29 ނޮވެމްބަރ 2022
އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުންނަވާ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ޕްރައިމަރީގައި ވާދަކުރައްވަން ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައި ކެމްޕެއިން ގުރޫޕެއް މިއަދު ހަދައިފި އެވެ.
އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުންނަވާ ކެންޑިޑޭޓަކު ކަނޑައެޅުމުގެ ޕްރައިމަރީގައި ވާދަކުރައްވަން ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައި ކެމްޕެއިން ގުރޫޕެއް މިއަދު ހަދައިފި އެވެ.
ނަޝީދުގެ އަރިސް ބޭފުޅަކު "މިހާރު" އަށް މިރޭ ވިދާޅުވީ، ނަޝީދުގެ ޕްރައިމަރީގެ ކެމްޕެއިން ރަސްމީކޮށް ފެށުން އޮންނާނީ އަންނަ ހުކުރު ދުވަހު ގދ. ތިނަދޫގައި ކަމަށެވެ.
"ރައީސް ނަޝީދު އެކަން [ޕްރައިމަރީގައި ވާދަކުރެއްވުން] އިއުލާން ކުރެއްވީ މިއަދު ހަވީރު ހަތަރެއް ޖެހިއިރު ބޭއްވި ބައްދަލުވުމެއްގައި. އެ ބައްދަލުވުމުގައި ބައިވެރީ ރައީސް ނަޝީދުގެ ވަރަށް އަރިސް މީހުން،" އޭނާ ވިދާޅުވި އެވެ.
ވަޓްސްއެޕް ގުރޫޕްގެ ސްކްރީން ޝޮޓެއް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނައިރު، އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި އިސްކޮށް އުޅުއްވާ އަހުމަދު ޝާހިދު (ސާބެ) އެ ގުރޫޕުގައި ވިދާޅުވީ، އެއީ ނަޝީދަށް ޕްރައިމަރީގައި ވޯޓު ޔަގީން ކުރުމަށް ހެދި ގުރޫޕެއް ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ އެމްޑީޕީގެ 94،000 މެމްބަަރުންގެ ތެރެއިން އެންމެ ފަހުގެ ކޮންގްރެސްގެ ފަހުން ކަނޑާލާފައިވާ "36،000 އެމްޑީޕީ ހާޑްކޯ" މެމްބަރުންގެ ވޯޓު ޔަގީންކޮށް، އެ މީހުން އަލުން މެމްބަރުންނަށް ހެދުމެވެ.
ސާބެގެ މެސެޖުގައި ވަނީ އެ މަސައްކަތް ކުރަން ބޭނުންވާ ފޯމާއި ދާއިރާގެ ލިސްޓާއި (މިހާރުގެ މެމްބަރުންނާއި ޕާޓީން ވަކިކޮށްފައިވާ މީހުން އެނގޭ ގޮތަށް) ފިންގަ ޕްރިންޓް ޕެޑާއި ގަލަން ހޯދަން ބޭނުންވާ މީހުން ގުޅަން ހާއްސަ ނަމްބަރެއް ހިއްސާ ކުރައްވައިފަ އެވެ.
"އަންނި ޕްރައިމަރީ" ގެ ނަމުގައި މިއަދު ހަވީރު ހެދި އެ ގުރޫޕަށް މިހާރު ގެންދަނީ ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު ގުޅެމުންނެވެ.
ސާބެ އަށް "މިހާރު" އަށް ވިދާޅުވީ، އެ ކަމާ ގުޅޭ ގޮތުން އޭނާ އަށް ވާހަކަ ނުދެއްކެވޭނެ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ތާރީހެއް އަދި ނުނިންމަ އެވެ. އެ ޕްރައިމަރީގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވާދަކުރައްވާއިރު، ނަޝީދު ވިދާޅުވެފައި ވަނީ އެ މަނިކުފާނަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދަކީ ކުޑައިރުއްސުރެ ވަރަށް ގާތް ދެ ރަހުމަތްތެރިން ކަމަށް ވިޔަސް ވެރިކަމުގެ ކޯޅުމުގައި ދެ ބޭފުޅުންގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ސިޔާސީ ގޮތުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ދޫނުދެއްވުމުގެ ނަތީޖާއަކީ އެމްޑީޕީގެ އެތެރޭގައި އެ ދެ ބޭފުޅުންގެ ފެކްޝަނެއް އުފެދި ހައިޖާނުތަކެއް ފެށުމެވެ.
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު
އެމްޑީޕީ/ޑިމޮކްރެޓްސް ވޯޓު އެއްކޮށްލުމުން މެޖޯރިޓީ ލިބޭ
ތިނަދޫގެ ބިން ހިއްކައި ހައުސިންގެ ބިޔަ މަޝްރޫއުއެއް
ފާސްކޮށްފިނަމަ އަންނަމަހު ނިޒާމީ ވޯޓަށް އެހޭނެ: ރައީސް
"ނޮވެމްބަރުގައި ނިޒާމީ ވޯޓު ނެގިދާނެކަމަށް ދެންނެވިން"
މަޖިލީހަށް ނައިސް ވޯޓު އިތުރެއް ނުވާނެ: ނަޝީދު
ޑިމޮކްރެޓުން ނިޒާމު ބަދަލުކުރާ ވާހަކަ އާކޮށްފި
ސުވާލެއް ވެސް ނެތް، އެމްޑީޕީ ރޫޅާލެވިއްޖެ: އީވާ
"ދެވަނަ ބުރުގައި ނަޝީދާއެކު ނުފެންނަ ގޮތެއް ނުފެނޭ"
ނަޝީދުގެ މަލާމާތެއް: ރައީސް އަޅުގަނޑު ބޭނުމެއްނުވާނެ!