އިދިކޮޅު ފަރާތްތަކުން ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ރޭ ބޭއްވި އެއްވުން ރޫޅައިލުމުގެ ތެރޭގައި އަނިޔާވި ދެ މީހަކަށް ފަރުވާ ދިނުމަށް ފަހު، އެ ދެ މީހުން ރޭ ފަތިހު ހައްޔަރުކޮށްފި އެވެ.
25 އެޕްރީލް 2021
އިދިކޮޅު ފަރާތްތަކުން ޕީޕީއެމްގެ އޮފީސް ކުރިމަތީގައި ރޭ ބޭއްވި އެއްވުން ރޫޅައިލުމުގެ ތެރޭގައި އަނިޔާވި ދެ މީހަކަށް ފަރުވާ ދިނުމަށް ފަހު، އެ ދެ މީހުން ރޭ ފަތިހު ހައްޔަރުކޮށްފި އެވެ.
ޕީޕީއެމް/ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު "މިހާރު" އަށް ވިދާޅުވީ އެ ޕާޓީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު، ޕާޓީގެ އޮފީސް ދޮރުމަތީގައި ސަޕޯޓަރުންތަކެއް މަޑުކޮށްލައިގެން ތިއްބައި ފުލުހުން ގޮސް އަނިޔާވެރި ގޮތަކަށް ޕެޕާ ސްޕްރޭ ޖަހައި އެންމެން ފޮނުވައިލީ ކަމަށެވެ.
އެ ހަމަނުޖެހުމުގެ ތެރެއިން 10 މީހަކަށް އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާ ދިން ކަމަށް ހީނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ފުލުހުން ހައްޔަރުކުރީ ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީގެ ރައީސާއި އެ ޕާޓީގެ މެމްބަރެއް ކަމަށެވެ.
ރޭ އަނިޔާވި ބައެއް މީހުންގެ ފޮޓޯތައް ޕީޕީއެމުން އާންމު ކޮށްފައިވާއިރު، އެކެއްގެ ނޭފަތް ފަޅައިގެން ލޭ އައިސްފައިވާ މަންޒަރު ވެސް ފެނެ އެވެ.
ޕީޕީއެމްގެ އޮފީސް ކައިރީގައި ރޭ ތިބި މީހުންނާ މެދު ފުލުހުން އަމަލުކުރީ ވަރަށް އިހާނެތިކޮށް، އިންސާނިއްޔަތާ ހިލާފަށް ކަމަށް އެ ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
"އެތައް ބަޔަކަށް މިރޭ ވެސް އަނިޔާކޮށްފި. ކޮބައިތޯ އެޗްއާރުސީއެމް؟ ކޮބައިތޯ އިންޓެގްރިޓީ ކޮމިޝަން؟،" ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީޕީއެމްގެ މަގުމަތީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އަބްދުއްލަތީފު މުހައްމަދުގެ މޫނަށް ފުލުހުން ރޭ ޕެޕާސްޕްރޭ ޖެހުމުން ކޮށްފައިވާ އަސަރު ދައްކުވައިދޭ ފޮޓޯއަކާއެކު ކުރެއްވި ޓުވީޓެއްގައި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ވިދާޅުވި އެވެ.
Miee sarukaarun oagaatherikamaaeku kureege MP Latheef ge moonugai fuh jassavaidhevvanee eh noon. Miee aniyaa. Ethah bayakah mirey ves aniyaa koffi! Kobaithoa HRCM? Kobaithoa Integrity Commission? Mi sarukaarah baakee othee 2 aharu. IA, miahvure rangalhu sarukaareh PPM gennaanan. pic.twitter.com/WLEhxpv8vM
— Adam Shareef Umar (@Adamshareefz) April 24, 2021
އާދަމް ޝަރީފުގެ ޓުވީޓް
މަޑުއްވަރީ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ، ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ވިދާޅުވީ، މި ސަރުކާރަށް ބާކީ އޮތީ ދެ އަހަރު ކަމަށާއި މި އަށް ވުރެ ރަނގަޅު ސަރުކާރެއް ޕީޕީއެމުން ގެންނާނެ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި، އިދިކޮޅު ފަރާތްތަކުން މާލޭގައި ގެންދަނީ މުޒާހަރާތައް ބާއްވަމުންނެވެ. ރޭ ބޭއްވި އެއްވުމުގައި ކަންބޮޑުވުން ފާޅުކޮށްފައި ވަނީ ސަރުކާރުން އިތުރަށް ފައިސާ ޗާޕް ކުރަން އުޅޭ މައްސަލައިގައި އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބާއްވާ މަގުމަތީގެ ހަރަކާތްތަކަށް ފުލުހުން ހުރަސްއަޅަމުންދާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. ބައެއް ރޭރޭ އެ ޕާޓީގެ އޮފީހަށް މީހުން ވަދެނުކުނުތުން ވެސް ހުއްޓުވައި، ދޮރުމަތި ހިސޯރުކޮށްގެން ފުލުހުން ތިބެ އެވެ.
އިދިކޮޅު އިހުތިޖާޖުން އާދަމް ޝަރީފް ހައްޔަރުކޮށްފި
ފުލުހުން ކުރީ ދޮގު ތުހުމަތެއް: އިިދިކޮޅު
އިދިކޮޅުގެ މުޒާހަރާ އިން 11 މީހުން ހައްޔަރުކޮށްފި
އަދުރޭ އާއި ޝުޖާއު ދޫނިދު އަށް ގެންގޮސްފި
ފުލުހުންގެ ބިލުން ފެންނަނީ ބަދަލު ހިފުން: އިދިކޮޅު
41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
އެޗްޕީއޭގެ އެންގުމާ ޚިލާފުވުމުން ޝުޖާއު ޖޫރިމަނާކޮށްފި
އަދުރޭ ވެސް ފުލުހަށް ހާޒިރުވާން އަންގައިފި
އިންޒާރު ދިނަސް ދިފާއުގައި ނުކުންނާނަން: އަބްދުއްރަހީމް
މުޒާހަރާކޮށް ސިއްހީ ރައްކާތެރިކަން ނަގާނުލަން ގޮވާލައިފި