06 ޑިސެމްބަރ 2022
ކްރޫޒްލައިނާތަކަށް ހާއްސަ ޓާމިނަލް އަލުން މަރާމާތު ނުކުރެވިގެން އުޅެނީ އެކަމަށް ބެނުންވާ ބަޖެޓު ނުލިބިގެން ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
ކްރޫޒްލައިނާތަކަށް ހާއްސަ ޓާމިނަލް އަލުން މަރާމާތު ނުކުރެވިގެން އުޅެނީ އެކަމަށް ބެނުންވާ ބަޖެޓު ނުލިބިގެން ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
ސިޓީ ކައުންސިލުން ބުނީ، މިހާރު ހަދާފައި ހުރި ޓާމިނަލް ހުރީ ވަރަށް ބޮޑަށް ހަލާކުވެ، މަރާމާތު ކުރަން ޖެހިފައި ކަމަށެވެ.
ކްރޫޒް ލައިނާތަކުން އަންނަ މީހުންނަށް މަޑުކޮށްލައިގެން ތިބެވޭނެ ތަނެއް ނެތުމުގެ ކަންބޮޑުވުން އިންތިހާ އަށް ބޮޑުވެ، 2019 ވަނަ އަހަރުގެ ތެރޭގައި މަސްވެރިންގެ ޕާކުގައި ޓާމިނަލެއް ވަނީ ހަދައިފަ އެވެ. އެ ޓާމިނަލް ހެދީ އެމްޑަބްލިއުއެސްސީގެ ސީއެސްއާރް ދަށުންނެވެ. އެތަނުގެ މަސައްކަތް ނިންމާ، އޭރުގެ ސިޓީ ކައުންސިލާ ހަވާލު ކުރީ 'ޑިސެމްބަރު 2019 ގަ އެވެ
ގާތްގަނޑަކަށް 2.5 މިލިއަން ރުފިޔާ ހޭދަކޮށްގެން ހެދި އެތަނުގައި އަށް ފާހާނާ އާއި ފެންވެރޭނެ އިންތިޒާމުތައް ހަމަޖެއްސި އެވެ. އަދި ގެސްޓުންނަށް މަޑުކޮށްލައިގެން ތިބެން ލައުންޖު އޭރިއާ ވެސް ހެދި އެވެ. އެ ޓާމިނަލްގެ މަތި ވެސް ހެދީ، ޓޫރިސްޓުންނަށް މަތީގައި އިށީންދެލައިގެން ތިބެވޭ ގޮތަށެވެ.
ކްރޫޒްލައިނާއަކުން ފޭބި ޓޫރިސްޓުންތަކެއް ޖުމްހޫރީމައިދާނު ސަރަހައްދުގައި. -- ފޮޓޯ:ފަޔާޒް މޫސާ/މިހާރު
ކޮވިޑާ ގުޅިގެން ރާއްޖެއަށް ޓޫރިސްޓުން އައުން މަދުވުމުން އެތަން ބޭނުން ކުރަން ފެށީ ކޮވިޑްގެ ކަންކަމުގަ އެވެ. ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ބެލުމުގައި ދަށުގައި އޮތުމަށް ފަހު އެތަން ސިޓީ ކައުންސިލާ ހަވާލު ކުރީ މި އަހަރު ކުރީ ކޮޅެވެ.
ކްރޫޒްލައނާތަކުން އަންނަ ޓޫރިސްޓުން މިހާރު ފައިބަނީ އެއް ނަންބަރު ޖެޓީ ސަރަހައްދަށެވެ. އެތަނުގައި ޓޫރިސްޓުންނަށް މަޑުކޮށްލެވޭނެ ރަނގަޅު ތަނެއް ނެތް އިރު ޓޫރިސްޓުން ފާހާނާ ކުރަންދަނީ ޕޮލިސް ބިލްޑިން އާއި އިސްލާމީ މަރުކަޒު ފަދަ ކައިރި އިމާރާތްތަކަށެވެ. މިކަމާ ގުޅިގެން ކްރޫޒްލައިނާތައް ގެންނަ އޭޖެންޓުން ކަންބޮޑުވުން ފާޅު ކުރެ އެވެ.
އޭޖެންސީތަކުން ވަނީ ސިޓީ ކައުންސިލުން ހެދި ޓާމިނަލް އަކީ ވެސް ޓޫރިސްޓުންނަށް އެންމެ ރަނގަޅު ޓާމިނަލް ނޫން ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެތަން ހެދީ އެއްވެސް ވަރަކަށް ކްރޫޒްލައިނާތަކުގެ އޭޖެންޓުންނާ މަޝްވަރާ ނުކޮށެވެ.
ކޮވިޑްގެ ކުރިން މާލެ ސަރަހައްދަށް އަހަރު 50 އަކަށް ކްރޫޒްލައިނާ އާދެ އެވެ. އާންމުކޮށް ރާއްޖެއަށް ކްރޫޒްލައިނާތައް އަންނަނީ ޑިސެމްބަރާއި ޖެނުއަރީގަ އެވެ. މިފަހަރުގެ ސީޒަނުގައި ވެސް 10 ވަރަކަށް ކްރޫޒްލައިނާ އަންނަން ވަނީ ޝެޑިއުލް ކޮށްފަ އެވެ.
އިސްލާހާއެކު، ޕެސެންޖާލައިނާތައް އަނެއްކާވެސް ރާއްޖެއަށް
ކްރޫޒްލައިނާގެ އޭޖެންޓްކަން ކުރެވޭނީ ދިވެހިންނަށް އެކަނި
ކްރޫޒްލައިނާގެ މައްސަލައަށް ހައްލެއް ހޯދާނަން:ފައިސަލް
އާ ގަވައިދާ އެކު ކްރޫޒްލައިނާތައް އައުން ހުއްޓިއްޖެ
ކްރޫޒްލައިނާގެ މޫސުން ފެށިއްޖެ، 10 ބޯޓެއް އަންނާނެ!
ބޭނުންކުރަން ނުފެށި، ކްރޫޒްލައިނާ ޓާމިނަލް ހަލާކުވެއްޖެ
ވައިރަސްއާ ގުޅިގެން، ކްރޫޒްލައިނާތައް ރާއްޖެ އައުން މަނާކޮށްފި
ކްރޫޒްލައިނާތަކުގެ ޓޫރިސްޓުން ފައިބާނެ ގޮތެއް ނެތް!
މިއީ އެންމެ ގިނަ ޓޫރިސްޓުން މާލެ ފޭބި ދުވަސް
އެންމެ ބޮޑު އެއް ޕެސެންޖާ ލައިނާ މާލެ ބަނދަރުގައި