15 ޑިސެމްބަރ 2022
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ އަށް ދޭންޖެހޭ ބަދަލުގެ މައްސަލާގައި، ހައި ކޯޓުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) "ހޫނު ފެނަށް" މިއަދު ވެއްޓިއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ މުސްއަބު އަބްދުﷲ އަށް ދޭންޖެހޭ ބަދަލުގެ މައްސަލާގައި، ހައި ކޯޓުގައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) "ހޫނު ފެނަށް" މިއަދު ވެއްޓިއްޖެ އެވެ.
ޕީއެސްގެ މަގާމުން މުސްއަބު ވަކިކުރި މައްސަލާގައި އޭނާއަށް ބަދަލެއްގެ ގޮތުން 1.1 މިލިއަން ރުފިޔާ ދައްކަން ހައި ކޯޓުން ކުރިން ކޮށްފައިވާ ހުކުމަށް ސީއެސްސީން އަމަލު ނުކުރާތީ ސިވިލް ކޯޓުން މިދިޔަ މަހު ވަނީ އެ ފައިސާ ތިން ދުވަސް ތެރޭގައި ދައްކަން އަމުރެއް ނެރެފަ އެވެ.
އެ އަމުރު އިސްތިއުނާފް ކުރަން ސީއެސްސީން ހައި ކޯޓަށް ހުށަހެޅީ އަސްލު މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮއްވާ ސިވިލް ކޯޓުން އަމުރު ނެރެފައިވާތީ ކަމަށް ބުނެ އެވެ. ސީއެސްސީން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ސިވިލް ކޯޓުން އަމުރު ނެރުނު ފަހުންނެވެ.
މަދަނީ އިޖްރައާތުގެ ގާނޫނު ބުނާގޮތުން ފައިސާ ދައްކަން ކުރާ ހުކުމްތައް 14 ދުވަސް ތެރޭގައި ތަންފީޒު ކުރަން ޖެހޭނެ އެވެ. އަދި ހުކުމެއް އިސްތިއުނާފް ކުރިޔަސް، މަތީ ކޯޓުގެ އަމުރެއް ނާންހާ ހިނދަކު ހުކުމް ތަންފީޒު ނުހުއްޓޭނެ ކަމަށް ގާނޫނުގައި ބުނެފައި ވާއިރު، މުސްއަބަށް ބަދަލު ދިނުން ފަސްކުރަން ސުޕްރީމް ކޯޓުން މިހާތަނަށް ނެރެފައެއް ނުވެ އެވެ.
މަތީ ކޯޓުގެ އަމުރެއް ނާންނަހާ ހިނދަކު، ހުކުމް ތަންފީޒު ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަނެއް ނެރެފައި އޮތެވެ. އެ ޑައިރެކްޝަން އޮންނަ ގޮތުން ފައިސާ ދައްކަން ކުރާ ހުކުމެއް ތަންފީޒު ކުރުން ފަސްކުރަން މަތީ ކޯޓަކުން އެންގިޔަސް، ފައިސާ ދައްކަން ޖެހޭ ފަރާތުން ކޯޓަށް އެ ފައިސާ ދައްކަމުން ދާން ޖެހޭނެ އެވެ. އެ ހާލަތުގައި ފައިސާ ދޫކުރާނީ މަތީ ކޯޓުގެ ހުއްދަ ލިބުމުންނެވެ.
ސުޕްރީމް ކޯޓުގެ މިފަދަ ޑައިރެކްޝަނެއް އޮތްކަން އެނގޭތޯ ބެންޗުން ސުވާލު ކުރުމުން ސީއެސްސީގެ ވަކީލް ވިދާޅުވީ އެކަން ނޭނގެ އެވެ. ސީއެސްސީން އެގޮތަކަށް ވެސް އަމަލެއް ނުކުރެ އެވެ.
ސީއެސްސީގެ ފަރާތުން ވަކާލާތުކުރީ ހައި ކޯޓުގައި ހުއްދަ އޮތް ވަކީލެއް ނޫނެވެ. ދައުލަތުގެ މުއައްސަސާތައް ތަމްސީލުކުރާ ވަކީލުން މި އުސޫލުން އިސްތިސްނާވެ އެވެ.
އެހެން ނަމަވެސް ފަނޑިޔާރުންގެ ބެންޗުން ވިދާޅުވީ ހައި ކޯޓަށް އަންނައިރު މަތީ ކޯޓުގެ ނިންމުންތަކާއި ގާނޫނީ އުސޫލުތައް ނޭނގުމަކީ ވަރަށް ގިނަ ވަގުތުތަކެއް ބޭކާރުވެގެންދާ ކަމަށެވެ.
