09 ޖެނުއަރީ 2023
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަގައި މަނީ ލޯންޑަކުރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ދޮގު ހެކިބަސް ދިން ކަމަށް ކޯޓުގެ ހުކުމުގައި ބުނެފައި ވާތީ އެ މައްސަލައިގެ ތަހުގީގަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މިރޭ ފުލުހަށް ހާޒިރުކޮށްފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަގައި މަނީ ލޯންޑަކުރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ދޮގު ހެކިބަސް ދިން ކަމަށް ކޯޓުގެ ހުކުމުގައި ބުނެފައި ވާތީ އެ މައްސަލައިގެ ތަހުގީގަށް މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މިރޭ ފުލުހަށް ހާޒިރުކޮށްފި އެވެ.
އާރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާކުރި މައްސަލާގައި ޔާމީނަށް ކުރި ދައުވާތަކާ ގުޅިގެން ދިފާއުގައި ބުނެފައި ވަނީ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަކީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމް އަތުން ގަތް ޑޮލަރު ކަމަށެވެ. އެ މުއާމަލާތް ހިނގި ކަމަށް ހެކިބަސް ދިނީ ނަރީޝްގެ އިތުރުން އަބްދުﷲ ރަޝީދު ކިޔާ މީހެކެވެ.
ޔާމީންގެ ފަރާތުން އުފައްދައިގެން ދޮގުހެކިބަސް ދިން ކަމަށް މައްސަލައިގެ ހުކުމުގައި ވަނީ ބުނެފަ އެވެ. ފުލުހުން ވަނީ އެކަމާ ގުޅިގެން މައްސަލަ ތަހުގީގުކުރުމާ މެދު ދިރާސާ ކުރަމުން އަންނަ ކަމަށް ކުރިން ބުނެފަ އެވެ.
އެ މައްސަލައިގައި ނަރީޝްގެ މައްޗަށް ތުހުމަތުކޮށް، އޭނާ މިރޭ 8:00 އަށް ފުލުސް އޮފީހަށް ހާޒިރުކޮށް އޭނާއަށް ކުރާ ތުހުމަތު ވަނީ އިއްވައިފަ އެވެ.
ނަރީޝް ދޮގު ހެކިބަސް ދިން ކަމަށް ކުރާ ތުހުމަތު އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވަނީ ދޮގުކޮށްފަ އެވެ. ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެކަމާ ގުޅިގެން ކުރިން ވިދާޅުވީ ޔާމީނުގެ ފަރާތުން ދޮގުހެކި ނުދޭނެ ކަމަށެވެ. އަދި އެ މަނިކުފާނުގެ މައްޗަށް ކުރި ހުކުމަކީ ހެކިތަކަށް ނުބަލައި ކުރި ހުކުމެއް ކަމަށް ވިދާޅުވި އެވެ. ހުކުމް ބަލައިނުގަންނާނެ ކަމަށް ބުނެ އިދިކޮޅުން ގެންދަނީ ސިލްސިލާކޮށް މުޒާހަރާ ކުރަމުންނެވެ.
ނަރީޝް ހެކިބަސް ދެމުން ބުނެފައި ވަނީ އެއް މިލިއަން ޑޮލަރަށްވާ 15 މިލިއަން ދިވެހި ރުފިޔާ ޔާމީންގެ އެދުމުގެ މަތިން އެ މަނިކުފާނުގެ ގެކޮޅުގައި އަތުން ގުނުމަށް ފަހު ކާރެއްގައި ގެންގޮސް ޔޫސުފް ނައީމާ ހަވާލުކުރި ކަމަށެވެ. އަދި ޔޫސުފް ނައީމާ އެ ފައިސާ ހަވާލުކުރުމަށް ވެސް އަނެއްކާ އެ ފައިސާ އަތުން ގުނި ކަމަށް ހެކި ބަސް ދިނެވެ.
ކްރިމިނަލް ކޯޓުގެ ހުކުމުގައިވަނީ ޔާމީންގެ ފަރާތުން ހެކިބަސް ދިން އެ ހެކިންނަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ހުށަހަޅާފައިވާ ހެކިން ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ހެކިން ދެއްކި ވާހަކަތަކަށް ބަލާއިރު އޮޅުވާލުމުގެ އިތުރުން ކަނޑައެޅިގެން ދޮގު މައުލޫމާތު ކޯޓަށް ދީފައިވާ ކަމަށާއި ހެކިންގެ ހެކިބަހުގައި ހުރި ފުށުއެރުންތަކާއި ދެކޮޅު ނުޖެހޭ ވާހަކަތަކުން އެކަން ހާމަވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ނަރީޝްގެ އިތުރުން ހެކިބަސް ދިން އެހެން ބައެއް މީހުންގެ މައްސަލަ ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ. އެކަމަކު އެ މީހުން އަދި ތަހުގީގަށް ހާޒިރެއް ނުކުރެ އެވެ. އޭގެ ތެރޭގައި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދާއި ކުރީގެ ވަޒީރު އަހްމަދު ޒުހޫރު ވެސް ހިމެނެ އެވެ.
ނިހާއީ ހުކުމެއް ނެތުމުން ނަރީޝް ހުންނެވީ ހަނު
ތަހުގީގުގައި ހަނު ހުރީ ފުލުހުން ފުރައްސާރަކުރާތީ:ޔާމީން
ކްރިކްގެ ދައުވާ ފޮނުވާލައި ޔާމީންގެ ޝަރީއަތް ބާއްވަނީ
ކްރިކް ރިޒާގެ ބައި އަނބުރާ ގެންދަން ޕީޖީން އެދިއްޖެ
އެކައުންޓް ސްޓޭޓްމަންޓް ހޯދާގޮތުން ޔާމީންގެ ކަންބޮޑުވުން
ޔާމީންގެ ދިފާއުގައި ދޮގުހެކި ދިން މައްސަލަ ދިރާސާކުރަނީ
ދޮގު ހެކިބަސް ދިން ކަމަށް ނިންމުމުން އެކަން ބަލާނެ
ޔާމީންގެ ގެކޮޅަށް ގެއްލުންދިން މީހާ ދޫކޮށްލައިފި
ޔާމީންގެ ގެކޮޅުން ބެނާ ނަގަން ނެރުނު އަމުރު ހައިކޯޓަށް
ޔާމީން ފުރުން މަނާކޮށް އަމުރެއް ނެރެފި