21 އޮކްޓޯބަރ 2021
ރައްކާތެެރި މިންވަރަކަށް ޓްރީޓްނުކޮށް، ނަޖިސްފެން ކަނޑަށް ބޭރުކުރުމުގެ ފުރުސަތު އޮންނަ ގޮތަކަށް، ހުޅުމާލޭގައި ސްވޭޖް ޓްރީޓްމެންޓް ޕްލާންޓެއް އަޅަން ބިޑަށް ހުޅުވާލައިފައިވާ ކަމަށް ތުހުމަަތު ކުރައްވައި، އެކަން މަޖިލީހުން ބަަލައިދޭން، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް އެދިވަޑައިގެންފި އެވެ.
ރައްކާތެެރި މިންވަރަކަށް ޓްރީޓްނުކޮށް، ނަޖިސްފެން ކަނޑަށް ބޭރުކުރުމުގެ ފުރުސަތު އޮންނަ ގޮތަކަށް، ހުޅުމާލޭގައި ސްވޭޖް ޓްރީޓްމެންޓް ޕްލާންޓެއް އަޅަން ބިޑަށް ހުޅުވާލައިފައިވާ ކަމަށް ތުހުމަަތު ކުރައްވައި، އެކަން މަޖިލީހުން ބަަލައިދޭން، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ހައިތަމް ވިދާޅުވީ ހުޅުމާލެ ސުވޭޖް ޓްރީޓްމެންޓް ޕްލާންޓް އަޅާނެ ބަޔަކު ހޯދަން ކޮށްފައިވާ އިއުލާނާ ހަވާލާދީ، އެ ޕްރޮޖެކްޓާ މެދު އޮތް ކަންބޮޑުވުންތައް އޭނާ އަށް ގެނެސްދިނީ އެ ދާއިރާގެ މާހިރުންތަކެއް ކަމަށެވެ. އިއުލާނުކޮށްފައިވާ ގޮތަަށް އެ މަޝްރޫއު ކުރިއަށް ގެންގޮސްްފި ނަމަ ތިމާވެއްޓަށާއި ރާއްޖޭގެ އިގުތިސާދަށް ވާނެ ގެއްލުން، ހައިތަމްގެ ސިޓީގައި ވަރަށް ތަފްސީލުކޮށް ލިއުއްވާފައި ވެ އެވެ. އެ ތަފްސީލްތަކާ އެކު އޭނާ އެދިވަޑައިގަތީ އެ ޕްރޮޖެކްޓާ ގުޅޭ ފަރާތްތައް މަޖިލީހަށް ހާޒިރުކޮށްދިނުމަށެވެ.
"... މަތީގައިވާ ކަންކަމަށް ރިއާޔަތްކޮށް، މިކަންކަމުގައި ޒިންމާވާ ފަރާތްތައް މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީއަކަށް ހާޒިރުކޮށް، މި މައްސަލަ ވީހާ ވެސް އަވަސް ފުރުސަތެއްގައި ބައްލަވައިދެއްވުން އެދި ދެންނެވީމެވެ،" ސިޓީގައި ހައިތަމް ވިދާޅުވި އެވެ.
