Roadha Mihaaru
ކްރޫޒްލައިނާގެ މޫސުން ފެށިއްޖެ، 10 ބޯޓެއް އަންނާނެ!

ކްރޫޒްލައިނާތައް އަނެއްކާ ވެސް ރާއްޖެއަށް، އިތުރު 10 ބޯޓު އަންނަ އެބައޮތް

05 ޑިސެމްބަރ 2022

ކޮވިޑަށް ފަހު ރާއްޖެ އައި ކްރޫޒްލައިނާ އަކުން ފުރަތަމަ ފަހަރަށް ޓޫރިސްޓުން މާލެ އަށް ފައިބައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކޮވިޑަށް ފަހު ރާއްޖެ އައި ކްރޫޒްލައިނާ އަކުން ފުރަތަމަ ފަހަރަށް ޓޫރިސްޓުން މާލެ އަށް ފައިބައިފި އެވެ.

"ސެވެން ސީސް އެކްސްފްލޯރާ" ނަމަކަށް ކިޔާ އެ ކްރޫޒްލައިނާ އިން 600 ޓޫރިސްޓުން އިއްޔެ މާލެ އަށް ފޭބި އެވެ. އެ ބޯޓުން އައި ޓޫރިސްޓުން ވަނީ ބައެއް ރިސޯޓުތަކަށާއި ކައިރި ބައެއް ރަށްރަށަށް ވެސް ޒިޔާރަތް ކޮށްފަ އެވެ. މި ބޯޓަކީ 236 މީޓަރުގެ ދިގު ބޯޓެކެވެ.

އިންޑިއާ އަށް ދިއުމަށް ފަހު 236 މީޓަރުގެ ދިގު އެ ބޯޓު ރާއްޖޭގެ ދަތުރު ނިންމާލާފައި ދެން ދާނީ ތައިލެންޑަށެވެ.

ކޮވިޑްގެ ފަހުން ރާއްޖެ އަށް ފުރަތަމަ އައީ "ޔޫރޮޕާ" ނަމަކަށް ކިޔާ ކްރޫޒްލައިނާއެކެވެ. އެކަމަކު މިދިޔަ މަހު އައި އެ ބޯޓުން ޓޫރިސްޓުން މާލެއަކަށް ނުފައިބަ އެވެ.

މާލެއަށް ފޭބި ޓޫރިސްޓުންތަކެއް. މިއީ ކޮވިޑަށް ފަހު ކްރޫޒް ލައިނާއަކުން އައި ޓޫރިސްޓުންތަކެއް--ފޮޓޯ:މިހާރު

މާލެއަށް ފޭބި ޓޫރިސްޓުންތަކެއް. މިއީ ކޮވިޑަށް ފަހު ކްރޫޒް ލައިނާއަކުން އައި ޓޫރިސްޓުންތަކެއް--ފޮޓޯ:މިހާރު

މިހާރު ރާއްޖޭގައި އޮތް ކްރޫޒްލައިނާގެ ރާއްޖޭގެ އެޖެންޓް އެންޓްރެކް ހޯލްޑިންގްގެ އޮޕަރޭޝަންސް މެނޭޖަރު އަބްދުލް ވަދޫދު ވިދާޅުވީ، މި މަހާއި ޖެނުއަރީ މަހަށް އިތުރު 10 ވަރަކަށް ކްރޫޒްލައިނާ އަންނަން އެބައޮތް ކަމަށެވެ. ކޮވިޑްގެ ކުރިން ވެސް މި ދުވަސްވަރު ރާއްޖެ އަށް އާންމުކޮށް އެހާ އަދަދަށް ކްރޫޒްލައިނާތައް އައިސްފައި ވެ އެވެ.

ވަދޫދޫ ވިދާޅުވިގޮތުގައިި، އަންނަ އަހަރުގެ އޭޕްރީލާއި މޭ މަހު ވެސް ރާއްޖެ އަށް ކްރޫޒްލައިނާތައް އަންނާނެ އެވެ.

ރާއްޖެ އަށް ޕެސެންޖާ ލައިނާސް އާއި ސުޕަ ޔޮޓާއި މެގަ ޔޮޓުގެ ގޮތުގައި 2019 ވަނަ އަހަރު 50 ވަރަކަށް ބޯޓު އައިސްފައި ވެ އެވެ. އެ އަށް ފަހު ކޮވިޑާ ގުޅިގެން ވޭތުވެދިޔަ ދެ އަހަރު ރާއްޖެ އަށް ކްރޫޒްލައިނާތަކުން މީހުން އައުން ވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ.