Roadha Mihaaru
ކްރޫޒްލައިނާތަކުގެ ޓޫރިސްޓުން ފައިބާނެ ގޮތެއް ނެތް!

ކްރޫޒް ލައިނާތަކުގެ ސީޒަން ފަށާއިރު ޓޫރިސްޓުން މާލެ އަށް ފައިބާނެ ފަސޭހަ އިންތިޒާމެއް ނެތް!

29 އޮކްޓޯބަރ 2019

ބުރާސްފަތި ދުވަހުން ފެށިގެން ކްރޫޒް ލައިނާތައް އަންނަން ފަށާއިރު، ޓޫރިސްޓުންނަށް ފަސޭހަ އިން މާލެ އަށް ފޭބޭނެ އިންތިޒާމުތަކެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ކުރޫޒް ލައިނާތަކުގެ އެޖެންޓުން ފާޅުކުރަން ފަށައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ބުރާސްފަތި ދުވަހުން ފެށިގެން ކްރޫޒް ލައިނާތައް އަންނަން ފަށާއިރު، ޓޫރިސްޓުންނަށް ފަސޭހަ އިން މާލެ އަށް ފޭބޭނެ އިންތިޒާމުތަކެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ކުރޫޒް ލައިނާތަކުގެ އެޖެންޓުން ފާޅުކުރަން ފަށައިފި އެވެ.

ކޮންމެ އަހަރެއްގެ ފަހުކޮޅާއި އަހަރު ފެށޭ ދުވަސްވަރު މާލެ އަށް ގިނަ އަދަދެއްގެ ކްރޫޒް ލައިނާތައް އަންނަމުން ދެ އެވެ. އެ ދުވަސްވަރު ރާއްޖެ ވެފައި ވަނީ އެ އުޅަނދުތަކަށް ޓޫރިސްޓުން އަރާ އެއް މަންޒިލަށެވެ. ފެށޭ މަހުގެ ތެރޭގައި ވެސް ހަތް ކުރޫޒްލައިނާއެއް މާލެ އައުމަށް ވަނީ ނިންމައިފަ އެވެ. ގިނަ އަދަދެއްގެ ޓޫރިސްޓުން މާލެ އަށް ފައިބައި ވިޔަފާރި ކޮށް، އުޅެ އެވެ. އަނެއް ބައި ޓޫރިސްޓުން ދަނީ ރިސޯޓްތަކަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ކްރޫޒްލައިނާތަކުގެ ޓޫރިސްޓުން މާލެ އަށް އަރައިފޭބުމަށް ޚާއްސަ ކުރީ އިއްޒުއްދީން ފާލަން ސަރަހައްދެވެ. އެކަމަކު، ފަހުން ކްރޫޒްލައިނާތަކުގެ ޓޫރިސްޓުންނަށް ޚާއްސަ ކުރީ މަސްވެރިންގެ ޕާކް ސަރަހައްދެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައިސް މިދިޔަ މާޗް މަހު މަސްވެރިންގެ ޕާކް ސަރަހައްދު ބަންދު ކުރީ ޓޫރިސްޓުންނަށް ހާއްސަ ކޮށްގެން ތަރައްގީ ކުރުމަށެވެ. އެކަމަކު، ކްރޫޒްލައިނާތަކުގެ މޫސުން ފެށޭއިރު އަދިވެސް އެ މަސައްކަތް ނުނިމެ އެވެ.

