27 ސެޕްޓެމްބަރ 2023
ބޯހިޔާވަހިކަމުގެ ފުރިހަމަ ހައްލެއް ލިބޭ ފަދަ ބިޔަ މަޝްރޫއުއަކާއި ބިން ހިއްކުމުގެ ބޮޑު މަޝްރޫއުއެއް ގދ. ތިނަދޫ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އިއުލާން ކުރައްވައިފި އެވެ.
ބޯހިޔާވަހިކަމުގެ ފުރިހަމަ ހައްލެއް ލިބޭ ފަދަ ބިޔަ މަޝްރޫއުއަކާއި ބިން ހިއްކުމުގެ ބޮޑު މަޝްރޫއުއެއް ގދ. ތިނަދޫ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ އިއުލާން ކުރައްވައިފި އެވެ.
"އުފާވެރި ތިނަދޫ"ގެ ނަމުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯގައި ތިނަދޫއަށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިމަނާފައިވާނެ ކަމަށާއި އޭގެ ތެރެއިން އެއް މަޝްރޫއުއަކީ 500 ހައުސިން ޔުނިޓް ކަމަށެވެ.
ހަމައެއާ އެކު ބިން އިތުރުކުރުން ވެސް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ. ނަމަވެސް، އޭގެ ތަފްސީލް ރައީސް ދެއްވީ މިރެ އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި ހޫޓި ކަނޑުގެ ބައްތިއާ ހަމައަށް ތިނަދޫގެ ބިން އިތުރުކުރާނެ އެވެ. އަދި ހައުސިން ޔުނިޓްތައް ވެސް އިތުރު ކުރަން ވަނީ ނިންމަވާފަ އެވެ.
"އަޅުގަނޑުމެން މި ރަށުގައި އަޅާނީ 500 ހައުސިން ޔުނިޓެއް ނޫން. މި ރަށުގެ ރައްޔިތުންނަށް ދަތިވެފައި އޮތް ބޯހިޔާވަހިކަން ހައްލު ކުރުމަށް ފުރިހަމަ ބޮޑު ހައުސިން ޕްރޮޖެކްޓެއް އަޅުގަނޑުމެން ހިންގާނަން،" ރައީސް ވިދާޅުވި އެވެ.
އޭގެއިތުރުން މެނިފެސްޓޯގައި ހިމަނާފައިވާ ގޮތަށް ތިނަދޫ ކައިރީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެ އެއާޕޯޓަށް ބޭނުންވާ ބިން ވެސް ހިއްކިގެންދާނެކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ދެން ފާހަގަކުރެއްވީ ޕެންޝަންގައި ހުރި ފައިސާ އިން ބޯހިޔާވަހިކަމަށް ހައުސިން ލޯނު ލިބޭނެ އުސޫލު ތިނަދޫ އަށް ވެސް ފަހިކޮށްދޭނެ ކަމަށެވެ.
ރައީސަށް ތިނަދޫން މަރުހަބާ ދަންނަވަނީ: ދެކުނުގެ ތިން ސިޓީގެ ތާއިދު ލިބޭނެކަން ރައީސްނ ޔަގީން ކުރައްވާ
މިރޭ ތިނަދޫ އަށް ރައީސް ވަޑައިގަތުމުން ފެނުނު މަންޒަރާ މެދު ވެސް ވަރަށް ހިތްހަމަޖެހިގެން ހުންނެވިކަން ރައީސް ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ އުއްމީދު އާވެއްޖެ ކަމަށެވެ.
"އަޅުގަނޑަށް ފެނުނު މަންޒަރު ވަރަށް ތަފާތު. މިއަދު ފެނުނީ ހަގީގަތު ވެސް މި އިންތިހާބު ތިނަދޫން ބޮޑު ތަނުން ކާމިޔާބު ކުރަން ޖޯޝާ ފޯރީގައި ނުކުމެ ތިބި މަންޒަރު،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ސަލާމް ކުރަމުން އައިސް މި ހަރުގެ ފަހަނައަޅާ ދިޔައިރު ވެސް އެ އިހްސާސްތަކާ އެކު އަޅުގަނޑު ސަލާމް ކުރަމުން ދިޔައީ. ހަމަ ޔަގީން މި ތިނަދޫ މި އޮތީ އަޅުގަނޑުމެންނާ އެކު މި ފަހަރު."
