Roadha Mihaaru
މުސްއަބަށް ބަދަލު ދޭން ޖެހުނު މައްސަލަ ސުޕްރީމް ކޯޓަށް

މުސްއަބަށް ބަދަލު ދޭން އެންގި މައްސަލަ ސުޕްރީމް ކޯޓަށް

08 ޑިސެމްބަރ 2022

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ މަގާމުން ވަކިކުރި މައްސަލާގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ބަދަލެއް ދޭން ހައި ކޯޓުން ކުރި ހުކުމް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ މަގާމުން ވަކިކުރި މައްސަލާގައި މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ބަދަލެއް ދޭން ހައި ކޯޓުން ކުރި ހުކުމް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަންގައި ބެހެއްޓުމަށް ފަހު 2019 ވަނަ އަހަރު މުސްއަބު ވަޒީފާ އިން ވަކިކުރަން ސީއެސްސީން ނިންމި މައްސަލާގައި މިދިޔަ އޮގަސްޓް މަހު ހައި ކޯޓުން އެންގީ އޭނާ ވަޒީފާ އިން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ބަދަލެއްގެ ގޮތުން 1.1 މިލިއަން ރުފިޔާ ދިނުމަށް ހުކުމްކުރި އެވެ.

އެ މައްސަލަ އިސްތިއުނާފު ކުރަން ސީއެސްސީން ސުޕްރީމް ކޯޓަށް ހުށަހެޅީ އިއްޔެ އެވެ. އެ މައްސަލަ ބަލައިގަތުމާ މެދު އެ ކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

މުސްއަބަށް ބަދަލު ދޭން ޖެހުނު މައްސަލަ އިސްތިއުނާފަށް ހުށަހެޅިއިރު، އޭނާ އަށް ބަދަލު ދޭން އެންގި ހުކުމް ތަންފީޒުކުރަން ސިވިލް ކޯޓުން ކުރިން އަމުރެއް ވެސް ނެރުނެވެ. ސިވިލް ކޯޓުން އޭރު އެންގީ ތިން ދުވަސް ތެރޭގައި މުސްއަބަށް އެއްފަހަރާ އެ ފައިސާ ދެއްކުމަށެވެ.

އެހެން ނަމަވެސް ސީއެސްސީން އެ މުއްދަތުގައި ފައިސާއެއް ނުދިނެވެ.