27 ނޮވެމްބަރ 2023
ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާ މިއަދު ބައްދަލުކުރައްވައި ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވައިފި އެވެ.
ރާއްޖޭގެ އާ ރައީސް ޑރ. މުހައްމަދު މުއިއްޒު، ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާންއާ މިއަދު ބައްދަލުކުރައްވައި ދެ ގައުމުގެ ރަސްމީ ވާހަކަތައް ބާއްވައިފި އެވެ.
މި މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޑރ. މުއިއްޒު ރާއްޖެ އިން ބޭރަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅުގައި ތުރުކީ އަށް ވަޑައިގަތީ އިއްޔެ އެވެ.
ތުރުކީގެ ރައީސްގެ އޮފީހުން ވަނީ ދެ ގައުމުގެ ރައީސުން ބައްދަލުކުރެއްވިކަން އިއުލާނުކޮށް، ފޮޓޯއަކާ އެކު އެކްސްގައި ޕޯސްޓެއް ކޮށްފަ އެވެ.
ރާއްޖޭގެ ރައީސް އޮފީހުން ބުނީ، އަންކާރާގެ ޕްރެޒިޑެންޝަލް ޕެލަސްގައި ބޭއްވި ރަސްމީ ވާހަކަތަކުގައި، ރާއްޖެ އާއި ތުރުކީގެ ގުޅުން ވަރަށް ވަރުގަދަކަން ފާހަގަ ކުރައްވައި، އެ ގުޅުން އިތުރަށް ފުޅާކުރުމަށް ވިޔަފާރީގެ ދާއިރާ އާއި އިންވެސްޓްމަންޓާއި އިޔާދަކުރަނިވި ހަކަތަ އާއި މަތީ ތައުލީމުގެ ދާއިރާ އިން ގުޅުން ބަދަހި ކުރައްވާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވި ކަމަށެވެ.
ރައީސް ޑރ. މުއިއްޒު، ތުރުކީގެ ރައީސް އުރުދުޣާންއާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
އިޖުތިމާއީ-އިގްތިސާދީ ތަރައްގީގެ އެކި ދާއިރާތަކުން ތުރުކީ އިން ރާއްޖެ އަށް ދޭ އެއްބާރުލުން ވެސް ރައީސް ޑރ. މުއިއްޒު ފާހަގަކުރައްވައި، އެކަމަށްޓަކައި ރައީސް އުރުދުޣާނަށާއި ތުރުކީގެ މީހުންނަށް ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
Dr. @MMuizzu, the newly elected President of Maldives, meets with Turkey President @RTErdogan. During this meeting, both countries will explore potential areas for mutual collaboration and strengthen bilateral diplomatic ties.
— Muizzu2O23 (@Muizzu2O23) November 27, 2023
????#DhiveheengeRaajje#Muizzu2023 pic.twitter.com/X6Z49eYwaI
ތުރުކީގެ ރައީސް އުރުދުޣާންގެ ވާހަކަފުޅުގައި ރައީސް ޑރ. މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމުން އެކަމަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި ރައީސްކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް ޑރ. މުއިއްޒު މަގާމުގެ ހައިސިއްޔަތުން ކުރައްވާ ފުރަތަމަ ދަތުރުފުޅަށް ތުރުކީ ހިޔާރު ކުރެއްވުމަކީ އެ މަނިކުފާނަށާއި ތުރުކީގެ މީހުންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމުގައި ރައީސް އުރުދުޣާން ވިދާޅުވި އެވެ.
"މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ތުރުކީވިލާތަށް ކުރެއްވި މި ދަތުރުފުޅުގެ ސަބަބުން، ތުރުކީވިލާތާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގުޅުމުގެ އާ ބާބެއް ފެށުމަށް މަގުފަހިވެގެންދާނެކަން ޔަގީން ކުރައްވާ ކަމުގައި ތުރުކީވިލާތުގެ ރައީސް ރަޖަބް އްޔިބް އުރްދުޣާން ވިދާޅުވި އެވެ،" ރައީސް އޮފީހުގެ ވެބްސައިޓްގައި ވެ އެވެ.
ރައީސް ޑރ. މުއިއްޒު، ތުރުކީގެ ރައީސް އުރުދުޣާންއާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ދެ ލީޑަރުން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ އާއި ތުރުކީއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެވިދާނެ އެކި ދާއިރާތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ މަގުޗާޓަކަށް އެއްބަސްވެވަޑައިގެންނެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ، ތުރުކީގެ ރައީސްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ އިސްވެރިންނާ ރައީސް ޑރ. މުއިއްޒު ބައްދަލުކުރައްވައި ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.
ރައީސް ޑރ. މުއިއްޒާއި ތުރުކީގެ ރައީސް އުރުދުޣާންގެ ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވެސް ފަލަސްތީނުގެ މައްސަލާގައި ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ފަލަސްތީނާ ދެކޮޅަށް އިޒްރޭލުން މިހާރު ފަށާފައިވާ ހަނގުރާމަ އެންމެ ހަރުކަށި އިބާރާތުން ދެ ރައީސުން ވެސް ކުށްވެރި ކުރައްވައި، އެ ހަމަނުޖެހުންތައް ހުއްޓުމަކަށް އައިސް، ހަނގުރާމަ ނިމުމަކަށް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު، ތުރުކީގެ ރައީސް އުރުދުޣާންއާ މިއަދު ބައްދަލުކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ދެ ލީޑަރުން ވެސް ވަނީ ފަލަސްތީނުގެ ސުލްހަ އަށް ދާއިމީ ހައްލެއް ގެނެވޭނީ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ އިމުގެ ތެރޭގައި ފަލަސްތީނުގެ މުސްތަގިއްލު، މިނިވަން ދައުލަތެއް ގާއިމުކޮށް، އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައިގެން ކަން ފާހަގަކުރައްވައިފަ އެވެ.
"މީގެ އިތުރުން، އިސްރާއީލުން ފަލަސްތީނަށް ގަދަކަމުން ވެރިވެގަތުން ހުއްޓާލާ، ގާނޫނާ ހިލާފަށް ހިފާފައިވާ ފަލަސްތީނުގެ ބިންތައް ވަގުތުން އަނބުރާ ދޭން ޖެހޭ ކަމަށް ދެ ބޭފުޅުން ވެސް އެއްބަސްވެ ވަޑައިގެންނެވި އެވެ،" ރައީސް އޮފީހުން ބުންޏެވެ.
ތުރުކީގެ ރައީސް އުރުދުޣާން ވަނީ ރައީސްކަމަށް ޑރ. މުއިއްޒު އިންތިހާބުވުމާ ގުޅިގެން ވެސް ފޯނުން ގުޅުއްވައި މަރުހަބާ ދަންނަވައި ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
ރަސްމީ ފުރަތަމަ ދަތުރުފުޅަށް ފަހު ރައީސް ޑރ. މުއިއްޒު ރާއްޖެ ވަޑައިގަންނަވާނީ، އަންނަ ބުރާސްފަތި ދުވަހު ޔޫއޭއީގައި ބާއްވާ ކްލައިމެޓް ބައްދަލުވުން، ކޮޕް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެވެ.
ތުރުކީގެ ސަފީރަކަށް ކުރީގެ ޗީފް އަބްދުއްރަހީމް
ތުރުކީ-ދުބާއީ ދަތުރުފުޅަށް ހަރަދުވީ 3.4 މިލިއަން
ރާއްޖެ އާއި ތުރުކީއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް
ތިން ގައުމަކަށް ސަފީރުން އައްޔަން ކުރައްވައިފި
ޑްރޯންތައް ގަތުމުގައި ކޮރަޕްޝަނެއް ނެތް: ރައީސް
ގިނައީ ތުރުކީން ހިލޭ ހަދިޔާކުރި އާލަތްތައް: ރައީސް
ރާއްޖޭގައި އަސްކަރީ ޑްރޯންތައް ބޭނުންކުރަން ފަށައިފި
އަސްކަރީ ޑްރޯންތައް އިފުތިތާހު ކުރަން ރައީސް މާފަރަށް
ރާއްޖެއަށް ގެނައީ ބައިރަކްތާރް ޓީބީ2 ޑްރޯންތަކެއް!
ތުރުކީ އިން ޑްރޯން ގެނެސް، މާފަރުގައި ބޭސްއެއް ހަދަނީ