އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މާލޭގައި މިއަދު ކުރިޔަށް ގެންދިޔަ މުޒާހަރާ އިން 11 މީހަކު ހައްޔަރުކޮށްފި އެވެ.
29 ޖެނުއަރީ 2021
އިދިކޮޅު ޕީޕީއެމާއި ޕީއެންސީން މާލޭގައި މިއަދު ކުރިޔަށް ގެންދިޔަ މުޒާހަރާ އިން 11 މީހަކު ހައްޔަރުކޮށްފި އެވެ.
"އިންސާފު ކޮބާ" ގެ ނަމުގައި މިއަދު ހަވީރުން ފެށިގެން މާލޭގައި ކުރިޔަށް ދިޔަ މުޒާހަރާގައި ގޮވާލާފައި ވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި މިނިވަން އިންތިހާބަކަށް ފުރުސަތު ދިނުމަށެވެ. މާލޭގެ އިތުރުން އެކި ރަށްތަކުގައި ވެސް އިދިކޮޅުގެ މި ގޮވާލުން ކުރިއަށް ގެންދިޔަ އެވެ.
މާލޭގައި ބޭއްވި މުޒާހަރާ ކޮންޓްރޯލް ކުރަން ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވި އެވެ. މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ޖަހައި ބާރުގެ ބޭނުންކޮށްފަ އެވެ. އެކަމުގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ ބައެއް މެންބަރުންނާއި ބައެއް ނޫސްވެރިންނަށް ވެސް އަނިޔާވި އެވެ. އަދި މުޒާހަރާގެ ތެރެއިން ބައެއް މީހުން ހައްޔަރު ވެސް ކުރި އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މުޒާހަރާއިން މިއަދު ހައްޔަރު ކުރީ 11 މީހުންނެވެ.
އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ހައްޔަރު ކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލް މެންބަރަކާއި ބައެއް ކޮމިޓީޓަކުގެ ވެރިން ހިމެނޭ ކަމަށެވެ. މުޒާހަރާގެ ބައިވެރިންނަށް އެކި ވަރުގެ އަނިޔާތައް ލިބުނު ކަމަށް ހީނާ ވިދާޅުވި އެވެ. އަދި އެކަކަށް ވަރަށް ބޮޑަށް އަނިޔާވެ ހޭނިތިގެން އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.
މަނީ ލޯންޑަރިންގެެ ކުށް ސާބިތުވެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން ތާއިދު ކުރުމާއެކު އިދިކޯޅު ފަރާތްތަކުން ވަނީ ސީދާ ހަރަކާތަށް ނިކުތުމަށް ނިންމައިފަ އެވެ. އޭގެ ފަހުން ކޮންމެ ދުވަހަކު އިދިކޮޅު ފަރާތްތަކުން މާލޭގައި މުޒާހަރާ ކުރެ އެވެ.
ފުލުހުން ކުރީ ދޮގު ތުހުމަތެއް: އިިދިކޮޅު
ފަރުވާއަށް ފަހު ޕީޕީއެމްގެ ދެ މީހަކު ހައްޔަރުކޮށްފި
އަދުރޭ އާއި ޝުޖާއު ދޫނިދު އަށް ގެންގޮސްފި
41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް
އެޗްޕީއޭގެ އެންގުމާ ޚިލާފުވުމުން ޝުޖާއު ޖޫރިމަނާކޮށްފި
އަދުރޭ ވެސް ފުލުހަށް ހާޒިރުވާން އަންގައިފި
އިންޒާރު ދިނަސް ދިފާއުގައި ނުކުންނާނަން: އަބްދުއްރަހީމް
މުޒާހަރާކޮށް ސިއްހީ ރައްކާތެރިކަން ނަގާނުލަން ގޮވާލައިފި
ހާލަތު ގޯސްވާތީ ޕީޕީއެމުން މުޒަހަރާ ނުފަށަން ނިންމައިފި
ހައްޕުނޑު ޖެހި ވާހަކަ އަށް އިދިކޮޅުން އިންކާރުކޮށްފި