07 އޮކްޓޯބަރ 2022
ރާއްޖޭގައި ސައިބަ ސެކިއުރިޓީ ހަރުދަނާ ކުރުމަށް ބަހުރެއިނުގެ އެހީތެރިކަން ހޯދުމުގެ އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
ރާއްޖޭގައި ސައިބަ ސެކިއުރިޓީ ހަރުދަނާ ކުރުމަށް ބަހުރެއިނުގެ އެހީތެރިކަން ހޯދުމުގެ އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފި އެވެ.
ދިވެހި ސަރުކާރާއި ބަހުރައިން ޓެލެކޮމިއުނިކޭޝަން ކޮމްޕެނީ (ބަޓެލްކޯ) އާއި ދިރާގާ ދެމެދު ރާއްޖޭގައި ސައިބަ ސެކިއުރިޓީ އިތުރަށް ހަރުދަނާކުރުމަށް ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެމްއޯޔޫގައި ސޮއިކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ބަހުރެއިނަށް ކުރައްވާ ދަތުރުފުޅުގަ އެވެ.
"މި އެމްއޯޔޫގެ ދަށުން، ރާއްޖޭގެ ޑިޖިޓަލް ތަރައްގީގައި އެންމެ އިސްކޮށް މަސައްކަތް ކުރާ އެޖެންސީ، ނޭޝަނަލް ސެންޓަ ފޮ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން ދިވެހިންނަށް ރައްކާތެރި ސައިބަ ސްޕޭސްއެއް ކަށަވަރު ކޮށްދިނުމުގެ ގޮތުން، ދިރާގާއި ބަޓެލްކޯގެ ބިޔޯންސައިބަގެ ތަޖުރިބާކާރު ވަސީލަތްތައް މެދުވެރިކޮށް ހިދުމަތް ލިބިގެންދާނެ އެވެ،" އެންސީއައިޓީ އިން ނެރުނު ބަޔާނެއްގައި ވެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ:
1- އެޑްވައިޒަރީ އަދި ކޮންސަލްޓެންސީ
2- ސެކިއުރިޓީ އިންޖިނިއަރިން
3- ސައިބަ ޑިފެންސް
4- ސެކިއުރިޓީ އެޝުއަރެންސް
5- ސައިބަ ތްރެޓް އެންޑް ތްރެޓް ހަންޓިން
6- އިންސިޑެންޓް ރެސްޕޮންސް
ޓެކްނޮލޮޖީ މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވީ، ސައިބަ ސެކިއުރިޓީގެ ހާއްސަ މީހުންނަކީ ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރެއްގައި ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރުގެ ގިނަ އިސް މީހުންނާއެކު މަސައްކަތްކުރާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.
"ބަޓެލްކޯ އަދި ދިރާގާއެކު މި ވެވުނު އެއްބަސްވުމާއެކު، ރާއްޖޭގައި ސައިބަ ސްޕޭސް އަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ރައްކާތެރި ތަނަކަށް ހެދުމަށާއި ސަރުކާރުގެ ގާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ލިބިގެންދާނެ ކަމަށް އުންމީދުކުރަން" އޭނާ ވިދާޅުވި އެވެ.
ބަޓެލްކޯގެ ޗެއާމަން އަބްދުﷲ ބިން ހަލީފާ އަލް ހަލީފާ ވިދާޅުވީ ރާއްޖެ އާއި އާއި ބަހްރެއިނުގެ އޮންނަ ގުޅުމަށް ތައުރީފު ކުރައްވާ ކަމަށާއި ހާއްސަކޮށް މުވާސަލާތީ ދާއިރާ އިން ބަޓެލްކޯގެ ބައިންލްއަގްވާމީ އޮޕަރޭޝަން ކަމަށްވާ ދިރާގު މެދުވެރިކޮށް ކުރާ މަސައްކަތައް ފާހަގަކުރައްވާ ކަމަށެވެ.
ރާއްޖޭގައި ސައިބަ ސެކިއުރިޓީ ހަރުދަނާ ކުރުމުގެ އެމްއޯޔޫއެއްގައި ދިވެހި ސަރުކާރާއި ބަޓެލްކޯ އަދި ދިރާގުން ސޮއިކުރަނީ.
"ބަޓެލްކޯ އިން ދާދި ފަހުން ތައާރަފުކުރި ޑިޖިޓަލް ކުންފުނި ބިޔޯން ސައިބަ އާއި ދިރާގު ގުޅިގެން ރާއްޖޭގެ ސައިބަ ސެކިއުރިޓީ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް، ދިވެހި ސަރުކާރާއެކު އެމްއޯޔޫއެއްގައި ސޮއިކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ފަހުރެއް،" އޭނާ ވިދާޅުވި އެވެ،
ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ރާއްޖޭގެ ސައިބަ ސެކިއުރިޓީ ހަރުދަނާ ކުރުމުގެ މަޝްރޫއުގެ ޒަރިއްޔާ އިން އެންސީއައިޓީއާ އެކު އިލްމާއި ތަޖުރިބާ ހިއްސާކޮށް، ސަރުކާރާއި ވިޔަފާރިވެރިންނާއި އާންމުންނަށް ވެސް ފައިދާކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް މުވާސަލާތީ ހިދުމަތް ދޭ ކުންފުނި ދިރާގުގެ އެންމެ ބޮޑު ހިއްސާއެއް އޮންނަނީ ބަޓެލްކޯގެ އެވެ. އެއީ 52 ޕަސެންޓް ހިއްސާ އެވެ. ދިވެހި ސަރުކާރުގެ ހިއްސާއަކީ 8.41 ޕަސެންޓް ކަމަށް ވާއިރު ދިވެހި ރައްޔިތުންގެ ހިއްސާގެ އަދަދަކީ 2.6 ޕަސެންޓެވެ.
ރާއްޖެ-ބަހުރެއިނާ ދެމެދު ހަތަރު އެއްބަސްވުމެއް
ރައީސް، މާދަމާ ބަހުރެއިނަށް ވަޑައިގަންނަވަނީ
އިންޓަނެޓުގެ ހެޔޮ އަގުތައް މާދަމާ އިއުލާން ކުރަނީ
ބަހްރެއިންގެ ވަލީއަހްދާ ޒަމީރު ބައްދަލުކުރައްވައިފި
"ޓުވީޓަކުން ޖަލަށް ނުލާނެ މިވެރިކަން ދަމަހައްޓަންޖެހޭ"
ރައީސް އަނިޔާވެރިނުވާނެކަން ޔަގީން: ޝައުނާ
މި ސަރުކާރާ ހަމައަށް ޖެމްސް އޮތީ އައިސީޔޫގައި: ޝައުނާ
ޝައުނާގެ ހިތްހަމަނުޖެހުން ނަޝީދުގެ ފެކްޝަނަށް!
ޑިޖިޓަލް އައިޑީކާޑު ޓެސްޓްކުރަން ފަށައިފި
ރައީސާއި ޝައުނާ ވެސް ބައްލަވަނީ ސަޕްލައި ފެން