12 ސެޕްޓެމްބަރ 2022
މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ލިބޭ ގެއްލުންތައް ކުޑަކުރާނެ ގޮތްތައް ދެނެގަތުމަށް ކުރާ، ރާއްޖޭގެ ކަނޑުތަކުގެ ބޮޑު ދިރާސާގެ ޓީމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައި، ހިތްވަރުދެއްވައިފި އެވެ.
މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެ އަށް ލިބޭ ގެއްލުންތައް ކުޑަކުރާނެ ގޮތްތައް ދެނެގަތުމަށް ކުރާ، ރާއްޖޭގެ ކަނޑުތަކުގެ ބޮޑު ދިރާސާގެ ޓީމާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވައި، ހިތްވަރުދެއްވައިފި އެވެ.
ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ މެރިން ރިސާޗު ފައުންޑޭޝަން "ނެކްޓަން" ގުޅިގެން ކުރިއަށް ގެންދާ "މޯލްޑިވްސް ނެކްޓަން މިޝަން"ގެ މަސައްކަތްތައް ކުރިއަށް ގެންދާ މަނަވަރު "އޮޑެސީ" އަށް ރައީސް ވަޑައިގެންނެވީ ލ. ގަމުގައި ބޭއްވި "ވިއަވެތި" ކޮންފަރެންސް ނިންމާލެއްވުމަށް ފަހު މިއަދު ހަވީރެވެ. އެ ދިރާސާގެ މަސައްކަތަށް އޮޑެސީ މިހާރު އޮތީ ވެސް ލ. އަތޮޅުގަ އެވެ.
ރައީސްއާ އެކު ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ އާއި ފިޝަރީޒް މިނިސްޓަރު ހުސެއިން ރަޝީދު ހަސަން ވެސް އޮޑެސީ އަށް ވަޑައިގެން، ދިރާސާގެ ޓީމާ ބައްދަލުކުރައްވައި ހިތްވަރުދެއްވި އެވެ
ނެކްޓަން އިން ބުނީ މިއަދު ރައީސްއާ ބައްދަލުކުރެއްވި ދިވެހި ހަތަރު އެކުއަނޯޓުން ވަނީ މިދިޔަ ދެ ދުވަހުގެ ތެރޭގައި ކަނޑުގެ 500 މީޓަރު އަޑިއަށް ގޮސް ސާވޭކޮށްފަ އެވެ. އެ ބޭފުޅުން އެއްކުރެއްވި ބައެއް ޑާޓާ ރައީސް އަށް ދެއްކެވި ކަމަށާއި ނެކްޓަން މެރިން ބަޔޮލޮޖިސްޓުންނާއި މެޕިން އެކްސްޕާޓުން އެ ޑާޓާ މިހާރު އެނަލައިޒްކުރަމުން އަންނަ ކަމަށެވެ.
Shaha Hashim, @Bluemarinef's Maldives Project Manager at @ResilientReefs showed @ibusolih and @anuahsa videos from her dive to 500m. pic.twitter.com/5Hd5N8fZBh
— Nekton (@nektonmission) September 12, 2022
އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޝައުނާ ވިދާޅުވީ ރާއްޖޭގެ ކަނޑުތަކުގެ ހާލަތު ދިވެހިންނަށް އެނގުން ވަރަށް މުހިންމު ކަމަށެވެ. ރާއްޖޭގެ ކަނޑުތަކަށް އަންނަ ބަދަލުތަކާއި އެތަނުގައިވާ ދިރުންތަކުގެ ސިއްހަތު އެނގެން ޖެހޭ ކަމަށެވެ.
"ތިބޭފުޅުން ހޯއްދަވާ މައުލޫމާތުތަކަކީ ވަރަށް ކްރިޓިކަލް، މުހިންމު މައުލޫމާތުތަކަށް ވާނެ. އެހެންވެ، އެ މައުލޫމާތުތައް އަޅުގަނޑުމެންގެ އަތުގައި ހުރުން ވަރަށް މުހިންމު،" މިނިސްޓަރު ވިދާޅުވި އެވެ.
ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ މެރިން ރިސާޗު ފަޑުންޑޭޝަން "ނެކްޓަން" ގުޅިގެން ކުރާ އެ ދިރާސާގެ ފުރަތަމަ ޑައިވް އޮތީ އިއްޔެ އެވެ. ތާރީހު ބަދަލުކޮށްލި އެ ޑައިވް ޓީމުގައި ހިމެނުނީ ތިން އަންހެނުންނެވެ. އެއީ މުޅި ދުނިޔޭގައި ވެސް، ހުސް އަންހެނުން ހިމެނޭ އެކުއަނޯޓްގެ ޓީމެއް ކަނޑުގެ ދިރާސާއެއް ކުރަން ފުން ކަނޑަށް ފޭބި ފުރަތަމަ ފަހަރެވެ.
އެ ޑައިވްގައި ކަނޑަށް ފޭބީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޖެނެރަލް ޝާފިޔާ ނައީމް އާއި ނެކްޓަން މޯލްޑިވްސްގެ ރިސާޗު އެސިސްޓެންޓް، ފަރާހް އަމްޖަދު އަދި ނެކްޓަންގެ ސަބްމާސިބަލްގެ ޕައިލަޓް، ކިމްލީ ޑޯ އެވެ.
މި މަހު 2 ގައި ފެށި އެ ދިރާސާގެ މިޝަން 35 ދުވަހަށް ދެމިގެންދާނެ އެވެ. އެ ދިރާސާގައި ރާއްޖެ ހިމެނޭ ގޮތަށް އެކި ގައުމުތަކުގެ ސައިންސްވެރިންނާއި ތަޖުރިބާކާރުންގެ ޓީމެއް، ކަނޑުތަކުގެ އެންމެ މަތީ ފަށަލައިން ފެށިގެން، 1،000 މީޓަރު އަޑި އަށް ސާވޭކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ.
ވ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ހުވަދު އާއި ފުވައްމުލަކު އަދި އައްޑޫގެ ކަނޑުގެ ސަރަހައްދު އެ ދިރާސާގައި ބަލާ ގޮތަށް ވަނީ ނިންމައިފަ އެވެ.
އެ ދިރާސާގައި 16 ދިވެހިންނާއި ރާއްޖެއިން ބޭރުން އައި 24 މީހަކާ އެކު 40 ބައިވެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ދިވެހި 10 ސައިންސްވެރިން ވެސް ހިމެނެ އެވެ.
އެ ދިރާސާގެ ބޭނުމަކީ ރާއްޖޭގެ ކަނޑުގެ ބޭސްލައިން ހެލްތު ޗެކެއް ހަދައި، ފުން ކަނޑުގައި ދިރިއުޅޭ ދިރުންތަކުގެ މައުލޫމާތު އެއްކޮށް، ކަނޑުތައް ހިމާޔަތްކުރެވޭނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމެވެ.
ދިރާސާގައި ބޭނުންކުރި ބޯޓުން ތެލުގެ ފައިސާ ދައްކައިފި
"ބޯޓަށް ތެޔޮގަތުމުގެ މުއާމަލާތެއްގައި ބައިވެރިނުވަން"
500 މީޓަރު އަޑިން ދިރުންތަކުން ފުރިގެންވާ މާހައުލެއް
ޝައުނާ 270 މީޓަރު ފުނަށް؛ ހީކުރިގޮތާ މުޅިން ތަފާތު
ހުވަދޫ ކަނޑުގެ 300 މީޓަރު އަޑީގެ ބޮޑު ފަރުބަދަ!
ތާރީހީ މަސައްކަތެއް، ތާރީހީ ބޯޓެއްގައި
ބޮޑު ދިރާސާގެ ސައިންސްވެރިންނާ އެކު ކަނޑުމަތީގައި
ރާއްޖޭގައި ކަނޑުގެ އެންމެފުނަށް ދާން ދަތުރު ފަށައިފި
އިބޫގެ މައްޗަށް ތަހުގީގެއް ހިންގަން އުޅެނީ ބިރުދައްކަން
އިބޫގެ މައްޗަށް ތަހުގީގު ހިންގަން އަންގަން ފާސްކޮށްފި