Roadha Mihaaru
ހުއްދަ ނެތި ރާއްޖޭގެ ކަނޑު ދިރާސާ ނުކުރަން އަންގައިފި

ހުއްދަ ނެތި ރާއްޖޭގެ ކަނޑު ދިރާސާ ނުކުރަން އަންގައިފި

06 އެޕްރީލް 2023

ހުއްދަ ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިރާސާ ކުރަމުންދާތީ އެކަން އެގޮތަށް ނުކުރަން ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުއްދަ ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދިރާސާ ކުރަމުންދާތީ އެކަން އެގޮތަށް ނުކުރަން ފިޝަރީޒް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައިވަނީ ހުއްދަ ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި ކަނޑުގެ ދިރުންތައް ބައެއް ފަރާތްތަކުން ދިރާސާކުރަމުންދާ ކަމަށެވެ. އަދި ބައެއް ފަރާތްތަކުން ސަރުކާރުގެ ހުއްދައަށް އެދުމަށްފަހު ހުއްދަ ނުލިބެނީސް ވެސް ދިރާސާ ކުރަމުންދާ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ކަނޑުގެ ދިރާސާތައް ހެދުމާ ބެހޭ ގަވާއިދުގެ ދަށުން، ކަނޑާއި ކަނޑުގެ ދިރުންތަކުގެ ދިރާސާއެއް ހެދުމަށް ދެ މަސް ކުރިން އެކަމުގެ ހުއްދައަށް އެދި މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ އެވެ. އަދި އެ ހުއްދަ ނެތި އެކަން ކުރުމަކީ މަނާ ކަމެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

އެހެންވެ، ކަނޑާއި ކަނޑުގެ ދިރުންތަކުގެ ދިރާސާއެއް ހަދާނަމަ، އެ މިނިސްޓްރީގެ ހުއްދަ ހޯދުމަށް އެ ބަޔާނުގައި އިލްތިމާސްކޮށްފައިވެ އެވެ.