I won’t let a rudimentary economic disaster hit on our nation without raising my voice for the sake of the generations to come. I’m surprised to see erroneous furnishing & plannings from the ministries. We have to put more considerations towards developing a sustainable future. pic.twitter.com/AoPKnL4ZR6
— Haitham Ahmed (@ahmhaitham) October 20, 2021
ހުޅުމާލެ ސުވޭޖް ޓްރީޓްމެންޓް ޕްލާންޓް އަޅާނެ ބަޔަކު ހޯދަން ކުރި އިއުލާނާ ހަވާލާދެއްވައި ހައިތަމް ވިދާޅުވީ، އެ ޕްރޮޖެކްޓް ހިންގަން އުޅެނީ، އެއް ވެސް ވަރަކަށް ޓްރީޓްނުކުރާ 10،000 ކިއުބިކް މީޓަރުގެ ނަޖިސްފެން ކަނޑަށް ދޫކުރެވޭ ގޮތަށެވެ. އެކަމަކު ރާއްޖޭގެ ސްވޭޖް ޑިސްޕޯސަލް ގަވައިދުގައި އޮންނަ ގޮތުން، ކަނޑަށް ދޫކުރާ ނަޖިސް ފެން ހުންނަން ޖެހޭނީ ބަޔޯ ކެމިކަލް އޮކްސިޖަން ޑިމާންޑް ދަށްކޮށްފަ އެވެ. ހައިތަމް ވިދާޅުވީ އެއްވެސް ވަރަކަށް ޓްރީޓްނުކޮށް ކަނޑަށް ނަޖިސް ފެން ދޫކުރުމުގެ ސަބަބުން ތިމާވެއްޓަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އިއުލާނު ދިރާސާކުރުމަށް ފަހު، ހައިތަމް އަށް މައުލޫމާތު ދެއްވި މާހިރުންނާ ހަވާލާ ދެއްވައި އޭނާ ވިދާޅުވީ، އިއުލާނުގައިވާ ގޮތަށް ޕްލާންޓް ގާއިމްކޮށް ހިންގާ ނަމަ ދުވާލަކަށް 15 މެގަވޮޓްގެ ކަރަންޓް އެ ޕްލާންޓަށް ބޭނުންވާނެ ކަމަށެވެ. އެއީ މާލެ ސަރަހައްދަށް ދުވާލަކު ބޭނުންވާ ކަރަންޓްގެ ތިންބައިކުޅަ އެއްބަޔާ އެއްވަރުގެ މިންވަރެކެވެ.
"...މިއީ ކަރަންޓް އުފެއްދުމަށް ޓަކައި ގެންނަން ޖެހޭ ތެލާއި ޕްލާންޓް ހިންގުމަށާއި މެއިންޓެނެންސް ފަދަ ކަންކަމަށް ބަލާއިރު ވެސް ބޮޑު ހަރަދެއް ދާނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ،" ސިޓީގައި އޭނާ ވިދާޅުވި އެވެ.
އޭގެ ބަދަލުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އެ ޕްލާންޓް ހިންގާ ނަމަ، 50،000 އަކަފޫޓްގެ ބިމެއް އެކަމަށް ބޭނުންވާނެތީ، އެއީ ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ހައިތަމް ވިދާޅުވި އެވެ. އެ މައްސަަލައިގެ ހައްލަކީ އޭނާ ވިދާާޅުވެފައިވާ ގޮތުގައި ރާއްޖެ އަށް އެންމެ އެކަށީގެންވާ، ރާއްޖޭގެ ހާލަތާ ގުޅޭ އީޖާދީ އަދި ދެމެހެއްޓެނިވި ގޮތްތަކެއް ހޯދުމެވެ.
މަޖިލީހަށް ފޮނުއްވި ސިޓީގެ ކޮޕީއެއް ހިއްސާކުރަައްވަން ހައިތަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިނިސްޓްރީތަކުން އެފަދަ ގޯޯސް ޕްލޭންތައްް ކުރާތީ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ. އިގުތިސާދީ ގޮތުން ރާއްޖެއަށް ކާރިސާއަަކަށް ވާ އެފަދަ ކަންތައްތަކުގައި އަޑު ނޫފުއްލަވާ ދޫނުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ހުޅުމާލެއިން އިތުރު ފިތުރޯނު ގަސްތައް ނަގަނީ
ނުކިރުވޭ މަސްތައް ހުޅުމާލޭ ފަޅަށް؛ މޫދު ކުނިވެފައި!
ހުޅުމާލޭގައި 10ބުރިއަށް އިމާރާތްކުރުމާ އަސްލަމް ދެކޮޅު
މަސައްކަތް ހުއްޓިފައިވާ ބިންތައް އަތުލަނީ!
ހިޔާ ޕެޓިޝަނާ ގުޅިގެން އަސްލަމާއި މުއިއްޒު ކޮމިޓީއަށް
ފްލެޓްގެ ކުލި ކުޑަކޮށްދޭން އެދި މަޖިލީހަށް ޕެޓިޝަނެއް
ހުޅުމާލޭގައި ބައިސިކަލް ކުއްޔަށް ދޭ ޕްރޮޖެކްޓެއް
ރެދަނުން ދިއްލޭ ހުޅުމާލޭ މޫދުގައި ޖެލީ ފިޝް!
ބޮޑު ބަދަލެއް އަންނަވަރަށް ގަހެއް ނުނަގާނަން:އެޗްޑީސީ
އަސްލަމާއި މުއިއްޒު ކޮމިޓީގައި:އަގާ ގުޅޭ ހޫނު ބަހުސެއް