19 ޖެނުއަރީ 2023
މިސް ޔުނިވާސް 2022 ކާމިޔާބު ނުކުރެވުނު ނަމަވެސް، ބަހްރެއިން ތަމްސީލް ކުރި އެވެލިން ހަލީފާ ޝޯ ނިންމާލާފައި ވަނީ ވަރުގަދަ މެސެޖަކާ އެކު ގިނަ ބައެއްގެ ހިތްތައް އަތުލައިފަ އެވެ.
މިސް ޔުނިވާސް 2022 ކާމިޔާބު ނުކުރެވުނު ނަމަވެސް، ބަހްރެއިން ތަމްސީލް ކުރި އެވެލިން ހަލީފާ ޝޯ ނިންމާލާފައި ވަނީ ވަރުގަދަ މެސެޖަކާ އެކު ގިނަ ބައެއްގެ ހިތްތައް އަތުލައިފަ އެވެ.
އެވެލިން އަކީ ދުނިޔޭގެ އެކި ގައުމުތަކުން 86 ގައުމެއްގެ ބައިވެރިން ވާދަކުރި މިސް ޔުނިވާސް މުބާރާތުގެ 71 އަހަރުވީ ދިގު ތާރީހުގައި ބަހްރެއިންގެ ފަރާތުން ބައިވެރިވި ދެވަނަ މީހާ އެވެ.
އެވެލިން ސްވިމް ސޫޓް ރައުންޑުގައި ލައިގެން ހުރި "ބަރްކިނީ" ދައްކާލަނީ
އޭނާ މިސް ޔުނިވާސް ބަހްރެއިން ކާމިޔާބުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
މިފަހަރުގެ މުބާރާތުގައި ސްވިމް ސޫޓް ރައުންޑްގައި މިސް ބަހްރެއިން ފެނުނީ ފިޔާތޮށި ކުލައިގެ "ބަރްކިނީ" ނުވަތަ ހަށިގަނޑު އެއްކޮށް ނިވާކޮށްފައި ހުންނަ މުސްލިމް އަދި އަރަބި އަންހެނުންގެ ތެރޭގައި މަގްބޫލް ސްވިމް ސޫޓެއް ލުމަށް ފަހު ކޮނޑުގައި ފޮތިގަނޑެއް އައްސައިގެންނެވެ.
އެވެލިން ސްވިމް ސޫޓް ރައުންޑުގައި ލައިގެން ހުރި "ބަރްކިނީ" އާއެކު އަޅައިގެން ހުރި ފޮތިގަނޑުގައި ދީފައިވާ މެސެޖް
އެ ފޮތިގަނޑުގައި "އަރަބި އަންހެނުން ތަމްސީލު ކުރެވެން ޖެހޭ. މުސްލިމު އަންހެނުންނަށް ވެސް މިސް ޔުނިވާސްއަކަށް ވެވިދާނެ" މިހެން ލިޔެފައި އޮތެވެ. އަދި ފޮތިގަނޑުގެ ތިރީގައި އަރަބި ބަހުން "ހަމަހަމަކަން" ވެސް ލިޔެފައި އޮތެވެ.
މިފަހަރުގެ މިސް ޔުނިވާސްގައި ހަވީރީ ހެދުމުގެ ރައުންޑުގައި އެވެލިން ލައިގެން ހުރި ހެދުން
މިސް ޔުނިވާސްގެ ސްވިމް ސޫޓު ރައުންޑުގައި ނިވާކަން ކުޑަ ހެދުން ލުން މަޖުބޫރު ނުވި ނަމަވެސް، އަދި މިހާތަނަކަށް ފޮރުވިފައިވާ ހެދުމެއް ލައިގެން ހުރި އެއްވެސް ބައިވެރިއަކު އެ ޓައިޓަލް ކާމިޔާބުކޮށްފައެއް ނުވެ އެވެ.
ފީފާ ވޯލްޑް ކަޕާ ގުޅިގެން ލަސް ކުރި މިސް ޔުނިވާސް 2022 ކާމިޔާބުކޮށްފައި ވަނީ އެމެރިކާގެ އަރްބާނީ ގޭބްރިއޭލް އެވެ. އެއީ އެމެރިކާގެ ބައިވެރިއަކު އެ މުބާރާތް ކާމިޔާބު ކުރި ނުވަ ވަނަ ފަހަރެވެ.
މިސް ޔުނިވާސްގެ ތާޖު ޑެންމާކުގެ ވިކްޓޯރިއާ އަށް
މިސް ޔުނިވާސްގައި ޝައިނާ ދައްކާލީ ދިވެހި ލިބާސް
ހަށިގަނޑު ހާމަކޮށްގެން ކުރާ ކަމަކުން ކާމިޔާބެއް ނެތް
މިސް ޔުނިވާސްގައި ބައިވެރިވުން ސަރުކާރުން ކުށްވެރިކޮށްފި
ދިވެއްސަކު މިސް ޔުނިވާސްގައި ބައިވެރިވެއްޖެ
ބަހްރެއިންގެ ވަލީއަހްދާ ޒަމީރު ބައްދަލުކުރައްވައިފި
އުމުރުން 60 އަަހަރުގައި މިސް ޔުނިވާސްގެ ތާޖު
ސައޫދީން މިސް ޔުނިވާސްގައި ބައިވެރިވާ ވާހަކަ ދޮގުކޮށްފި
ސައުދީން މިސް ޔުނިވާސް މުބާރާތުގައި ވާދަކުރަނީ
ސައިބަ ސެކިއުރިޓީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި