާ އައްޑޫ ސިޓީ ކައުންސިލަށާއި އަދި އާއްމުންނަށް ބަދަލު ކުރެވޭނެ ގޮތަކަށް އަޅުގަނޑުމެންގެ ސިޔާސަތުތައް ކުރިއަށް ގެންދާނަން. ހާއްސަކޮށް ސިޓީ ކައުންސިލަށް، ފިނޭންސް މިނިސްޓްރީގައި އޮތް ބޮޑު ބައެއް ސިޓީ ކައުންސިލަށް ފުރޮޅާލުމަކީ އަޅުގަނޑަށް ފެންނަ ގޮތުގައި މި އެއާޕޯޓު ހަދާ ކުރިއަށް ގެންދަން އޮތް އެންމެ ފަސޭހަ މަގު." ނަޝީދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކޮމާޝަލް އެއާޕޯޓެއްގެ ގޮތުގައި ގަން އެއާޕޯޓު ތަރައްގީކުރަން އިނގިރޭސިން ޝައުގުވެރިވެ އެވެ. ރާއްޖެއާ ބެހޭގޮތުން ކުޑަކޮށް ވެސް މައުލޫމާތު އެނގޭ އެ ގައުމުގެ ވަޒީރެއް ނުވަތަ ވިޔަފާރިވެރިޔަކާ ބައްދަލުވިޔަސް ގަން އެއާޕޯޓާއި އައްޑޫގެ ވާހަކަ އޮޅުންފިލުވާ ކަމަށް ވިދާޅުވި އެވެ.

އައްޑުއަކީ އީކުއެޓާގެ އުތުރުގެ ތަންތަނާ ވަރަށް ތަފާތު ތަނެއް ކަމަށާއި ކަނޑު ދަތުރުކުރާ މަގުތައް ގިނައިން ދަތުރުކުރަނީ ވެސް މި ސަރަހައްދާ ކައިރިން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެ ސަބަބުތަކާ ހެދި، އައްޑު އަށް އިންޑިއާ ކަނޑު ދެކުނުގައި އޮންނަ ބޮޑު ހަބަކަށް ނުވަތަ ސެންޓަރަކަށް ނުވެވޭނެ އެއްވެސް ސަބަބެއް ނެތްކަން ފާހަގަކުރެއްވި އެވެ.

ނަމަވެސް، އެމްޑީޕީގެ ސިޔާސަތު ތަންފީޒުކުރާ ނަމަ ފަސޭހަކަމާ އެކު އެކަން ކުރެވެން އޮތް ކަމެއް ކަމަށެވެ.

ކެމްޕެއިންގެ ފަހު މަންޒިލެއްގެ ގޮތުން މި ރަށަށް ވަޑައިގެން ނަޝީދު ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ހާއްސަކޮށް އައްޑޫގެ ތަރައްގީބއަށް ފަށާފައިވާ މަޝްރޫއުތައް މަޑުޖެހިފައި އޮތުމުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި އައްޑޫ ގޭ ދޮށު މަސް ޕްލާންޓުތައް ކުރިއަށް ނުގޮސް އެ ހުރީ ރަނގަޅު ވަގުތުގައި ނަގަންޖެހޭ ރަނގަޅު ނިންމުންތައް ނުނިންމޭތީ ކަމަށެވެ. ޓެންޑަރިން ހަވާލުކުރުމަށް ފަހު އެ މަސައްކަތް ކުރިއަށް ނުދާ ނަމަ އަދި ދައުލަތަށް ގެއްލުމެއް ވިޔަސް ބަލަންޖެހޭނީ އަވަހަށް އެކަމެއް ކުރިއަށްދާ ގޮތަކަށް ރޭވުން ކަމަށް ވިދާޅުވި އެވެ.

އެގޮތަށް ކޮންޓްރެކްޓް ބާތިލްކޮށްފައި އަލުން ޓެންޑަރިންނަށް ލިޔަސް ނުވަތަ ކޮންޓްރެކްޓް ދީފައިވާ ފަރާތުގެ ދަތިތައް ދެނެގަނެ ސަރުކާރާއެކު އެ މަސައްކަތް ހައްލުކުރެވޭނެކަން ފާހަގަކުރެއްވި އެވެ.

ރަނގަޅަށް މަސައްކަތްތައް ކުރިއަށްދާނަމަ މަސައްކަތްތައް ހުއްޓިފައި ނުހުންނާނެ ކަމަށާއި އެކަމަކު، ނަޝީދު ވިދާޅުވި ގޮތުގައި ހަތަރު އަހަރު ގެއްލުނީ ލާރި ހުރެ، މަސައްކަތް ފުރިހަމަ ނުވެ އެވެ.

އެހެންވެ، އެ މަނިކުފާނު ވެރިކަމަށް ހޮވައިފި ނަމަ މަހަކު ދެ ތިން ފަހަރަށް މި ސިޓީއަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

ކެމްޕެއިންގެ ފަހު މަންޒިލެއްގެ ގޮތުން މި ރަށަށް ވަޑައިގެން ނަޝީދު ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ހާއްސަކޮށް އައްޑޫގެ ތަރައްގީއަށް ފަށާފައިވާ މަޝްރޫއުތައް މަޑުޖެހިފައި އޮތުމުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"އަޅުގަނޑު މި ތަނަށް އަންނަވަރު އިތުރުވާނެ، އަޅުގަނޑު މި ތަނުގައި ހިނގާ ކަންކަން ބަލާނެ. އަދި ވަމުންދާ ގޮތް ސަރުކާރުގެ އެހެން ވުޒާރާތަކަށް އޮޅުން ފިލުވައިދިނުން އަދި ފާހަގަކޮށްދިނުން އެއީ ކޮންމެހެން ބޭނުންތެރި ކަމެއް." ނަޝީދު ވިދާޅުވި އެވެ.