17 ނޮވެމްބަރ 2022
އާދިއްތަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕަަސް އަމާޒުކޮށް، "މިހާރު" އިން ތައްޔާރު ކުރި ގައިޑް ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ހާއްސަ ކުރި އިވެންޓްގައި ޓީމުގެ ކުޅުންތެރިން މިއަދު ނެރެފި އެވެ.
އާދިއްތަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕަަސް އަމާޒުކޮށް، "މިހާރު" އިން ތައްޔާރު ކުރި ގައިޑް ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް ހާއްސަ ކުރި އިވެންޓްގައި ޓީމުގެ ކުޅުންތެރިން މިއަދު ނެރެފި އެވެ.
އާޓިފިޝަލް ބީޗުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ގައުމީ ޓީމުގެ ކެޕްޓަން އާމިނަތު ލީޒާ އާއި ޓީމުގެ ސީނިއާ ބައެއް ކުޅުންތެރިންނާއި އޮފިޝަލުން ވެސް ބައިވެރިވި އެވެ. އަދި އެފްއޭއެމްގެ އެކްސްކޯގެ އަންހެން މެންބަރު އާމިނަތު ޝާނީޒް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ހަވީރު ފަހަކުން މިރޭ 10 ޖަހަންދެން ކުރިއަށް ގެނދިޔަ އިވެންޓްގައި، ގިނަ އަދަދެއްގެ އާންމުންނަށް ފޮތް ވަނީ ހިލޭ ބަހައިފަ އެވެ. ފޮތް ނެރުމުގެ ރަސްމިއްޔާތު ފެށުމުގެ ކުރިން ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ އާޓިފިޝަލް ބީޗްގައި ކިޔު ހަދައިފަ އެވެ. "މިހާރު" ގެ ވޯލްޑް ކަޕް ގައިޑްގެ އިތުރުން، މިހާރުން ތައްޔާރު ކޮށްފައިވާ ސްކޯ ޗާޓް ވެސް ވަނީ ހިލޭ ބަހައިފަ އެވެ.
ވޯލްޑް ކަޕަށް ހާއްސަކޮށް "މިހާރު" ގެ ވެބް އެޑިޝަނެއް ވެސް ތައާރަފްކުރާނެ އެވެ.
"މިހާރު" ވޯލްޑް ކަޕު ގައިޑްގައި ވޯލްޑް ކަޕާ ގުޅޭ ތަފާތު މައުލޫމާތުތައް ހިމެނޭނެ އެވެ. ކުޅުންތެރިންގެ ލައިފް ސްޓައިލް އާއި ވޯލްޑް ކަޕްގެ ތާރީހާ ގުޅޭ އާޓިކަލްތަކާއި މުބާރާތުގައި ވާދަ ކުރާ ޓީމުތަކުގެ ޕްރޮފައިލް އާއި ސްޓޭޑިއަމްތަކުގެ މައުލޫމާތު ހިމަނާފައި ވާނެ އެވެ.
"މިހާރު" ގެ ވޯލްޑް ކަޕް ގައިޑް ހޯދަން ގިނަ އަދަދެއްގެ ބަޔަކު ކިޔުގައި ޖެހިގެން --- ފޮޓޯ: ނިޝާން އަލީ | މިހާރު
އަންނަ އާދިއްތަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕްގެ ކަވަރޭޖް ގެނެސްދިނުމަށާއި މުބާރާތުގެ ފޯރިގަދަ ކުރުމަށް "މިހާރު"ން ވަނީ ތަފާތު ހަރަކާތްތައް ހިންގުމަށް ރާވައިފަ އެވެ. އޭގެ ތެރޭގައި، ހާއްސަ ކަވަރޭޖާއި، ގިނަ އިނާމްތަކެއް ލިބޭ ސްކޯ ޕްރެޑިކްޝަން ކޮމްޕެޓިޝަންތަކެއް ވެސް ހިމެނެ އެވެ.
ދިވެހިންގެ ބޮޑު ޕަސެންޓެއް ބްރެޒިލާއި އާޖެންޓީނާ އަށް
"މިހާރު"ގެ ސްކޯ ޕްރިޑިކްޝަން މިލިއަނުން މައްޗަށް
"މިހާރު" ވޯލްޑްކަޕް ގައިޑް ނެރުން މާދަމާ، ދޭނީ ހިލޭ
"މިހާރު" ނޫހުން ވޯލްޑް ކަޕް ގައިޑް ނެރެފި
ކެރިއާ ވުމަން އެވޯޑު "މިހާރު"ގެ އާސިމާ އަށް
ގޯލްޑް ކަޕްގެ މީޑިއާ ޕާޓްނަރަކަށް "މިހާރު"
ޝަނާ: ލިޔަން ޖެހިލުމެއް ނުވާނެ، ނަތީޖާ ނެރޭނެ
އަންހެން ފުޓްބޯޅަ އަށް އިހުމާލުވެއްޖެ: މާޔަން
ލަންކާ އަތުން ބަލިވެއްޖެ، ދެން އޮތީ ވަރުގަދަ ނޭޕާލާ
އަންހެން މުބާރާތެއް ނެތް، އެކަމަކު ޓީމާ މެދު އުއްމީދު