Roadha Mihaaru
މެންދުރުގެ ކެއުން ކިހާދޫ ކުނިކޮށީގައި

މެންދުރުގެ ކެއުން ކިހާދޫ ކުނިކޮށީގައި

07 ޑިސެމްބަރ 2022

މި ރަށު މީހުން މިތަނަށް ކުނިކޮއްޓެކޭ ނުކިޔަ އެވެ. މިއީ ބ. ކިހާދޫ މީހުންގެ އިކޯ ސެންޓަރެވެ. ކުނި މެނޭޖުކުރާ މި ސެންޓަރުގައި ކެއުންތަކާއި ހަފުލާތައް ބާއްވަ އެވެ. މި ދަތުރުގައި އަހަރެމެންގެ މެންދުރުގެ ކެއުން ވެސް އޮތީ މިތަނުގަ އެވެ.

އިފްރާޒް އަލީ ބ. ކިހާދޫން އިފްރާޒް އަލީ

މި ރަށު މީހުން މިތަނަށް ކުނިކޮއްޓެކޭ ނުކިޔަ އެވެ. މިއީ ބ. ކިހާދޫ މީހުންގެ އިކޯ ސެންޓަރެވެ. ކުނި މެނޭޖުކުރާ މި ސެންޓަރުގައި ކެއުންތަކާއި ހަފުލާތައް ބާއްވަ އެވެ. މި ދަތުރުގައި އަހަރެމެންގެ މެންދުރުގެ ކެއުން ވެސް އޮތީ މިތަނުގަ އެވެ.

މިތަނުން އެއްވެސް ނުބައި ވަހެއް ނުދުވަ އެވެ. ދިމާލެއްގައި މެއްސެއް އެނބުރޭތަން ވެސް ނުފެނެ އެވެ. އެހާވެސް ސާފުތާހިރެވެ.

ބ. ކިހާދޫގައި ކުނި މެނޭޖުކުރާ އިކޯ ސެންޓަރުގައި މެންދުރުގެ ކެއުން ތައްޔާރުކޮށްފައި -- ފޮޓޯ: މިހާރު

ބ. ކިހާދޫގައި ކުނި މެނޭޖުކުރާ އިކޯ ސެންޓަރުގައި މެންދުރުގެ ކެއުން ތައްޔާރުކޮށްފައި -- ފޮޓޯ: މިހާރު

"ސޮނެވާ ނަމޫނާ"އާ ގުޅިގެން ކިހާދޫގައި ކުނި މެނޭޖުކުރަމުން އަންނަގޮތް ބަލައިލުމަށް މިނިސްޓަރުންނާއި ސަރުކާރުގެ އެހެން ބައެއް އިސްވެރިން، މިދިޔަ ހޮނިހިރު ދުވަހު މި ރަށަށް ކުރެއްވި ޒިޔާރަތުގައި އެ ބޭފުޅުން ވެސް، މެންދުރުގެ ކެއުމަށް އިންސާފުކުރެއްވީ މި ސެންޓަރުގަ އެވެ.

ކެއުމަށްފަހު ބޭއްވި ފޯރަމެއްގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވެސް ވިދާޅުވީ މި ރަށުން ލިބިވަޑައިގަތް އެންމެ ބޮޑު ހައިރާންކަމަކީ މިއީ ކަމަށެވެ. މިވަރުގެ ކަމެއް އަދި އެއްވެސް ރަށަކުން ފެނިވަޑައިގެންފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ބ. ކިހާދޫގައި ކުނި މެނޭޖުކުރާ އިކޯ ސެންޓަރުގައި ބޭއްވި މެންދުރުގެ ކެއުމުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި ތިމާވެއްްޓާ ބެހޭ މިނިސްޓަރ އާމިނަތު ޝައުނާ -- ފޮޓޯ: މިހާރު

ބ. ކިހާދޫގައި ކުނި މެނޭޖުކުރާ އިކޯ ސެންޓަރުގައި ބޭއްވި މެންދުރުގެ ކެއުމުގައި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި ތިމާވެއްްޓާ ބެހޭ މިނިސްޓަރ އާމިނަތު ޝައުނާ -- ފޮޓޯ: މިހާރު

"ދުވަހަކު ވެސް ހިތަކަށް ނާރާ އެ ކަހަލަ ތަނެއްގައި [ކުނި މެނޭޖުކުރާ ސެންޓަރެއްގައި] ކާން ތިބެވިދާނެއެކޭ،" މިނިސްޓަރު ވިދާޅުވި އެވެ.

މި ސެންޓަރަށް ކުނިވާ ޒާތުގެ އެއްވެސް ކުންޏެއް ނުގެނެ އެވެ. އާންމުކޮށް ގެންނަނީ ފާޑުފާޑުގެ ޕްލާސްޓިކާއި ލަކުޑި އާއި ކަރުދާހާއި ބިއްލޫރި އާއި އަދިވެސް ކުނި ނުވާ އެކި ޒާތުގެ ކުންޏެވެ.

