Roadha Mihaaru
ޕްރައިމަރީ ދަރިވަރެއް 99 އަހަރުގައި މަރުވެއްޖެ

އެންމެ ދުވަސްވީ ޕްރައިމަރީ ދަރިވަރު 99 އަހަރުގައި މަރުވެއްޖެ

20 ނޮވެމްބަރ 2022

ދުނިޔޭގެ އެންމެ މުސްކުޅި ދަރިވަރުގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ ކެންޔާގެ ޕްރިސިލާ ސިޓޭނީ އުމުރުން 99 އަހަރުގައި މަރުވެއްޖެ އެވެ.

ދުނިޔޭގެ އެންމެ މުސްކުޅި ދަރިވަރުގެ ގޮތުގައި ރެކޯޑު ކުރެވިފައިވާ ކެންޔާގެ ޕްރިސިލާ ސިޓޭނީ އުމުރުން 99 އަހަރުގައި މަރުވެއްޖެ އެވެ.

ޕްރިސިލާ ނުވަތަ އާންމު ނަމުން ނަމަ، ގޮގޯ މަރުވިއިރު އޭނާއާ އޭނާގެ 12 އަހަރުގެ ކްލާސްމޭޓް ދިޔައީ އަހަރުގެ ފަހު އިމްތިހާނަށް ތައްޔާރު ވަމުންނެވެ.

ލީޑާސް ވިސަނަރީ ޕްރިޕަރޭޓަރީ ސްކޫލަށް ޕްރިސިލާ ކިޔަވަން ދާން ފެށީ އުމުރުން 82 އަހަރުގައި 2010 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާއަކީ އެ އަަވަށުގެ ފޫޅުމައެވެ. އޭރު އޭނާ އެކަން ކުރާތާ 65 އަހަރު ވެއްޖެ އެވެ. ޕްރިސިލާގެ ކްލާހުގެ ބައެއް ކުދިންނަކީ އޭނާ ވިއްސި ކުދިންނެވެ.

ފުރަތަމަ ސްކޫލަށް ވަންނަން އުޅުމުން އޭނާއަށް ސްކޫލުން ޖާގަދޭން ދެކޮޅު ހެދި ނަމަވެސް އޭނާ ކިޔެވުމަށް ހުރި ޝައުގުވެރިކަން ފެނިފައި ޖާގަ ދިނީ އެވެ.

ޕްރިސިލާ 2015 ވަނަ އަހަރު ބީބީސީއަށް ދިން އިންޓަވިއުއެއްގައި ބުނީ ކުޑައިރު ނުލިބުނު ފުރުސަތު މިހާރު ލިބިފައިވާ ކަމަށެވެ. ސްކޫލަށް ވަނީ އެހެން އަންހެނުންނަށް ނަމޫނާ ދައްކައި ކިޔެވުމުގެ މުހިންމުކަން އަންގައިދޭން ކަމަށް ބުންޏެވެ.

އޭނާ ބުނީ ނުކިޔަވާ ނަމަ އިންސާނަކާއި ކުކުޅަކާ ތަފާތެއް ނޯންނާނެ ކަމަށެވެ.