Roadha Mihaaru
ރާއްޖެ-ބަހުރެއިނާ ދެމެދު ހަތަރު އެއްބަސްވުމެއް

ރާއްޖެ-ބަހުރެއިނާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފި

06 އޮކްޓޯބަރ 2022

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިހާރު ބަހުރެއިނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމާއެކު ހަތަރު ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ ހަތަރު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިހާރު ބަހުރެއިނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމާއެކު ހަތަރު ދާއިރާއަކުން ގުޅުން ބަދަހިކުރުމުގެ ހަތަރު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

ބަހްރެއިންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ހަލީފާގެ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި ބައެއް ވަޒީރުންގެ މިހާރު ބަހްރެއިނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ސޮއިކުރީ ބައިނަލްއަގްވާމީ ގުޅުންތަކާ ބެހޭގޮތުން ދެ ގައުމުން މަޝްވަރާ ބަދަލުކުރުމާ ބެހޭ އެއްބަސްވުމަކާއި ޒުވާނުންނާއި ކުޅިވަރު ކުރިއެރުމުގެ ދާއިރާގެ އެއްބަސްވުމަކާއި މޫސުމީ ބަދަލުތަކާ ގުޅޭ އެއްބަސްވުމެއްގަ އެވެ.

ރާއްޖޭގެ ފޮރިން ސާވިސް އިންސްޓިޓިއުޓާއި ބަހްރެއިންގެ މުހައްމަދު ބިން މުބާރަކް އަލް ހަލީފާ އެކަޑަމީއާ ދެމެދު ވެސް އެއްބަސްވުމެއްގައި ސޮއިކުރި އެވެ.

ބަހްރެއިންގެ ޝާހީ ގަނޑުވަރު އަލް ގުޟައިބިއްޔާ ޕެލަސްގައި އެ ގައުމުގެ ރަސްގެފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގެން ބޭއްވި އެ ރަސްމިއްޔާތުގައި އެ އެއްބަސްވުންތަކުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އިތުރު ދެ ދާއިރާއަކުން ދެ ގައުމުގެ ގުޅުން ބަދަހިކުރަން އެއްބަސްވުމުގައި ސޮއިކުރުމާ މެދު މަޝްވަރާ ކުރާނެ ކަމަށް ބަހްރެއިނުން މިއަދު ވަނީ އިއުލާންކޮށްފަ އެވެ. އެއީ ކަނޑާއި ވައިގެ މަގުން އަވަހަށް މުދާ ބަދަލު ކުރުމުގެ އެއްބަސްވުމަކާއި އެ ގައުމުގެ ޑޭޓާ ސެންޓަރުތަކުގައި އެއްކުރާ މައުލޫމާތު ރާއްޖެއާ ހިއްސާ ކުރުމުގެ އެއްބަސްވުމެކެވެ.

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބަހުރެއިނުގެ ރަސްގެފާނު މިއަދު މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިއީ ރާއްޖެެ އާއި ބަހުރެއިނާ ދެމެދު 1980 ވަނަ އަހަރު ސިޔާސީ ގުޅުން ގާއިމުކުރި ފަހުން ރާއްޖޭގެ ރައީސަކު އެ ގައުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.