Roadha Mihaaru
ވެންޓިލޭޓަރު މައްސަލަ: އާބިޓްރޭޝަން ހިންގާނީ ރާއްޖޭގައި

ވެންޓިލޭޓަރުތަކުގެ މައްސަލަ: ބޭރުގެ ލޯފާމެއް ހޯދަނީ، އާބިޓްރޭޝަން ހިންގާނީ ރާއްޖޭގައި

08 ޑިސެމްބަރ 2022

ވެންޓިލޭޓަރުތައް ނުލިބުނު މައްސަލާގައި އާބިޓްރޭޝަން ހިންގާނީ ރާއްޖޭގައި ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވެންޓިލޭޓަރުތައް ނުލިބުނު މައްސަލާގައި އާބިޓްރޭޝަން ހިންގާނީ ރާއްޖޭގައި ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ދުބާއީ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސްއާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގަތުމަށް ހަވާލުކޮށް، 34 މިލިއަން ރުފިޔާ ދިނުމުން ފޮނުވި ވެންޓިލޭޓަރުތައް ބޭނުން ނުކުރެވި އަދި ބާކީ ހުރި ވެންޓިލޭޓަރުތައް ނުފޮނުވަ އެވެ. އަދި ފައިސާ އަނބުރާ ނުދިނުމުން އެ މައްސަލަ އާބިރޭޝަނަށް ހުށަހެޅުމަށް އޮތީ ނިންމައިފަ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ މައްސަލާގައި ދުބާއީ ކުންފުންޏެއް ހިމެނޭތީ އެ ގައުމުގެ ލޯފާމެއް ހޯދުމުގެ މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް އާބިޓްރޭޝަންގެ މައްސަލަ ހިންގާނީ ރާއްޖޭގެ އާބިޓްރޭޝަނުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އާބިޓްރޭޝަން ހިންގާނެ ގައުމުތައް ކަނޑައަޅަނީ އެއްބަސްވުން ހަދާއިރު ދެ ފަރާތުން އެއްބަސްވެގެންނެވެ. އާންމު ގޮތެއްގައި ސަރުކާރާ އެކު ބޭރުގެ ފަރާތްތަކުން ހަދާ ގިނަ އެއްބަސްވުންތަކުގައި އާބިޓްރޭޝަން ހިންގަން އޮންނަނީ ބޭރުގެ ކޮންމެވެސް ގައުމެއްގަ އެވެ.

ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރު ހޯދަން އުޅުނު އެ ވެންޓިލޭޓަރުތަކުގެ މައްސަލާގައި އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނާއި އިތުރު ބަޔަކަށް ޖިނާއީ ދައުވާ ވެސް ކުރަން ފޮނުވި އެވެ. އެކަމަކު ޕީޖީ އޮފީހުން ނިންމާފައި އޮތީ ދައުވާ ކުރެވޭނެ ހެއްކެއް ނެތް ކަމަށެވެ.