12 އޮކްޓޯބަރ 2022
ރާއްޖޭގެ ކަނޑުގެ ބޮޑު ދިރާސާ ކުރުމަށް ގެނައި އުޅަނދަށް ޑީސަލް ސަޕްލައި ކުރި ކުންފުންޏަށް ދައްކަންޖެހޭ ފައިސާ އެ ބޯޓުގެ ވެރިފަރާތުން ދައްކައިފި އެވެ.
ރާއްޖޭގެ ކަނޑުގެ ބޮޑު ދިރާސާ ކުރުމަށް ގެނައި އުޅަނދަށް ޑީސަލް ސަޕްލައި ކުރި ކުންފުންޏަށް ދައްކަންޖެހޭ ފައިސާ އެ ބޯޓުގެ ވެރިފަރާތުން ދައްކައިފި އެވެ.
"އާރްވީ އޮޑެސީ" ބޯޓުގެ ވެރިފަރާތް ކަމަށްވާ އެމެރިކާގެ ދި އޯޝަން ކޮންސަވޭޝަން އެކްސްޕްލޮރޭޝަން އެންޑް އެޑިއުކޭޝަން ފައުންޑޭޝަން (އޯސީފް) އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހޯކްސް ޕްރައިވެޑް ލިމިޓެޑަށް ދައްކަން ޖެހޭ 186،900 ޑޮލަރު މިހާރު އެއްކޮށް ދައްކައި ހަލާސް ކޮށްފައިވާ ކަމަށެވެ. އެ ފައިސާ ދެއްކުމުން ހޯކްސް އިން ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ވެސް މިހާރު އަނބުރާ ގެންގޮސްފައިވާ ކަމަށް ބަޔާނުގައި ވެ އެވެ.
"ފައިސާ ނުދައްކާ އޮތް ބިލާއި އަދި އެ ފައިސާ ދެއްކުމަށް ނެރުނު ކޯޓު އަމުރުގެ ޒިންމާ އޯސީފުން ނަގަން. އެކަމުގައި ނެކްޓަން އިން އެއްވެސް ޒިންމާއެއް ނަގާކަށް ނުޖެހޭނެ،" އޯސީފްގެ ބަޔާނުގައި ބުންޏެވެ.
ކޯޓު އަމުރު އައުމުގެ ކުރިން، ނެކްޓަން އިން އެ ބޯޓު ޗާޓަރު ކުރި މުއްދަތު މިދިޔަ ހުކުރު ދުވަހަށް ހަމަވި ކަމަށް ވެސް ބުންޏެވެ.
"މި ދިމާވި މައްސަލާއާ ގުޅިގެން ދިވެހި ސަރުކާރާއި ނެކްޓަން އަދި އެހެން ޕާޓްނަރުންގެ ފަރާތުން އަޅުގަނޑުމެން މާފަށް އެދެން،" ބަޔާނުގައި ވެ އެވެ.
ނެކްޓަން މިޝަނަށް ޗާޓަރުކުރި ބޯޓުގެ ވެރިފަރާތުން ތެލުގެ ފައިސާ ނުދީގެން ރާއްޖޭގައި ހިފަހައްޓައިފި https://t.co/38kdt0yQVn
— Mihaaru (@Mihaarunews) October 10, 2022
ރާއްޖޭގެ ކަނޑުގެ ބޮޑު ދިރާސާ "ނެކްޓަން މޯލްޑިވްސް މިޝަން" އަށް ގެނައި އެ ބޯޓުން، ހޯކްސް ކުންފުންޏަށް ދައްކަން ޖެހޭ 186،900 ޑޮލަރު ދައްކާފައި ނުވާތީ އެ ކުންފުނިން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށް ފަހު، ފައިސާ ނުދައްކާ އެ ބޯޓު ފުރުން މަނާކޮށް، ވަގުތީ އަމުރެއް ނެރުނެވެ.
ދިވެހި ސަރުކާރާއި އިނގިރޭސި ވިލާތުގެ ރިސާޗު ފައުންޑޭޝަން، ނެކްޓަންއާ ގުޅިގެން ރާއްޖޭގެ ކަނޑުތައް ދިރާސާކުރުމަށް ފެށި ސާވޭ ނިމުނީ މިދިޔަ ހުކުރު ދުވަހު އެވެ. ދެން އޮންނަނީ އެ ސާވޭގައި އެއްކުރި ސާމްޕަލްތަކާއި މައުލޫމާތު ތަހުލީލުކޮށް، ތަފުސީލީ މައުލޫމާތު އެއްކުރުމެވެ.
"ބޯޓަށް ތެޔޮގަތުމުގެ މުއާމަލާތެއްގައި ބައިވެރިނުވަން"
ނެކްޓަންއިން ޗާޓަރުކުރި ބޯޓު ރާއްޖޭގައި ހިފަހައްޓައިފި
500 މީޓަރު އަޑިން ދިރުންތަކުން ފުރިގެންވާ މާހައުލެއް
ޝައުނާ 270 މީޓަރު ފުނަށް؛ ހީކުރިގޮތާ މުޅިން ތަފާތު
ހުވަދޫ ކަނޑުގެ 300 މީޓަރު އަޑީގެ ބޮޑު ފަރުބަދަ!
ތާރީހީ މަސައްކަތެއް، ތާރީހީ ބޯޓެއްގައި
ކަނޑުގެ ދިރާސާކުރާ ޓީމަށް ރައީސް ހިތްވަރުދެއްވައިފި
ބޮޑު ދިރާސާގެ ސައިންސްވެރިންނާ އެކު ކަނޑުމަތީގައި
ރާއްޖޭގައި ކަނޑުގެ އެންމެފުނަށް ދާން ދަތުރު ފަށައިފި
ހިޖާމާގެ ހިދުމަތް ހުއްޓުވި މައްސަލާގައި ފަޒީލާ ކޯޓަށް