Roadha Mihaaru
ރާއްޖޭގައި ކަނޑުގެ އެންމެފުނަށް ދާން ދަތުރު ފަށައިފި

ރާއްޖޭގައި މިހާތަނަށް ކަނޑުގެ އެންމެ ފުނަށް ދިއުމުގެ ދަތުރު ފަށައިފި

11 ސެޕްޓެމްބަރ 2022

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުންތައް ކުޑަކުރާނެ ގޮތްތައް ދެނެގަތުމަށް ކުރާ، ރާއްޖޭގެ ކަނޑުތަކުގެ ބޮޑު ދިރާސާގައި ކަނޑުގެ ފުނަށް ދާ އެންމެ ފުރަތަމަ އެކުއަނޯޓް ނުވަތަ ޑައިވަރުންގެ ޓީމުން މިއަދު ލ. އަތޮޅުގައި އެ ދަތުރު ފަށައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ލިބޭ ގެއްލުންތައް ކުޑަކުރާނެ ގޮތްތައް ދެނެގަތުމަށް ކުރާ، ރާއްޖޭގެ ކަނޑުތަކުގެ ބޮޑު ދިރާސާގައި ކަނޑުގެ ފުނަށް ދާ އެންމެ ފުރަތަމަ އެކުއަނޯޓް ނުވަތަ ޑައިވަރުންގެ ޓީމުން މިއަދު ލ. އަތޮޅުގައި އެ ދަތުރު ފަށައިފި އެވެ.

ތާރީހު ބަދަލުކޮށްލާ އެ ޓީމުގައި ހިމެނެނީ ތިން އަންހެނުންނެވެ. މިއީ މުޅި ދުނިޔޭގައި ވެސް، ހުސް އަންހެނުން ހިމެނޭ އެކުއަނޯޓްގެ ޓީމެއް ކަނޑުގެ ދިރާސާއެއް ކުރަން ފުން ކަނޑަށް ފޭބި ފުރަތަމަ ފަހަރެވެ.

ކަނޑުގެ ފުނަށް ދިއުމަށް ބޭނުންކުރާ ހާއްސަ އުޅަނދު "ސަބްމާސިބަލް" ކަނޑަށް ބާލަނީ: އެ އުޅަނދުގައި ކުރާ ފުރަތަމަ ޑައިވްގައި ކަނޑަށް ފައިބާ ޓީމު ދިވެހި ދިދަ ހިފައިގެން -- ފޮޓޯ: ނެކްޓަން

ކަނޑުގެ ފުނަށް ދިއުމަށް ބޭނުންކުރާ ހާއްސަ އުޅަނދު "ސަބްމާސިބަލް" ކަނޑަށް ބާލަނީ: އެ އުޅަނދުގައި ކުރާ ފުރަތަމަ ޑައިވްގައި ކަނޑަށް ފައިބާ ޓީމު ދިވެހި ދިދަ ހިފައިގެން -- ފޮޓޯ: ނެކްޓަން

ދިވެހި ސަރުކާރާއި އިނގިރޭސިވިލާތުގެ މެރިން ރިސާޗު ފަޑުންޑޭޝަން "ނެކްޓަން" ގުޅިގެން ކުރާ އެ ދިރާސާގެ ފުރަތަމަ ޑައިވްގައި މިއަދު ކަނޑަށް ފޭބީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރު ޖެނެރަލް ޝާފިޔާ ނައީމް އާއި ނެކްޓަން މޯލްޑިވްސްގެ ރިސާޗު އެސިސްޓެންޓް، ފަރާހް އަމްޖަދު އަދި ސަބްމާސިބަލްގެ ޕައިލަޓް، ކިމްލީ ޑޯ އެވެ.

ނެޓްކަން އިން ބުނީ ކަނޑުގެ އެންމެ ފުނަށް ދިއުމަށް ހާއްސަކޮށް އުފައްދާފައިވާ އުޅަނދެއް ކަމަށްވާ "ސަބްމާސިބަލް"އެއްގައި، މީގެ ގަޑިއިރެއްހާއިރު ކުރިން އެ ޓީމު ކަނޑަށް ފާބައިފައިވާ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ފެށި އެ ދިރާސާގެ މިޝަން 35 ދުވަހަށް ދެމިގެންދާނެ އެވެ. އެ ދިރާސާގައި ރާއްޖެ ހިމެނޭ ގޮތަށް އެކި ގައުމުތަކުގެ ސައިންސްވެރިންނާއި ތަޖުރިބާކާރުންގެ ޓީމެއް، ކަނޑުތަކުގެ އެންމެ މަތީ ފަށަލައިން ފެށިގެން، 1،000 މީޓަރު އަޑި އަށް ސާވޭކުރާ ގޮތަށް ހަމަޖެހިފައިވެ އެވެ.

އެ ދިރާސާގައި 16 ދިވެހިންނާއި ރާއްޖެއިން ބޭރުން އަންނަ 24 މީހަކާ އެކު 40 ބައިވެރިން ހިމެނެ އެވެ. އޭގެ ތެރޭގައި ދިވެހި 10 ސައިންސްވެރިން ވެސް ހިމެނެ އެވެ.

އެ ދިރާސާގެ ބޭނުމަކީ ރާއްޖޭގެ ކަނޑުގެ ބޭސްލައިން ހެލްތު ޗެކެއް ހަދައި، ފުން ކަނޑުގައި ދިރިއުޅޭ ދިރުންތަކުގެ މައުލޫމާތު އެއްކޮށް، ކަނޑުތައް ހިމާޔަތްކުރެވޭނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމެވެ.