Roadha Mihaaru
މަރުވެފައިވާ ވައްލަތަކެއް މާލޭގެ ފަޅުތެރެއިން ފެނިއްޖެ

ގެންގުޅެނިކޮށް މަރުވެފައިވާ ކަމަށް ބެލެވޭ ވައްލަތަކެއް މާލޭގެ ފަޅުތެރެއިން ފެނިއްޖެ

27 ނޮވެމްބަރ 2022

ރާއްޖެއިން ހިމާޔަތް ކޮށްފައިވާ ދޫނީގެ ބާވަތެއް ކަމަށްވާ ވައްލަތަކެއް، މަރުވެ، މާލޭގެ ދެކުނުފަރާތު ފަޅުތެރެއިން އޮޔާދަނިކޮށް ފެނިއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖެއިން ހިމާޔަތް ކޮށްފައިވާ ދޫނީގެ ބާވަތެއް ކަމަށްވާ ވައްލަތަކެއް، މަރުވެ، މާލޭގެ ދެކުނުފަރާތު ފަޅުތެރެއިން އޮޔާދަނިކޮށް ފެނިއްޖެ އެވެ.

އީޕީއޭ އިން މިއަދު ބުނީ، އެ 15 ވަރަކަށް ވައްލަ ފެނުނީ މާފަންނު ސްޓޭޑިއަމާ ދިމާލުން ފަޅުތެރެއިން ކަމަށެވެ. އެ ދޫނިތައް ފެނުނީ މޫދުގައި އޮޔާދަނިކޮށެވެ.

އީޕީއޭ އިން ބުނީ، އެއީ ގެންގުޅުމުގެ ތެރޭގައި މަރުވުމުން އެ ސަރަހައްދުގެ މޫދަށް އެއްލާލާފައިވާ ދޫނިތަކެއް ކަމަށް ބެލެވޭ ކަމަށެވެ.

އެ ވައްލަތަކާ ގުޅޭ އިތުރު މައުލޫމާތެއް އެނގޭ މީހެއް ނަމަ އެކަން އަންގައި ދިނުމަށް އީޕީއޭ އިން އެދުނެވެ.

ރާއްޖެ އަށް ހިޖުރަކުރާ ދޫނިތަކަކީ ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގުދުރަތީ ގޮތުގައި ނުވަތަ ތަބީއީ ގޮތުގައި ހިމާޔަތްކޮށް، ރައްކާތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދުގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނިތަކެކެވެ.

ހިމާޔަތް ކޮށްފައިވާ އެއްވެސް ދޫންޏެއް ނުވަތަ ރާއްޖެ އަށް ހިޖުރަކުރާ ދޫނިތަކަށް އަނިޔާކޮށް، ގެއްލުންދީ ނުވަތަ ހިފާ ގެންގުޅުމަކީ މަނާކަމެކެވެ. އެފަދަ ކަންނަ ކުރާ ފަރާތްތައް ބޮޑު އަދަދުން ޖޫރިމަނާ ވެސް ކުރެ އެވެ.