31 އޯގަސްޓް 2023
ގދ. ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދެވިއްޖެ ނަމަ، ގދ. ތިނަދޫގެ ފަޅު ތެރޭގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅައިދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވައުދުވެވަޑައިގެންފި އެވެ.
ގދ. ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް ކުރުމުގެ މަސައްކަތް ކުރިއަށް ނުގެންދެވިއްޖެ ނަމަ، ގދ. ތިނަދޫގެ ފަޅު ތެރޭގައި އިންޓަނޭޝަނަލް އެއާޕޯޓެއް އަޅައިދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވައުދުވެވަޑައިގެންފި އެވެ.
އެމްޑީޕީގެ ރިޔާސީ ކެމްޕެއިނަށް ރޭ ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ އިކޮނަމިކް ކައުންސިލުން ވަރަށް މުހިންމު ދެކަމެއް މިދިޔަ ހަފުތާގައި ނިންމާފައިވާ ކަމަށެވެ. އެއީ ތިނަދު އާއި ގއ. ވިލިނގިލީގެ ފަޅު ތެރޭގައި އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނެއް ހެދުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ތިނަދޫ ފަޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހަދަން ރައީސް ހުށަހެޅުއްވީ އެ މަޝްރޫއުގެ ދަށުންނެވެ.
"ކާޑެއްދޫ އެއާޕޯޓު އިންޓަނޭޝަނަލް އެއާޕޯޓަކަށް ނުވާ ކަމަށް ވަންޏާ، އިރާދަކުރެއްވިއްޔާ މި [ތިނަދޫ ފަޅު ތެރޭގައި ހަދާ ޓޫރިޒަމް ޒޯން] ޕްރޮޖެކްޓާ އެކީގައި މިތަނުގައި އިންޓަނޭޝަނަލް އެއާޕޯޓެއްގެ ހިދުމަތް ލިބެން ފަށާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ތިނަދޫން ފުރައިގެން ގާތްގަނޑަކަށް 10 ވަރަކަށް މިނެޓުން ދެވޭ ދުރުމިނުގައި އޮންނަ ކާޑެއްދޫ އެއަޕޯޓަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ރީޖަނަލް އެއާޕޯޓެވެ. ނަމަވެސް، އެ އެއާޕޯޓު މަރާމާތުނުކޮށް ގިނަ ދުވަސްވެ، އެތަނުގެ ހާލަތު ވަރަށް ދަށެވެ. އެ އެއާޕޯޓުގެ ތަރައްގީނުކުރާތީ އާންމުންގެ ޝަކުވާ ބޮޑެވެ.
އެ އެއާޕޯޓް ތަރައްގީކޮށް އިންޓަނޭޝަނަލް ކުރުމަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންނެވި ވައުދެކެވެ. ނަމަވެސް، އެ މަސައްކަތް އަދިވެސް ނުފެށެ އެވެ.
ރޭގެ ޖަލްސާގައި ވަނީ ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ދޭން ނިންމާފައިވާ ކަން ވެސް އިއުލާނުކުރައްވައިފަ އެވެ.
އެ ޖަލްސާގައި ރައީސް ވިދާޅުވީ ސަރުކާރުން ތިނަދޫ ތަރައްގީކުރުމުގެ ހާއްސަ ސިޔާސަތެއް ގެންގުޅޭ ކަމަށެވެ. އެ ސިޔާސަތުގެ ދަށުން، ތިނަދޫގެ ފަޅު ތެރޭގައި ހަދަން ނިންމާފައިވާ އިންޓަގްރޭޑެޓް ޓޫރިޒަމް ޒޯން ތަރައްގީވާއިރު، އެ ރަށުގެ ބިން އިތުރަށް ހިއްކާނެ ކަމަށް ވިދާޅުވި އެވެ. މިހާރު އެ ރަށުގައި އަޅަމުން އަންނަ 200 ފްލެޓްގެ އިތުރުން 500 ފްލެޓް އަޅައިދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އެމްޑީޕީ/ޑިމޮކްރެޓްސް ވޯޓު އެއްކޮށްލުމުން މެޖޯރިޓީ ލިބޭ
ތިނަދޫގެ ބިން ހިއްކައި ހައުސިންގެ ބިޔަ މަޝްރޫއުއެއް
ތިނަދުއަށް ރައީސްގެ ވައުދު: ޓޫރިޒަމް ޒޯނާއި ފްލެޓް
ތިނަދުއަށް ސިޓީއެއްގެ ދަރަޖަ ދޭން ނިންމައިފި
ތިނަދޫގެ "ރީނދޫ ސަފު" ދިނީ މެޖޯރިޓީގެ ޔަގީންކަން
ތިނަދު އަށް ދެން އޮތީ ސިޓީގެ ދަރަޖަ ދިނުން
ނަޝީދު، ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވައިފި
އެމްޑީޕީގެ ބޮޑެތި ރަށްރަށް މުއިއްޒަށް
މާލެ، އައްޑޫގެ ނަތީޖާ: އެމްޑީޕީ އަށް އޮތީ ބުރަ އިމްތިހާނެއް
ރައީސްގެ ހިތްވަރަށް ނަޝީދުގެ ތައުރީފު