29 ސެޕްޓެމްބަރ 2023
ރާއްޖެއަށް މި ފަސް އަހަރުގެ ތެރޭގައި ގެނެވުނު ހަމަޖެހުމާއި ކުރިއެރުން ދަމަހައްޓައި ބިރުދެއްކުމާއި އިންޒާރު ދިނުމާއި ހައްގުތައް ހިފެހެއްޓުމާއި އޮބަހައްޓައިގެން ރައްޔިތުން ގެންގުޅުމަކީ މި ގައުމުގެ މާޒީ ކަމަށް މާދަމާ ހަދަން ޖެހޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެއަށް މި ފަސް އަހަރުގެ ތެރޭގައި ގެނެވުނު ހަމަޖެހުމާއި ކުރިއެރުން ދަމަހައްޓައި ބިރުދެއްކުމާއި އިންޒާރު ދިނުމާއި ހައްގުތައް ހިފެހެއްޓުމާއި އޮބަހައްޓައިގެން ރައްޔިތުން ގެންގުޅުމަކީ މި ގައުމުގެ މާޒީ ކަމަށް މާދަމާ ހަދަން ޖެހޭ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ޝައުނާ "މިހާރު"އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ވެރިކަމުގައި ރައްޔިތުންނަށް ދެއްކީ ބިރެވެ. ނާމާންކަން ވެރިކޮށް، ރައްޔިތުންގެ ހުރިހާ ހައްގުތައް ހިފަހައްޓައި ޓުވީޓެއް ކޮށްލިޔަސް ޖަލަށް ލާފާނެ ކަމުގެ ބިރުވެރި ހާލަތަކަށް ވައްޓާލި ކަމަށް ވިދާޅުވި އެވެ.
އެއާ ޚިލާފަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މި ފަސް އަހަރަކީ ފަރުދުންގެ މިނިވަންކަން ވަރަށް ބޮޑަށް ލިބި ހަމަޖެހުމާއި އިންސާފު ގާއިމްވެ އަސާސީ ހިދުމަތްތަކުން ދިރިއުޅުމަށް ހެޔޮ ބަދަލު އައި ވެރިކަމެއް ކަމަށް ވިދާޅުވި އެވެ. ކޮށްލާ ޓުވީޓަކުން ހިޔާލުފާޅުކޮށް، ނުވަތަ މުޒާހަރާކޮށްގެން ޖަލަށް ނުލާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އޮންނާނެ ކަމަށް ވިދާޅުވި އެވެ.
"މިކަންކަމާ ދިމާ އިދިކޮޅު ފިކުރެއް ވާދަވެރި ކެންޑިޑޭޓުގެ ޕާޓީން ކުރިއަށް ނެރެނީ. އަނިޔާވެރިކަމުގެ އެ ފިކުރު ދާއިމަށް މާޒީއަކަށް ހެދުމަށް ލިބޭ ފުރުސަތެއް މާދަމާއަކީ," ޝައުނާ ވިދާޅުވި އެވެ.
"ދެ ސަރުކާރުގެ އެންމެ ބޮޑަށް އަޅާ ކިޔޭނެ ކަމަކީ ޑިމޮކްރަސީ ކުރިއެރުވުމަށާއި ފަރުދުންގެ މިނިވަންކަން ކުރިއެރުވުމަށާއި ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވަން ކުރެވިފައި ހުރި މަސައްކަތްތައް. މިކަންކަމަށް ބަލާ ނަމަ ޕީޕީއެމަކީ އަނިޔާވެރި ފިކުރެއް ވިސްނުމެއް ކުރިއަރުވާ ޕާޓީއެއް. އޮބަހައްޓައި އަނިޔާކޮށްގެން މަޖުބޫރުކޮށްގެން ކަންކަން ކުރިއަރުވާ ފިކުރެއް. އެހެންވީމަ މާދަމާ އަކީ ރާއްޖޭގެ ޑިމޮކްރަސީ ކުރިއަރުވަން ލިބޭނެ އެންމެ މުހިއްމު ފުރުސަތު ކަމަށް އަޅުގަނޑު ދެކެނީ." ޝައުނާ ވިދާޅުވި އެވެ.