"ޕްރެކްޓިސް ޑައިރެކްޝަނެއް އޮތްކަން ނޭނގި، މީގައި އޮތް އެއްޗެއް ނޭނގޭ ކަމަށްވަންޏާ ތި ބޭފުޅުން ކިހިނެއްތޯ ސިވިލް ސާވިސް ކޮމިޝަންގައި ބުނާނީ މިގޮތަށޭ މިކަން އޮތީ،" ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވި އެވެ.
ސީއެސްސީން ބުނިގޮތުގައި ސުޕްރީމް ކޯޓުގައި އަސްލު މައްސަލަ އިސްތިއުނާފް ކުރުން ލަސްވީ ހައި ކޯޓުން ރިޕޯޓް ލިބުން ލަސްވުމުންނެވެ. އެކަމަކު ކޮމިޝަނުން ރިޕޯޓް ހޯދަން އެދިފައި އޮތީ ހައި ކޯޓުން މައްސަލަ ނިންމިތާ ދެ ހަފުތާ ފަހުންނެވެ. އަދި ރިޕޯޓް ހޯދާފައިވަނީ ރިޕޯޓް ތައްޔާރު ކުރިތާ އެއް ހަފުތާ ފަހުންނެވެ.
ސީއެސްސީން މައިގަނޑު ގޮތެއްގައި ފާހަގަކުރީ ސިވިލް ކޯޓުގެ އަމުރުގެ ސަބަބުން އިސްތިއުނާފްގެ ހައްގު އެ ކޮމިޝަނަށް ގެއްލޭ ކަމަށް ބުނެ އެވެ.
މުސްއަބުގެ ވަކީލް ވިދާޅުވީ ސީއެސްސީން މި މައްސަލަ ހައި ކޯޓަށް ހުށަހެޅީ އެއްވެސް ބޭނުމެއް ނެތި ކަމަށާއި އެ ކޮމިޝަނުން މަސައްކަތް ކުރަނީ ވަގުތު ބޭކާރު ކުރަން ކަމަށެވެ. އަދީ އެއީ އިންސާފަށް ހުރަސް އެޅުން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ސިވިލް ކޯޓުގައި ވެސް ސީއެސްސީން މަސައްކަތް ތަންފީޒު މައްސަލަ އިތުރަށް ދިގުދަންމާށެވެ.
މުސްއަބު ވަކީލް ވިދާޅުވީ ހައި ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދަ އޮތް ވަކީލުން ސީއެސްސީގައި ތިއްބާ ޖޫނިއާ ވަކީލަކު ފޮނުވުމަކީ އެ ކޮމިޝަންގެ ސީރިއަސް ކަމެއް މިކަމުގައި ނެތްކަން ހާމަވާ ކަމެއް ކަމަށެވެ. އަދި ކޮމިޝަނުން މަސައްކަތް ކުރަނީ ޝަރީއަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފަން ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް ސީއެސްސީން ބުނިގޮތުގައި ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ އެއްވެސް ވިސްނުމެއް އެ ކޮމިޝަންގެ ނެތެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުމެއް ހައި ކޯޓުން އަންނަ ހަފުތާގައި ބާއްވާނެ އެވެ.
މުސްއަބަށް ބަދަލު ދިނުން ސުޕްރީމް ކޯޓުން ހުއްޓުވައިފި
މުސްއަބަށް ބަދަލު ދޭން ޖެހުނު މައްސަލަ ސުޕްރީމް ކޯޓަށް
މުސްއަބު ވަކިކުރީ ގޯސްކޮށް، ބަދަލުދިނުމުގެ ބައި ބާތިލް
ސީއެސްސީން ކޯޓުގެ ބޭނުން ގޯސްކޮށް ހިފައިފި: ހައި ކޯޓް
ސީއެސްސީން އަމާންދީ، މުސްއަބުގެ މައްސަލަ ގެންދަނީ
މުސްއަބަށް ފައިސާ ނުދޭތީ އަނެއްކާވެސް ކޯޓަށް!
މުސްއަބުގެ މައްސަލަ އިސްތިއުނާފު ކުރާނަން: ސީއެސްސީ
ފިނޭންސްގެ މައްޗަށް ނެރުނު އަމުރު ބާތިލެއް ނުކުރި
އާދިއްތައިގެ ކުރިން މުސްއަބަށް ފައިސާދޭން އަންގައިިފި
ނުވަ އަހަރުގެ ސަސްޕެންޝަނަށް ފައިސާ ދިނުން ހުއްޓުވައިފި