"އިންޑިއާ ފަސްޓް ޕޮލިސީ" ރާއްޖޭން އަބަދު ވެސް ދަމަހައްޓާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރު އަށް ދެއްވައިފި އެވެ.
01 އޯގަސްޓް 2022
"އިންޑިއާ ފަސްޓް ޕޮލިސީ" ރާއްޖޭން އަބަދު ވެސް ދަމަހައްޓާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރު އަށް ދެއްވައިފި އެވެ.
ރައީސް އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ނިއު ދިއްލީގެ އައިޓީސީ މައުރިޔާ ހޮޓަލުގައި ޖަޔަޝަންކަރުއާ ބައްދަލުކުރައްވައި އެމަނިކުފާނު ވަނީ ރާއްޖޭގެ އިޖްތިމާއީ އަދި އިގުތިސާދީ ތަރައްގީ އަށް އިންޑިއާ ސަރުކާރުން ދޭ އެހީތައް ފާހަގަކުރައްވައި ޝުކުރުއަދާކުރައްވައިފަ އެވެ.
މި ސަރުކާރުން އަންނަނީ ފެށުނީއްސުރެ އިންޑިއާއާ ގާތް ގުޅުމެއް ބާއްވަމުންނެވެ. ރާއްޖޭގެ ހާރިޖީ ސިޔާސަތު އިންޑިއާ އަށް މާބޮޑަށް ލެނބިފައިވާ ކަމަށް ބުނެ އިދިކޮޅުން ފާޑުކިޔަ އެވެ.
މި ސަރުކާރުން ރާއްޖޭގައި ހިންގާ ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ދެނީ ވެސް އެ ގައުމުންނެވެ. އެގޮތުން މި ސަރުކާރުން ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތް ވެސް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ ވެސް މި ދަތުރުފުޅުގެ ތެރޭގަ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި އިންޑިއާގެ އެހީގައި މިހާރު ރާއްޖޭގައި ހިންގަމުން އަންނަ މަޝްރޫއުތަކާއި ގުޅޭ ގޮތުން ރައީސް މިއަދު ޖަޔަޝަންކަރުއާ މަޝްވަރާކުރެއްވި އެވެ.
މީގެ އިތުރުން ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ރާއްޖެ އާއި އިންޑިއާގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ ވަފުދު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖަޔަޝަންކަރުއާ ބައްދަލުކުރެއްވުން. -- ފޮޓޯ: ރައީސް އޮފީސް
"އިންޑިއާގެ އެކްސްޓާނަލް މިނިސްޓަރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އިންޑިއާގެ އެހީގައި މިހާރު ވެސް މަޝްރޫއުތައް ބާރަށް ހިނގަމުން އަންނަ ކަން ފާހަގަކުރައްވައި، އެ މަޝްރޫއުތަކުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ،" ރައީސް އޮފީހުން ބުންޏެވެ.
ރައީސް އިންޑިއާ އަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅަކީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި ދިއްލީ އާއި މުމްބާއީގެ ވިޔަފާރިވެރިންނާ ވެސް ރައީސް ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މިއީ ރައީސް ސޯލިހު އިންޑިއާ އަށް ކުރައްވާ ރަސްމީ ދެ ވަނަ ދަތުރުފުޅެވެ. ނޮވެމްބަރު 2018 ގައި ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު، ރައީސް ރަސްމީ ދަތުރުފުޅެއްގައި އެންމެ ފުރަތަމަ ވެސް ވަޑައިގެންނެވީ އިންޑިއާ އަށެވެ. އަދި އެމަނިކުފާނުގެ ދައުވަތަކަށް މޯދީ ވެސް ރާއްޖެ އަށް ޒިޔާރަތްކުރެއްވި އެވެ.
ރައީސް ދެވަނަ ދައުރަކަށް ހޮވޭނެ: ޝާހިދު
ޝަހީބާއި އަލިދީ ސަފީރުކަމަށް އައްޔަންކޮށްފި
ރައީސް، އަންނަ މަހު އިންޑިއާ އަށް ވަޑައިގަންނަވަނީ
އިންޑިއާ އާ ސަފީރު މަގާމާ ހަވާލުވެއްޖެ
ރައީސާއި މޯދީ ޕްރޮޖެކްޓްތަކުގެ މަޝްވަރާ ކުރައްވައިފި
އިންޑިއާގެ ކޮންސިއުލޭޓާއެކު އައްޑޫ ތަރައްގީވުން، ޖޯކެއް
އިންޑިއާގެ ބޭނުމަކީ ދެކުނަށް އަތްގަދަކުރުން؟
އައްޑޫގައި އިންޑިއާ ކޮންސިއުލޭޓް އަޅާކަށް އަދި ނުނިންމާ
އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ހަދަނީ
ތަނަވަސްކަން ހޯދޭނީ އިންޑިއާއާ ގުޅުން ދަމަހައްޓައިގެން