Roadha Mihaaru
ރައީސް، މާދަމާ ބަހުރެއިނަށް ވަޑައިގަންނަވަނީ

ރައީސް، މާދަމާ ބަހުރެއިނަށް ވަޑައިގަންނަވަނީ

04 އޮކްޓޯބަރ 2022

ބަހުރެއިންގެ ރަސްގެފާން ހަމަދު ބިން އިސާ އަލް ހަލީފާގެ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ބަހުރެއިނަށް ފުރާވަޑައިގަންނަވަން ނިންމަވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ބަހުރެއިންގެ ރަސްގެފާން ހަމަދު ބިން އިސާ އަލް ހަލީފާގެ ދައުވަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާދަމާ ބަހުރެއިނަށް ފުރާވަޑައިގަންނަވަން ނިންމަވައިފި އެވެ.

ރައީސްގެ ތަރުޖަމާނު، މިއުވާން މުހައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ރަސްމީ ދަތުރުފުޅު އޮންނާނީ މާދަމާ އިން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރާއްޖެ އާއި ބަހުރެއިނާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ މާޗު 24، 1980 ގަ އެވެ.