Massveringe Park Touristunah haasakoh tharahgee kuran fashaifi

Massveringe Park Touristunah haasakoh tharahgee kuran fashaifi

The most trusted news source in the Maldives

Mihaaru

މަސްވެރިންގެ ޕާކް ތަރައްގީ ކުރަން ފެށުން--

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) ގެ ފައުންޑާ މެމްބަރު، އަދި ރާއްޖެ އަންނަ އެންމެ ގިނަ ކުރޫޒްލައިނާ ތަކުގެ އެޖެންޓް، އެލާޔަންސް މެނޭޖްމަންޓް ސާވިސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޖަލީލް ވިދާޅުވީ، ކްރޫޒްލައިނާތައް އަންނަން ފަށާއިރު، މާލެ އަށް ޓޫރިސްޓުން އަރައި ފޭބޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަންނަ މަހު ރަސްމީ އިވެންޓްތަކެއް އޮތުމުން، ޖުމްހޫރީ މައިދާން ސަރަހައްދު ނުލިބޭނެ ކަމަށް ޑިފެންސް މިނިސްޓްރީން އަންގާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ނޮވެމްބަރު 3 ގައި ނަސްރުގެ ދުވަސް ފާހަގަ ކުރާއިރު ނޮވެމްބަރު 11 އަކީ ޖުމްހޫރީ ދުވަހެވެ. އެފަދަ ބޮޑެތި ހަފްލާތައް ގިނައިން ބާއްވަނީ އިއްޒުންދީން ފާލަން ހިމެނޭ ޖުމްހޫރީ މައިދާނުގަ އެވެ.

"މަސްވެރިންގެ ޕާކް ސަރަހައްދު ވެސް އެ އޮތީ ބަންދު ކޮށްފައި. މަސައްކަތް ނިމޭނެ ދުވަހެއް ވެސް ނޭނގޭ. ދެން މާލެ އަކު އިތުރު ތަނެއް ނެތް ޓޫރިސްޓުން ބާލާކަށް،" އަންނަ މަހު ހަތް ކުރޫޒްލައިނާ ގެންނަ އެޖެންޓް، ޖަލީލް ވިދާޅުވި އެވެ.

މާލޭގައި ދެން ބޭނުންކުރާ ފާލަންތަކުން މީހުން ބާލަން ޖެހެނީ މަގުމައްޗަށް ކަމަށް ވާތީ، ޓޫރިސްޓުން ބޭލުމަށް އެ ތަންތަން ބޭނުން ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޖަލީލް ވިދާޅުވި ގޮތުގައި، ވަގުތީ ހައްލެއްގެ ގޮތުން ޖުމްހޫރީ މައިދާން ސަރަހައްދު، ޓޫރިސްޓުން ބޭލުމަށް ހަމަޖައްސައި ދިނުމަށް އެދިވަޑައިގަންނަވަ އެވެ.

"ޓޫރިސްޓުން އެ ސަރަހައްދުގައި މަޑުކޮށްގެން ތިބެނީއެއް ނޫން. އެތަނުގައި އިވެންޓެއް ކުރިއަށްދާ ނަމަ އެއީ ވެސް ރާއްޖެ އިސްތިހާރު ވާ ކަމެއް ނޫންތޯ. ޓޫރިސްޓުން ވެސް ބޭނުންވާނެ ނޫންތޯ އެ ކަންކަން ބަލާލަން،" ޖަލީލް ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މަސްވެރިންގެ ޕާކްގައި ތަރައްގީ ކުރާ ޓޫރިސްޓް އެރީނާ އަވަހަށް ނިންމައި ދިނުމަކީ މައްސަލަ އަށް އޮތް ވަގުތީ ހައްލެކެވެ. އެހެންވެ، އެކަން އެގޮތަށް ކޮށްދިނުމަށް ވެސް ޖަލީލް އެދިވަޑައިގަންނަވަ އެވެ.

ކްރޫޒްލައިނާތަކުގެ މޫސުމުގައި ކުރިމަތިވެފައިވާ މި ބޮޑު މައްސަލައާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީގެ ބަހެއް އަދި ނުލިބެ އެވެ.

ކްރޫޒްލައިނާތަކުގައި 30،000 އަށް ވުރެ ގިނަ ޓޫރިސްޓުން ދުނިޔޭގެ އެކި ސަރަހައްދުތަކަށް ކޮންމެ އަހަރަކު ވެސް ދަތުރު ކުރެ އެވެ.