14 ޑިސެމްބަރ 2023
ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީ އާއި ދުބާއީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ހަރަދުވީ 3.4 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީ އާއި ދުބާއީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ހަރަދުވީ 3.4 މިލިއަން ރުފިޔާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
މިއީ ރާއްޖޭގައި ވެރިކަން ކުރައްވާ ބޭފެއްގެ ރަސްމީ ދަތުރުފުޅުތަކުގެ ތަފުސީލު އަމިއްލަ އަށް ފެނިވަޑައިގެން ހާމަކުރެއްވި ފުރަތަމަ ފަހަރެވެ.
ރައީސް ޑރ. މުއިއްޒު މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ ދަތުރުފުޅު ކުރެއްވީ ތުރުކީއަށެވެ. އެނބުރި ކޮޕް28 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ މަހު ދުބާއީ އަށް ވެސް އެ މަނިކުފާނާއި ސަރުކާރުގެ އިސް ވަފުދެއް ވަޑައިގަތެވެ.
ރައީސް އޮފީހުން ހާމަކުރި އެ ދަތުރުފުޅުތަކުގެ ތަފުސީލުގައިވާ ގޮތުން ދައުލަތުން ހަރަދުކުރީ 3.4 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހަރަދުވީ ޓިކެޓަށެވެ. ޓިކެޓުތަކަށް އެކަނި 2.4 މިލިއަން ރުފިޔާ ހަރަދުވި ކަމަށް އެ އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، 28 ބޭފުޅުން ބައިވެރިވެވަޑައިގަތް އެ ދަތުރުފުޅުގައި ތުރުކީ ސަރުކާރުން އެކޮމޮޑޭޝަނާއި ފަރިއްކޮޅުގެ ހަރަދުތައް ހަމަޖައްސައި ދިނަސް، ދުބާއީ ދަތުރުފުޅުގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ސަރުކާރުން އެ އިންތިޒާމު ހަމަޖައްސައިދިނީ 10 ބޭފުޅަކަށެވެ. އެހެންވެ، ދުބާއީ ދަތުރުފުޅުގައި އެކޮމޮޑޭޝަނާއި ފަރިއްކޮޅާއި އެތެރޭގެ ދަތުރުތަކަށް 775،000ރ. ދައުލަތުން ހަރަދުކުރި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސް ޑރ. މުއިއްޒު ރާއްޖެ އިން ބޭރަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކުގެ ހަރަދުތައް ހާމަކުރެއްވުމަކީ އެ މަނިކުފާނުގެ ވައުދުފުޅެކެވެ. މިއީ އެ ވައުދުގެ ދަށުން ހާމަކުރެއްވި ފުރަތަމަ ތަފުސީލުތަކެވެ.
ތިން ގައުމަކަށް ސަފީރުން އައްޔަން ކުރައްވައިފި
ތުރުކީގެ ސަފީރަކަށް ކުރީގެ ޗީފް އަބްދުއްރަހީމް
ރާއްޖެ އާއި ތުރުކީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް
ރައީސް މުއިއްޒު، ތުރުކީގެ ރައީސާ ބައްދަލުކުރައްވައިފި
ސިޑްސް ކޮންފަރެންސް ދަތުރުފުޅަށް ތިން މިލިއަން ހަރަދުވި
ތައިލެންޑާއި ޔޫއޭއީ އަށް ބޭހަށް ފޮނުވަން ތައްޔާރުވަނީ
ނުވަ ގައުމަކަށް ރައީސް ސަފީރުން އައްޔަންކުރައްވައިފި
ޑްރޯންތައް ގަތުމުގައި ކޮރަޕްޝަނެއް ނެތް: ރައީސް
ގިނައީ ތުރުކީން ހިލޭ ހަދިޔާކުރި އާލަތްތައް: ރައީސް
ރާއްޖޭގައި އަސްކަރީ ޑްރޯންތައް ބޭނުންކުރަން ފަށައިފި