ބ. ކިހާދޫގައި ކުނި މެނޭޖުކުރާ އިކޯ ސެންޓަރުގައި ބޭއްވި މެންދުރުގެ ކެއުމުގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި ރަށްރަށުގެ ކައުންސިލުތަކާއި ސޮނެވާ ނަމޫނާގެ އޮފިޝަލުން -- ފޮޓޯ: މިހާރު

ބ. ކިހާދޫގައި ކުނި މެނޭޖުކުރާ އިކޯ ސެންޓަރުގައި ބޭއްވި މެންދުރުގެ ކެއުމުގައި ސަރުކާރުގެ ބައެއް އިސްވެރިންނާއި ރަށްރަށުގެ ކައުންސިލުތަކާއި ސޮނެވާ ނަމޫނާގެ އޮފިޝަލުން -- ފޮޓޯ: މިހާރު

ކިހާދޫ އިކޯ ސެންޓަރުގެ ސުޕަވައިޒަރު މުހައްމަދު ނަދީމް ބުނި ގޮތުގައި މި ސެންޓަރަކީ މިހާރު މި ރަށު މީހުން ފޫހިފިލުވާލަން ވެސް އަންނަ ތަނެކެވެ. ރަށުގެ އެކި އިވެންޓްތައް ވެސް ބާއްވާ މިތަނުގައި ކޮންމެ ގަޑިއަކު ކޮފީ ލިބެން ވެސް ހުރެ އެވެ. ކޮފީ ބޯން ތިބެން ހާއްސަ ކޮފީ ކޯނާއެއް ވެސް ހަދައިފައި އެބަހުއްޓެވެ.

"މިތަނަށް އަހަރެމެން ކުނިކޮއްޓޭ ވެސް ނުކިޔަނީ އެހެންވެ. ކުނިކޮއްޓޭ ބުނީމަ މީހުންގެ ބޮލަށް ސިފަވަނީ ވަރަށް ނުތާހިރު، ހަޑިތަނެއްގެ ގޮތުގައި. އެކަމަކު މިތަނަށް ބަލައިލިޔަސް އެނގޭނެ މިއީ 'ކުނިކޮއްޓެއް' ނޫންކަން،" އޭނާ ބުންޏެވެ.

ބ. ކިހާދޫގައި ކުނި މެނޭޖުކުރާ އިކޯ ސެންޓަރު -- ފޮޓޯ: މިހާރު

ބ. ކިހާދޫގައި ކުނި މެނޭޖުކުރާ އިކޯ ސެންޓަރު -- ފޮޓޯ: މިހާރު

"އަބަދުވެސް މިތަން އޮންނާނީ މިހެން މިހާ ސާފުކޮށް."

ގޭގައި އުފެދޭ ކުނިވާ ޒާތުގެ ކުނި މެނޭޖުކުރަން މި ރަށުގައި، ކޮންމެ ގެއެއްގައި ވެސް ހާއްސަ އިންތިޒާމެއް ހަމަޖައްސާފައި އޮވެ އެވެ. އެކަމަށް ބޭނުންކުރަނީ "ޓަކަކުރާ ހޯމް ކޮމްޕޯސްޓިން" ކިޔާ ހާއްސަ މެތަޑެކެވެ. މި މެތަޑު ބޭނުންކޮށްގެން ގޭގޭގައި، ކައިފައި ބާކީވާ އެއްޗެހި ގަސްކާނާއަށް ބަދަލުކޮށްލަނީ، ގޭގެ ގޯތިތެރޭގައި އެ ބަހައްޓައިގެންނެވެ.

ބ. ކިހާދޫގައި ގޭގޭގައި އުފެދޭ ކުނިވާ ޒާތުގެ ކުނި، ހާއްސަ މެތަޑެއް ބޭނުންކޮށްގެން ގަސްކާނާއަށް ބަދަލުކުރަނީ މި ފޮތި ކޮތަޅަށް އަޅައިގެން -- ފޮޓޯ: މިހާރު

ބ. ކިހާދޫގައި ގޭގޭގައި އުފެދޭ ކުނިވާ ޒާތުގެ ކުނި، ހާއްސަ މެތަޑެއް ބޭނުންކޮށްގެން ގަސްކާނާއަށް ބަދަލުކުރަނީ މި ފޮތި ކޮތަޅަށް އަޅައިގެން -- ފޮޓޯ: މިހާރު

ކިހާދޫގެ އިކޯ ސެންޓަރުން ފެންނަ މި "ނަމޫނާ"އާ އެއްގޮތަށް، ސޮނެވާ ނަމޫނާގައި ހިމެނޭ 11 ރަށުގެ ކުނި މެނޭޖުކުރާ ސެންޓަރުތައް ވެސް ބަދަލުކޮށްލުމަކީ އެ ރަށްރަށުގެ ކައުންސިލުތަކުގެ އަމާޒެކެވެ.