16 ނޮވެމްބަރ 2022
މިހާރުވެސް ކުނިބުނިން ތަޣައްޔަރުވެފައި އޮތް ހުޅުމާލޭ ކަންނެލި ޖެޓީގެ މޫދަށް ގިނަ އަދަދެއްގެ މަސް އެޅުމުން މޫދު ކުނިވެ ޝަކުވާ ބޮޑުވެއްޖެ އެވެ.
މިހާރުވެސް ކުނިބުނިން ތަޣައްޔަރުވެފައި އޮތް ހުޅުމާލޭ ކަންނެލި ޖެޓީގެ މޫދަށް ގިނަ އަދަދެއްގެ މަސް އެޅުމުން މޫދު ކުނިވެ ޝަކުވާ ބޮޑުވެއްޖެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަނީ މޫދަށް އަޅާލާފައި ހުރި ގިނަ އަދަދެއްގެ މަހުގެ އިތުރުން އެތަނުގައި ހުރި އެކި ފާޑުގެ ކުނިބުނިން މުޅި ސަރަހައްދު ބެދިފައި އޮއްވަ އެވެ.
ދޯނިފަހަރު އަޅާ ޖެޓީތަކުގެ ކައިރިއަށް ކުނި އެޅުމަކީ އާންމު ކަމަކަށްވެފައި ވާއިރު އެތަނުން ވެސް ފެންނަނީ ޕްލާސްޓިކް ފުޅި އާއި ދަޅާއި ލަކުޑި ޕްލާސްޓިކް ކޮތަޅުފަދަ ކުނިބުންޏެވެ. ނަމަވެސް ކުނިތަކުގެ ތެރޭގައި ވެސް ގިނަ އަދަދަކަށް ހުރުމުން އެ އެއްޗެހި ވަނީ ކުނިވެފަ އެވެ.
ފަޅުތެރޭގައި މަސްތައް ކުނިވެފައި.-- ފޮޓޯ: ފަޔާޒު މޫސާ \ މިހާރު
ޖެޓީގައޮ އޮތް ދޯންޏެއްގެ ފަަޅުވެރިއަކު "މިހާރު" އަށް ބުނީ މީގެ ކުރިން ވެސް އެ ސަރަހައްދު ފަޅަށް ކޮންމެވެސް ވަރަކަށް މަސް އަޅާފައި ހުންނަ ކަމަށެވެ. ނަމަވެސް މިހާރު ހުރީ މީގެ ކުރިން ދުވަހަކު ވެސް ނުހުންނަހާ ގިނައިން ކަމަށް އޭނާ ބުންޏެވެ.
"މަސް ކިރަން އަންނަ މީހުން ވިއްކާނުލެވޭ ބައި އެ އަޅާލަނީ ފަޅަށް. މީގެ ކުރިން ވެސް އަޅާފައި ހުރޭ. އެކަމަކު މިހާރު މި އޮތީ އާދަޔާ ހިލާފަށް ގިނައިން،" އޭނާ ބުންޏެވެ.
ކަންނެލި ޖެޓީ ފަޅުގައި މަސްތައް ކުނިވެފައި.-- ފޮޓޯ: ފަޔާޒު މޫސާ \ މިހާރު
އޭނާ ބުނީ އެކަން ކުރީ ކޮން ބައެއްކަން ނޭނގޭ ކަމަށެވެ. މަސްވެރިޔާ ބުނީ މިއީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި އެތަނަށް މަސް ކިރަން އަންނަ އެހެން ދޯނިތަކުގެ މީހުންނަށް ވެސް މިކަމުގެ ސަބަބުން ވަރަށް ބޮޑަށް އުނދަގޫވާ ކަމަށެވެ.
"އަހަރުމެން މަސް ކިރާފައި އިތުރުވާ މަސް ހުރިއްޔާ ވިއްކާލަން ދަނީ. ނޫނީ ބަަހާލަނީ. މާ ގިނަ ދުވަސް ވެގެން އެ ހުންނަ ޖެހޭ ޓެމްޕްރޭޗާގައި ނެތިއްޔާ މަސް ކިރާ މީހުން ނުނަގާނެ. އެއީ ކުނިވާން ކައިރިވެފައި ހުންނަ މަސް. ނޫނީ ކުދި މަސް. އެކަހަލަ މަސް އަޅާލަނީ ކަނޑަށް،" އޭނާ ބުންޏެވެ.
ކަންނެލި ޖެޓީގައި އަޅާފައި އޮތް ދޯނިތަކެއް.-- ފޮޓޯ: ފަޔާޒު މޫސާ \ މިހާރު
މަހުގެ އިތުރުން ވެސް އެ ސަރަހައްދުން ޕްލާސްޓިކު ހިމެނޭ ކުނި ފެންނާތީ މީގެ ކުރިން ވެސް އެ ވާހަކަ ސޯޝަލް މީޑިއާގައި ދައްކާފައިވެ އެވެ. ތިމާވެށި ހިމާޔަތް ކުރުމަށް އެތައް ވާހަކަތަކެއް ދެކެވެމުން އަންނަ އިރު މޫދަށް އެހާ ބައިވަރު ކުނި އަޅާފައި އޮތްތަން ފެނުމުން އެތައް ބަޔަކު އަންނަނީ އެކަމަށް ފާޑުކިޔަމުންނެވެ.
ހުޅުމާލެ ބަލަހައްޓާ އެޗްޑީސީގެ ބަހެއް މިކަމާ ގުޅޭ ގޮތުން އަދި ނުލިބެ އެވެ.
ހުޅުމާލެއިން އިތުރު ފިތުރޯނު ގަސްތައް ނަގަނީ
ނަޖިސްފެން ކަނޑަށް އަޅާ މައްސަލަ މަޖިލީހަށް
ހުޅުމާލޭގައި ބައިސިކަލް ކުއްޔަށް ދޭ ޕްރޮޖެކްޓެއް
ރެދަނުން ދިއްލޭ ހުޅުމާލޭ މޫދުގައި ޖެލީ ފިޝް!
ބޮޑު ބަދަލެއް އަންނަވަރަށް ގަހެއް ނުނަގާނަން:އެޗްޑީސީ
އެފްއޭއެމުން އަތުން އަތުލި ބިމާގުޅޭ ޝަކުވާ ބަލަނީ
ހުޅުމާލޭގެ ފިތުރޯނުގަސްތައް ހުރި ބިން ވިޔަފާރިތަކަށް
އެޗްޑީސީ އަށް 14 ބިލިއަން ރުފިޔާ ލިބެންޖެހޭ: ފަޒުލް
އެސްޖޭގެ ބިމާ ގުޅޭ ސުވާލުތައް ހޫނުވެއްޖެ
ހުޅުމާލެއިން ހިލޭދޫކުރި ގޯތިތަކުގެ އަގަށް 5.4ބިލިއަން