30 ނޮވެމްބަރ 2022
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ މަގާމުން ވަކިކުރި މައްސަލާގައި ދޭންޖެހޭ 1.1 މިލިއަން ރުފިޔާގެ ބަދަލު މިދިޔަ އާދީއްތަ ދުވަހުގެ ކުރިން ދައްކަން ސިވިލް ކޯޓުން އަމުރެއް ނެރެފައިވީ ނަމަވެސް އެ ފައިސާ ނުދައްކާ މައްސަލަ އަނެއްކާވެސް އޭނާ ކޯޓަށް ހުށަހަޅައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ މަގާމުން ވަކިކުރި މައްސަލާގައި ދޭންޖެހޭ 1.1 މިލިއަން ރުފިޔާގެ ބަދަލު މިދިޔަ އާދީއްތަ ދުވަހުގެ ކުރިން ދައްކަން ސިވިލް ކޯޓުން އަމުރެއް ނެރެފައިވީ ނަމަވެސް އެ ފައިސާ ނުދައްކާ މައްސަލަ އަނެއްކާވެސް އޭނާ ކޯޓަށް ހުށަހަޅައިފި އެވެ.
ސަސްޕެންޝަންގައި މުސްއަބު ބެހެއްޓުމަށް ފަހު، ސަރުކާރުގެ މަގާމުން އޭނާ ވަކިކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން 2019 ގައި ނިންމީ އެ ކޮމިޝަނުން ބެލި މައްސަލަތަކާ ގުޅިގެންނެވެ. އެކަމަކު މިދިޔަ އޮގަސްޓް މަހު ހައި ކޯޓުން އެންގީ މުސްއަބު ވަކިކުރީ ގޯސްކޮށް ކަމަށް ވާތީ ދައުލަތުން 1.1 މިލިއަން ރުފިޔާގެ ބަދަލެއް ދިނުމަށެވެ.
އެ ހުކުމް ތަންފީޒުކުރަން މުސްއަބުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިދިޔަ ހަފުތާގެ އަންގާރަ ވަނަ ދުވަހު ނެރުނު އަމުރުގައި ވަނީ ހައި ކޯޓުގެ ހުކުމާ އެއްގޮތަށް ސީއެސްސީން އަމަލު ކޮށްފައި ނުވާތީ މިދިޔަ އާދިއްތަ ދުވަހުގެ މެންދުރު 12 ގެ ކުރިން 1.1 މިލިއަން ރުފިޔާ ކޯޓަށް ޖަމާކުރަން އަންގާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ސިވިލް ކޯޓުގެ އަމުރުގެ މައްސަލަ ދައުލަތުން މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ. އެކަމަކު، އަދި އެ މައްސަލަ އެ ކޯޓުން ބަލައެއް ނުގަނެވެ.
އެ އަމުރު ތަންފީޒު ނުކޮށް އޮތް މައްސަލާގައި "މިހާރު" އާ ވާހަކަ ދައްކަވަމުން މުސްއަބުގެ ގާނޫނީ ވަކީލު މުހައްމަދު ފައިސަލް ވިދާޅުވީ، ސީއެސްސީން މިއަދާ ހަމައަށް ވެސް ފައިސާ ދައްކާފައި ނުވާތީ ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ އަމުރެއް ނެރެދިނުމަށް މިދިޔަ ހޯމަ ދުވަހު ސިވިލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
"ގަވައިދުގައި އޮންނާނެ ކޯޓުގެ އަމުރުތަކަށް ތަބާނުވުމަކީ އެއީ ހުރުމަތް ކެނޑުން ކަމަށް. އެ ގޮތުގެ މަތިން ސީއެސްސީން އެކަމުގެ ޒިންމާ ނަގަން ތިބި މީހުންގެ މައްޗަށް އަމުރެއް ނެރެދޭން ވަނީ އެދިފައި،" އޭނާ ވިދާޅުވި އެވެ.
ކޯޓުތަކާ ބެހޭ ގާނޫނުގައިވާ ގޮތުން ކޯޓުގެ ހުރުމަތް ކެނޑުމުގެ އަދަބެއް ގޮތުގައި ތިން މަސް ދުވަހަށް ޖަލަށް ލުން ނުވަތަ 10،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވެ އެވެ.
އެކަމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ ހައި ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް ސިވިލް ކޯޓުން ނެރުނު އަމުރާ ގުޅޭ މައްސަލަ ކޮމިޝަންގެ ގާނޫނީ ޓީމުން ބަލަމުން އަންނަ ކަމަށެވެ.
ނަމަވެސް ކޮމިޝަންގެ ވިސްނުން އަދިވެސް ހުރީ އެ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދިޔުމަށް ކަމަށް ވެސް ނާސިހު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް އަދިވެސް އެބައޮތް އިސްތިއުނާފު ކުރެވޭނެ މުއްދަތެއް. ހައި ކޯޓުގެ ނިންމުން އިސްތިއުނާފްުކުރާނަން،" އޭނާ ވިދާޅުވި އެވެ.
މުސްއަބަށް ފައިސޭ ދޭން ހައި ކޯޓުން ނެރުނު ހުކުމް އިސްތިއުނާފު ކުރަން ބޭނުންވާތީ އެ ހުކުމް ތަންފީޒު މަޑުޖައްސާލަން ސީއެސްސީން މީގެ ކުރިން ކޯޓުގައި އެދުނެވެ. އެކަމަކު ކޯޓުގެ ނިންމުމުގައިވަނީ މަތީ ކޯޓަކުން އެހެން ގޮތަކަށް އަމުރު ނުކުރާހާ ހިނދަކު ހުކުމަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.
ސީއެސްސީން އަމާންދީ، މުސްއަބުގެ މައްސަލަ ގެންދަނީ
މުސްއަބުގެ މައްސަލަ އިސްތިއުނާފު ކުރާނަން: ސީއެސްސީ
ސީއެސްސީން ކޯޓުގެ ބޭނުން ގޯސްކޮށް ހިފައިފި: ހައި ކޯޓް
މުސްއަބަށް ބަދަލު ދިނުން ސުޕްރީމް ކޯޓުން ހުއްޓުވައިފި
މުސްއަބުގެ މައްސަލަ: ހައިކޯޓުގައި ސީއެސްސީ ހޫނުފެނަށް!
މުސްއަބަށް ބަދަލު ދޭން ޖެހުނު މައްސަލަ ސުޕްރީމް ކޯޓަށް
އާދިއްތައިގެ ކުރިން މުސްއަބަށް ފައިސާދޭން އަންގައިިފި
މުސްއަބު ވަކިކުރީ ގާނޫނާ ޚިލާފަށްކަން ސާބިތެއް ނުވި
ޕޭ ހާމަނައިޒޭޝަންގެ މަގްސަދު ހާސިލް ނުވޭ: ސީއެސްސީ
ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑުކޮށްދިނުމަށް ގޮވާލައިފި