މި ދައުރުގެ ތެރޭގައި އެންމެ ސިޔާސީ ލީޑަރަކު ވެސް ޖަލަށް ނުލައި ސިޔާސީ ހަމަޖެހުން ރާއްޖޭގައި ގާއިމްކުރަން މަސައްކަތްތަކެއް ކުރެވިއްޖެ. މި ސިޔާސީ ހަމަޖެހުމަކީ ރާއްޖޭގެ ތަރައްގީގެ ކަންކަން ކުރަން ފުރުސަތު ލިބިގެން ދިޔަ އެންމެ މުހިއްމު ކަންތައް. މިގޮތަށް ކުރިއަށްދާން މާދަމާ ވޯޓަކީ ޑިމޮކްރަސީ ކުރިއަރުވަން ނަގާ ވޯޓެއް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިގުތިސޯދީ ސިޔާސަތު ހުށަހެޅުމަށް މިނިސްޓަރު ޝައުނާ ހުޅަހަޅަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
ޝައުނާ ވިދާޅުވީ މި ފަސް އަހަރު ޑިމޮކްރަސީ ކުރިއަރުވާފައި އޮތް އިރު ޕީޕީއެމަށް ވެރިކަން ލިބިއްޖެ ނަމަ ރާއްޖެ އަނެއްކާވެސް ދާނީ އެތައް ފިޔަވަޅެއް ފަހަތަށް ކަމަށެވެ. ބިރުވެރިކަމާއި ނާމާންކަން އިޔާދަވުމަކީ މި ގައުމަށް އެންމެ ފައިދާ ހުރި ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.
"2008 ގެ ކުރިން އަނިޔާވެރިކަމާއި ބިރުވެރިކަން އަދި 2012 އަށް ފަހު 2018 އާ ޖެހެންދެން އަޅުގަނޑުމެން ކެނޑިނޭޅި ކޮންމެ ދުވަހަކު މަގުމަތީގައި ތިބެން ޖެހުނު," ޝައުނާ ވިދާޅުވި އެވެ.
އެމްޑީޕީ 2018 ގައި މިވެރިކަމަށް އައިސް ރައްޔިތު މީހާ ފުދުންތެރިކުރުމަށް ގިނަ ކަންކަން ކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ހިލޭ ޑިގްރީ އާއި މިނިމަމް ވޭޖާއި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާ އާއި އެހެން ވެސް ދާއިރާތަކުގެ މުސާރަ ބޮޑުކޮށްދިނުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮވިޑުގެ ވަބާއާ އެކު މުޅި ގައުމު ހުއްޓުނު އިރު ވެސް ރާއްޖޭގެ ރައްޔިތުންނަށް ކުރިއަށް ގެންދިޔަ މަޝްރޫއުތައް ހުއްޓާނުލަ އެވެ. އެއާއެކު އިގްތިސާދު ވެސް ކޮޅަށް ޖަހައި މި ސަރަހައްދުގައި އެންމެ ކުރިއަރަމުން އަންނަ އިގްތިސާދަށް ވެފައިވާ ކަން ފާހަގަކުރެއްވި އެވެ.
"މި ދައުރުގެ ތެރޭގައި އެންމެ ސިޔާސީ ލީޑަރަކު ވެސް ޖަލަށް ނުލައި ސިޔާސީ ހަމަޖެހުން ރާއްޖޭގައި ގާއިމްކުރަން މަސައްކަތްތަކެއް ކުރެވިއްޖެ. މި ސިޔާސީ ހަމަޖެހުމަކީ ރާއްޖޭގެ ތަރައްގީގެ ކަންކަން ކުރަން ފުރުސަތު ލިބިގެން ދިޔަ އެންމެ މުހިއްމު ކަންތައް. މިގޮތަށް ކުރިއަށްދާން މިއެޅޭ ވޯޓަކީ ޑިމޮކްރަސީ ކުރިއަރުވަން ނަގާ ވޯޓެއް،"
އޭނާ އެދިވަޑައިގަތީ މާދަމާގެ އިންތިހާބުގައި ރާއްޖެ ފަހަތަށް ނުގެންދިއުމަށެވެ.
ރައީސް އަނިޔާވެރިނުވާނެކަން ޔަގީން: ޝައުނާ
ޝައުނާގެ ހިތްހަމަނުޖެހުން ނަޝީދުގެ ފެކްޝަނަށް!
ޝައުނާ ދެއްކެވީ ރައީސް ކޮވިޑް މެނޭޖްކުރެއްވި ގޮތް
ކެބިނެޓަށް މާދަމާ ބައެއް ބަދަލު ގެންނަނީ
ރައީސް، އެމްޑީޕީގެ ބޮޑު ކާމިޔާބީގެ ފަހަތުގައި
އިބޫގެ މައްޗަށް ތަހުގީގެއް ހިންގަން އުޅެނީ ބިރުދައްކަން
އިބޫގެ މައްޗަށް ތަހުގީގު ހިންގަން އަންގަން ފާސްކޮށްފި
ބަދަލުގެގޮތުގައި ދިން ފައިސާ ދައުލަތަށް އަނބުރާ ހޯދަނީ
ކުރިމަތިން ފެންނަނީ ނާމާން، ބަނަ ދުވަސްތަކެއް: އިބޫ
ފާޑުކިޔުން ކުށަކަށް ހެދުމަކީ ކަންބޮޑުވާކަމެއް: އިބޫ