ރައީސްގެ ވާހަކަފުޅުގައި މި މަހުގެ ނުވަ ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ނާކިޔާބީއާ ކުރިމަތިވި މައިގަނޑު ތިން ސަބަބެއް ހިއްސާކުރެއްވި އެވެ.
އޭގެ އެންމެ ބޮޑު ސަބަބަކީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެމްޑީޕީއަށް ލިބެން އޮތް ޕްލެޖު ވޯޓުތަކާއި ވޯޓު ލާ މީހުންނާ ހިސާބަށް ނުދެވުމެވެ. އެއީ ފުރަތަމަ ބުރުގައި ވޯޓު ލާން ނުކުތް މީހުން އަދަދު މަދުވި ސަބަބު ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކަށް ރީޗްވާންވީ ވަރަކަށް ވޯޓާސްއަކަށް، ރައްޔިތުންނަކަށް ރީޗްވެވިފައެއް ނެތް. އަޅުގަނޑުމެންގެ [އެމްޑީޕީގެ] މެމްބަރުންނަކަށް ވެސް ރީޗްވެވިފައެއް ނެތް. ފޯނުކޯލް ނާންނަ ކިތަންމެ ބައެއް އެބަތިބި. ގޭގެއަށް ގޮސް ބައްދަލުނުކުރެވޭ ކިތަންމެ ބައެއް އެބަތިބި،" ރައީސް ވިދާޅުވި އެވެ.
ދެވަނަ ކަމަކީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ތެރެއިން ހިޔާލުތަފާތުވެގެން ނުކުތް މެމްބަރުންނެވެ. އެކަމުގެ ސަބަބުން އެމްޑީޕީއަށް ލިބެން އޮތް ވޯޓުތަކެއް ގެއްލުނު ކަން ފާހަގަކުރެއްވި އެވެ.
"މަސައްކަތްކުރަންވީ އަޅުގަނޑުމެންގެ ތެރެއިން މި ވަކިވެގެން ވަގުތީ ގޮތުން މިދިޔަ މީހުން އަނބުރާ އަޅުގަނޑުމެންގެ ތެރެއަށް ގެންނަން،" އެމްޑީޕީން ނުކުތް އިސް ބޭފުޅުންތަކެއް އުފެއްދެވި ޑިމޮކްރެޓްސްއަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ދެވަނަ ބުރު ކާމިޔާބު ކުރަން އެމްޑީޕީން ކުރަންވީ ފަހު ކަމަކީ ރައީސް ވިދާޅުވި ގޮތުގައި ސަރުކާރާ ބެހޭ ގޮތުން އިދިކޮޅު ފަރާތްތަކުން ފަތުރަމުން ގެންދާ ދޮގުތަކުގެ ހަގީގަތް ރައްޔިތުންނަށް ހާމަކޮށްދިނުމެވެ.
އެކަމަށްޓަކައި ފުރަތަމަ ބުރަށް ފަހު މިވީ 15 ވަރަކަށް ދުވަހުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވިއްޖެ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ބާކީ މި އޮތް ދެ ދުވަހު ވެސް އެ މަސައްކަތް ކުރަންޖެހޭ ކަމަށެވެ.
އެމްޑީޕީ/ޑިމޮކްރެޓްސް ވޯޓު އެއްކޮށްލުމުން މެޖޯރިޓީ ލިބޭ
ރައީސްގެ ވައުދު؛ ތިނަދޫ ފަޅުގައި އެއާޕޯޓެއް
ތިނަދުއަށް ރައީސްގެ ވައުދު: ޓޫރިޒަމް ޒޯނާއި ފްލެޓް
ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދޭން ނިންމައިފި
ތިނަދޫގެ "ރީނދޫ ސަފު" ދިނީ މެޖޯރިޓީގެ ޔަގީންކަން
ތިނަދު އަށް ދެން އޮތީ ސިޓީގެ ދަރަޖަ ދިނުން
ނަޝީދު، ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފި
އެމްޑީޕީގެ ބޮޑެތި ރަށްރަށް މުއިއްޒަށް
މާލެ، އައްޑޫގެ ނަތީޖާ: އެމްޑީޕީ އަށް އޮތީ ބުރަ އިމްތިހާނެއް
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު