10 ޑިސެމްބަރ 2022
މީގެ ކުރިން އެނގިފައި އޮންނަނީ ކިރު އުފައްދަނީ ހަމައެކަނި މެމަލްސް ނުވަތަ ވިހާ އާއިލާގެ ޖަނަވާރުން ކަމެވެ. ނަމަވެސް ހިނި ވެސް ކިރު އުފައްދާ ކަމަށް އެމެރިކާގެ ސައިންސްވެރިން ކުރި ތަހުލީލަކުން މިހާރު ވަނީ އެނގިފަ އެވެ.
މީގެ ކުރިން އެނގިފައި އޮންނަނީ ކިރު އުފައްދަނީ ހަމައެކަނި މެމަލްސް ނުވަތަ ވިހާ އާއިލާގެ ޖަނަވާރުން ކަމެވެ. ނަމަވެސް ހިނި ވެސް ކިރު އުފައްދާ ކަމަށް އެމެރިކާގެ ސައިންސްވެރިން ކުރި ތަހުލީލަކުން މިހާރު ވަނީ އެނގިފަ އެވެ.
މި ދިރާސާ ހެދި ޓީމުން ބުނި ގޮތުގައި މި ކިރު އުފައްދަނީ ހިނީގެ ލައިފްސައިކަލްގައި ހިމެނޭ ޕިއުޕާގެ މަރުހަލާގަ އެވެ. ޕިއުޕާ ބޮޑުވެ ހިންޏަކަށް ވުމުގެ ކުރިން އުފައްދާ މި ކިރު ބޮނީ ބޮޑުވެފައިވާ ހިންޏާއި ޕިއުޕާގެ ހަގު މަރުހަލާގައިވާ ލާވާ އެވެ. މިއީ ހިނީގެ ހެދިބޮޑުވުމަށް ކޮންމެހެން މުހިންމު ބުއިމެކެވެ.
މި ހައިރާން ކުރުވި ހޯދުމަށް ފަހު ސައިންވެރިން ވަނީ މި ކިރު ނުލިބޭ ނަމަ ހިންޏަށް ވާ ގޮތް ވެސް ތަހުލީލުކޮށްފަ އެވެ. ސައިންވެރިން ބުނާ ގޮތުގައި ބޮޑު ހިންޏަށާއި ލާވާއަށް ކިރު ނުލިބޭ ނަމަ އޭގެ ހެދިބޮޑުވުމަށް އަސަރުކުރެ އެވެ.
ސައިންސްވެރިންނަށް ވަނީ ލާވާތަކަށް ކިރު ދިނުމަށް ޕިއުޕާގެ ގައިމަތީ ބާއްވާ ތަން ވެސް ފެނިފަ އެވެ.
ހިންޏަކީ އެކުވެރިކަމާއި އެހީތެރިކަމުގެ ނަމޫނާ ޖަނަވާރެކެވެ. ކާއެއްޗެއްލިބުމުން އެހެން ހިނިތައް އެއްކޮށްގެން ކެއުމާއި ހިނި ހޮރަށް ކާތަކެތި ގެންދާއިރު ވެސް ހުރިހާ ހިންޏެއް އެ މަސައްކަތުގައި ބައިވެރިވާ ކަމީ އެންމެން ދަންނަ ކަމެކެވެ. ހިނީގެ މި ޚާއްސަ ގުޅުން އުފެދުމުގެ އަސްލަކީ މި ކިރު ކަމަށް ސައިންވެރިން ލަފާކުރެ އެވެ.
މިކިރު ނަގައިގެން ޓެސްޓް ކުރިއިރު އިންސާނުންގެ ގާތުން ދޭ ކިރާ އެއްގޮތް މާއްދާތަކެއް ފެނުނެވެ. އެއީ ޕްރޮޓީންސް، އެމިނޯއެސިޑްސް، ހަކުރު އަދި ވިޓަމިންސް އެވެ. މި ހޯދުން ފުޅާކޮށް ޕިއުޕާއެއް އެހެން ހިނިތަކާ އެއްކުރުމުން ވެސް ޕިއުޕާ ކިރުއުފައްދާ ކަމާއި، ބޮޑެތި ހިނިތަކާއި ލާވާތައް ޕިއުޕާ އުފައްދާ ކިރު ބޯ ކަމަށް ވަނީ ހޯދިފަ އެވެ.
ހުއްދަ ނެތި ރާއްޖޭގެ ކަނޑު ދިރާސާ ނުކުރަން އަންގައިފި
ކަނޑުފަޅުތައް ބޭނުންކުރާ ގޮތް ބެލުމަށް ބޮޑު ދިރާސާއެއް
ދިރާސާގައި ބޭނުންކުރި ބޯޓުން ތެލުގެ ފައިސާ ދައްކައިފި
"ބޯޓަށް ތެޔޮގަތުމުގެ މުއާމަލާތެއްގައި ބައިވެރިނުވަން"
500 މީޓަރު އަޑިން ދިރުންތަކުން ފުރިގެންވާ މާހައުލެއް
ޝައުނާ 270 މީޓަރު ފުނަށް؛ ހީކުރިގޮތާ މުޅިން ތަފާތު
ހުވަދޫ ކަނޑުގެ 300 މީޓަރު އަޑީގެ ބޮޑު ފަރުބަދަ!
ތާރީހީ މަސައްކަތެއް، ތާރީހީ ބޯޓެއްގައި
ކަނޑުގެ ދިރާސާކުރާ ޓީމަށް ރައީސް ހިތްވަރުދެއްވައިފި
ބޮޑު ދިރާސާގެ ސައިންސްވެރިންނާ އެކު ކަނޑުމަތީގައި