Roadha Mihaaru
ފައިސަލް މަރުވާން އުޅުން: އިހުމާލެއް އޮތްތޯ ބަލަނީ

ފައިސަލް ދަންޖެހުނު މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން މަޖިލިހަށް ހުށަހަޅައިފި

14 ޑިސެމްބަރ 2022

ހދ. ނޮޅިވަރަމްއި އަނބިމީހާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަބޫބަކުރު ފައިސަލް 32، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހުނު މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ހދ. ނޮޅިވަރަމްއި އަނބިމީހާ މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަބޫބަކުރު ފައިސަލް 32، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ދަންޖެހުނު މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެ މައްސަލަ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.

އޭނާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ތިބޭ މީހުން ބެލެހެއްޓުމަކީ ފުލުހުންގެ ޒިންމާއެއް ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އެފަދަ ނުރައްކާތެރި ކަމެއް ހިނގި އިރު ފުލުހުންނަށް ނޭނގުމަކީ ވަރަށް ބޮޑު އިހުމާލެއް ކަމަށެވެ.

އާދަމް ޝަރީފު ވިދާޅުވިގޮތުގައި، ފައިސަލްގެ ކުށުގެ ރެކޯޑާއި ތުހުމަތު ކުރެވޭ ކަންކަމަށް ބަލާއިރު އެފަދަ މީހުންނާ މެދު އަޅަން ޖެހޭ ފިޔަވަޅުތައް ފުރިހަމަ އަށް އަޅާފައެއް ނުވެ އެވެ. އޭގެ ސަބަބުން ފުލުހުންގެ އިތުބާރު ވެސް ކުޑަ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ މަރާލާފައިވާ އާއިލާ އަށް އިންސާފު ލިބުމަށް ހުރަސް އެޅޭ ކަމެއް،" އާދަމް ޝަރީފު ވިދާޅުވި އެވެ.

ފައިސަލް ދަންޖެހެން އުޅުން މައްސަލާގައި ފުލުހުން އަދި ވަކި އެއްޗެއް ނުބުނެ އެވެ.

އޭނާ އެކަން ކުރީ ކިހިނެއް ކަމެއް އަދި ސަލާމަތްކުރީ ކިހާ އިރެއް ފަހުން ކަމެއް ވެސް ނުބުނެ އެވެ.

ފައިސަލް ދަންޖެހިފައި ހުއްޓާ ފެނިގެން ފުލުހުން ވަނީ އޭނާ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނެފައި ވަނީ އޭނާގެ ހާލު ވަރަށް ސީރިޔަސް ކަމަށެވެ. އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގަ އެވެ.