16 ނޮވެމްބަރ 2022
އަންނަ ހަފުތާގައި ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަށް ހާއްސަކޮށް "މިހާރު" އިން ތައްޔާރު ކުރި ވޯލްޑް ކަޕް ގައިޑް މާދަމާ ނެރޭނެ އެވެ. އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް، މި ގައިޑް ވެސް ހިލޭ ބަހާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އަންނަ ހަފުތާގައި ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަށް ހާއްސަކޮށް "މިހާރު" އިން ތައްޔާރު ކުރި ވޯލްޑް ކަޕް ގައިޑް މާދަމާ ނެރޭނެ އެވެ. އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް، މި ގައިޑް ވެސް ހިލޭ ބަހާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
ވޯލްޑް ކަޕް ގައިޑް ނެރޭނީ އެކަމަށް ބާއްވާ ކުޑަ ރަސްމިއްޔާތެއްގައި، މާދަމާ ހަވީރު އާޓިފިޝަލް ބީޗުގަ އެވެ. ފޮތް ބަހަން ވެސް ހަމަޖެހިފައި ވަނީ މާދަމާ ހަވީރު 5 އިން ރޭގަނޑު 10 އާ ދެމެދު އެވެ.
ވޯލްޑް ކަޕް ގައިޑާ އެކު ސްކޯޗާޓެއް ވެސް ހިލޭ ލިބޭނެ އެވެ. ކޮންމެ މީހަކަށް ވެސް ހިލޭ ލިބޭނީ އެއް ގައިޑެވެ.
ވޯލްޑް ކަޕަށް "މިހާރު" އިން ލޯންޗުކުރާ ސްކޯ ޕްރިޑިކްޝަންގެ ތީމް
ވޯލްޑް ކަޕަށް ހާއްސަކޮށް "މިހާރު" ގެ ވެބް އެޑިޝަނެއް ވެސް ތައާރަފްކުރާނެ އެވެ.
"މިހާރު" ވޯލްޑް ކަޕު ގައިޑްގައި ވޯލްޑް ކަޕާ ގުޅޭ ތަފާތު މައުލޫމާތުތައް ހިމެނޭނެ އެވެ. ކުޅުންތެރިންގެ ލައިފް ސްޓައިލް އާއި ވޯލްޑް ކަޕްގެ ތާރީހާ ގުޅޭ އާޓިކަލްތަކާއި މުބާރާތުގައި ވާދަ ކުރާ ޓީމުތަކުގެ ޕްރޮފައިލް އާއި ސްޓޭޑިއަމްތަކުގެ މައުލޫމާތު ހިމަނާފައި ވާނެ އެވެ.
އަންނަ އާދިއްތަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕްގެ ކަވަރޭޖް ގެނެސްދިނުމަށާއި މުބާރާތުގެ ފޯރިގަދަ ކުރުމަށް "މިހާރު"ން ވަނީ ތަފާތު ހަރަކާތްތައް ހިންގުމަށް ރާވައިފަ އެވެ. އޭގެ ތެރޭގައި، ހާއްސަ ކަވަރޭޖާއި، ގިނަ އިނާމްތަކެއް ލިބޭ ސްކޯ ޕްރެޑިކްޝަން ކޮމްޕެޓިޝަންތަކެއް ވެސް ހިމެނެ އެވެ.
ދިވެހިންގެ ބޮޑު ޕަސެންޓެއް ބްރެޒިލާއި އާޖެންޓީނާ އަށް
"މިހާރު"ގެ ސްކޯ ޕްރިޑިކްޝަން މިލިއަނުން މައްޗަށް
އަންހެން ޓީމުން "މިހާރު"ގެ ވޯލްޑް ކަޕް ގައިޑް ނެރެފި
ގަތަރުގެ އުސޫލުތަކަށް ފްރާންސުން އިހުތިރާމް ކުރާނެ
އިޓަލީ އަށް ވޯލްޑް ކަޕުގެ ފުރުސަތު ލިބިދާނެ!
އެމެރިކާ އާއި އިންގްލެންޑާއެކު އިރާން އެއް ގުރޫޕަކަށް
ނެދަލެންޑްސް އާއި އާޖެންޓީނާ ވޯލްޑް ކަޕަށް
އިންގްލެންޑާއި ސްވިޒަލެންޑް ވޯލްޑް ކަޕަށް ކޮލިފައިވެއްޖެ
"މިހާރު" ނޫހުން ވޯލްޑް ކަޕް ގައިޑް ނެރެފި
ކެރިއާ ވުމަން އެވޯޑު "މިހާރު"ގެ އާސިމާ އަށް