31 އޯގަސްޓް 2023
އިމާރާތް ކުރުމުގެ ތެރޭގައި އުފެދޭ ކުންޏާއި ތަންތަން ތަޅާލުމުން އުފެދޭ ގާކުނޑި ޕްރޮސެސްކޮށްގެން ހިލަވެލި އުފައްދާ ޕްލާންޓެއް ތިލަފުށީގައި ގާއިމްކުރަން ސަރުކާރުން ޗައިނާ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
އިމާރާތް ކުރުމުގެ ތެރޭގައި އުފެދޭ ކުންޏާއި ތަންތަން ތަޅާލުމުން އުފެދޭ ގާކުނޑި ޕްރޮސެސްކޮށްގެން ހިލަވެލި އުފައްދާ ޕްލާންޓެއް ތިލަފުށީގައި ގާއިމްކުރަން ސަރުކާރުން ޗައިނާ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރު ގުޅިގެން ކުނި މެނޭޖްކުރުމަށް ހިންގަމުންދާ "ގްރޭޓާ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މޭޖްމަންޓް ޕްރޮޖެކްޓް"ގެ ދަށުން 62.58 މިލިއަން ރުފިޔާއަށް މި ޕްލާންޓު ގާއިމް ކުރަން ހަވާލުކޮށްފައިވަނީ ޗައިނާ ސްޓޭޓް ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ކޯޕަރޭޝަން ލިމިޓެޑާ އެވެ.
ތިލަފުށީގެ 39,000 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި ގާއިމްކުރާ މި ޕްލާންޓަކީ އުކާލަން ގެންނަ ގައު ކުނޑި ބޭނުންކޮށްގެން، އިމާރާތް ކުރުމަށް ބޭނުންވާ ވެއްޔާއި ހިލަވެލި ފަސް ގްރޭޑަކަށް ތައްޔާރު ކުރުމުގެ ގާބިލްކަން ލިބިގެންވާ ޕްލާންޓެއް ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ބުންޏެވެ.
އެންވަޔަރްމެންޓް މިނިސްޓްރީން ބުނީ ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާގައި އުފެދޭ ކުނި މެނޭޖްކުރުމާ ގުޅޭ ގޮތުން ހެދި ދިރާސާއަކުން ރާއްޖޭގައި މިފަދަ ކުނި އުކާލާ މިންވަރު އިތުރުވެފައިވާއިރު، މިފަދަ ކުންޏަކީ އަލުން ރީސައިކަލް ކުރެވޭނެ އެއްޗެއްކަން ހާމަވެފައިވާ ކަމަށެވެ.
އެންވަޔަރްމެންޓް މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ އަމާޒަކީ އެއް އަހަރު ތެރޭގައި މި މަޝްރޫއު ނިމުމާއެކު، އަންނަ އަހަރުގެ ތިން ވަނަ ކުއާޓަރުގައި ބޭނުން ކުރަން ފެށުން ކަމަށެވެ.
ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ދުވާލެއްގެ 200 ޓަނަށް ވުރެ ގިނަ މިފަދަ ކުނި އުކާލަ އެވެ.
ކުނި އެންދުން ހުއްޓާލައި ތިލަފުށި ފެހިކޮށްލަނީ
"ސިޓީއަކަށް މުހިންމުވާ އަސާސީ ހިދުމަތްތައް ހަމަވެެއްޖެ"
މާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި
ވޭސްޓް ޓްރާންސްފާ ސްޓޭޝަން ޖުލައި މަހަށް ނިންމަނީ
ކުނި ނެގުމުގެ ފީ ކަރަންޓް ބިލުގައި ހިމަނަން ފަށަނީ
ތިލަފުށީގެ ފަޅުތެރެ ކުނިން ފުރިއްޖެ
15 ރަށެއްގައި ކުނި މެނޭޖުކުރާ މަރުކަޒުތަކެއް އަޅަނީ
އަންނަ މަހުން ފެށިގެން ކުނި ނަގާނީ ބައިބައި ވަކިކޮށް
ވެމްކޯއަށް 42 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި
ވޭސްޓް އެނާޖީ ޕްރޮޖެކްޓުން ކުންޏަށް ބޮޑު ހައްލެއް