01 ޑިސެމްބަރ 2021
ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުން ގަވައިދަށް ގެނެސްފައި އޮތް ބަދަލެއް ގެޒެޓް ކުރައްވަން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދެކޮޅު ހައްދަވައި، ރައްޔިތުންގެ މަޖިލީހަށް އެކަން އިއްޔެ އަންގަވައިފި އެވެ.
ހުޅުމާލޭގައި 10 ބުރިއަށް އިމާރާތް ކުރެވޭ ގޮތަށް، ރައްޔިތުންގެ މަޖިލީހުން ގަވައިދަށް ގެނެސްފައި އޮތް ބަދަލެއް ގެޒެޓް ކުރައްވަން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ދެކޮޅު ހައްދަވައި، ރައްޔިތުންގެ މަޖިލީހަށް އެކަން އިއްޔެ އަންގަވައިފި އެވެ.
ގަވާއިދު ކޮމިޓީން ބޭއްވި ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، ހުޅުމާލޭގައި 10 ބުރީގެ އިމާރާތްތައް ހަދަން ހުއްދަ ލިބޭ ގޮތަށް ތައްޔާރު ކޮށްފައިވާ ގަވައިދު، ގެޒެެޓްކުރަން ރައީސް އޮފީހަށް ފޮނުވުމަށް ފަހު، މިހާރު އަނބުރާ ގެނެސްފައިވާ ކަމަށެވެ. އެގޮތަށް ކަންތައް ކުރެއްވީ އެ ހުއްދަ ދީފި ނަމަ ބޮޑެތި މައްސަލަތައް ކުރިިމަތިވާނެތީ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ހުޅުމާލޭގައި ހަ ބުރިއަށް ވުރެ އުސްކޮށް އިމާރާތް ކުރަން ހުއްދަ ލިބޭ ގޮތަށް ގަވައިދު ގެޒެޓް ކުރައްވާނީ ގާނޫނީ ގޮތުން އެކަމާ ދެކޮޅަށް ކުރެެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވައި ކާމިޔާބު ނުވާ ހާލަތެއްގައި އެކަންޏެވެ.
"ކިތަންމެ ވަރަކަށް ޓެކްނިކަލް މީހުން އިދިކޮޅު ހެދި ކަމުގައި ވިޔަސް، ގާނޫނުގައި އޮންނަނީ އެ ކަމަކީ ވަކި މީހަަކަށް، ވަކި ގޮތަކަށް ކޮށްލެވިދާނެ ކަމެއް ކަމަށް ނޫނީ ވަކި ބަޔަަކަށް ވަކި ގޮތަކަށް ކުރެވިދާނެ ކަމެއް ކަމަށް ވެގެން އެ ބަޔަކު އެކަން ކޮށްފިއްޔާ ދެން އަަޅުގަނޑުމެންނަކަށް ނުއެއް ހުއްޓުވޭނެ. އެހެންވީމާ ކޮންޓެސްޓް ކުރާނަމޭ އެކަމަކު އަޅުގަނޑުމެން، ކޮންޓެސްޓް ކުރެވޭ ހިސާބަކަށް،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ. ހުޅުމާލޭގައި ހަ ބުރިއަށް ވުރެ އުސްކޮށް އިމާރާތް ކުރަން މިހާރު ހުއްދަ ދީފައި ވަނީ ހާއްސަ ސަރަހައްދުތަކަކުން ކަމަށާއި އެކަން ކޮށްފައި ވަނީ ކުރީގެ ސަރުކާރުތަކުން ކަމަށެވެ.
ގެޒެޓް ކޮށްފައިނުވާ މައްސަލަ އާގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއިން ކަމާގުޅުންހުރި ބޭފުޅުންނާ ބައްދަލުކުރުން pic.twitter.com/PjyLPMN4MC
— People's Majlis (@mvpeoplesmajlis) November 30, 2021
ހުޅުމާލޭގައި 10 ބުރިއަށް އިމާރާތްކުރަން ހުއްދަ ދިނުމަށާއި ވަކި ފްލޯއަކުން ފެށިގެން މަތީގެ ފްްލޯތަކުގެ ބެލްކަނި މަގުމައްޗަށް ނެރޭ ގޮތަށް ޑިޒައިން ކުރުން ފަދަ ބައެއް ކަންތައްތައް ހިމަނައިގެން 18 ވަނަ މަޖިލީހުން ގަވައިދަށް ގެނެސްފައިވާ ބަދަލުތަކާ ދެކޮޅު ހައްދަވާ ސަަބުތައް ކޮމިޓީގައި މިނިސްޓަރު އިއްޔެ، ތަފުސީލުކޮށް ވިދާޅުވެ ދެއްވި އެވެ. އޭގެ ތެރެއިން އެއް ކަމަކީ ހުޅުމާލެއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ އިންވެގެން އޮންނަ ތަނަކަށް ވާތީ، މަތިންދާބޯޓުތަކަށް ކުރިމަތިވާނެ ދައްޗެވެ. މުޅި ހުޅުމާލޭގައި އުސްކޮށް އިމާާރާތްކުރަން ހުއްދަ ދީފި ނަމަ، އެއާޕޯޓް ބޭނުން ނުކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ވާނެ ދަތިތައް ވެސް އޭގެ ސަބަބުން ގިނަ ވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
"ދިހަ ބުރިއަށް އިމާރާތް ކުރަން އެންމެންނަށް ހުއްދަ ދިނީމާ، އެންމެން އިމާރާތް ކުރީމާ އެ ތާނގައި އޮތް ނަޖިސް ހޮޅިއަށް ނުތަކާނީ. ފެން ނުލިބޭނީ. ކަރަންޓް ކެނޑޭނީ. މަގުތައް ފުރޭނީ. އެ ހުރިހާާ ކަމެއް ވެސް ދިމާވާނެ،" އަސްލަމް ވިދާޅުވި އެވެ.
ހުޅުމާލޭގައި އިމާރާތް ކުރުމުގެ ގަވައިދަށް ގޮތްގޮތް ހަދަން، މަޖިލީހުގެ ގަވައިދު ކޮމިޓީއަށް ބާރު ލިބެނީ އެ ކޮމިޓީން ގަބޫލުކުރާ ގޮތުގައި އާއްމު ގާނޫނުތަކުގެ ގަވައިދުންނެވެ. މިހާރު އަމަލުކުރާ ގާނޫނުއަސާސީގައިވާ ގޮތުން، އެ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށި އިރު، ގާނޫނަކުން ބާރު ނުލިބި ހުރިި ހުރިހާ ގަވާއިދެއް އާއްމު ގަވައިދުތަކުގެ ގާނޫނުގެ ތެރެއަށް ފެތޭނެ އެވެ.
އެ ގާނޫނުގައި ޖަދުވަލު ކޮށްފައިވާ ގަވައިދުތައް، ވަކި މުއްދަތެއްގެ ތެރޭގައި ގާނޫނުތަކުގައި ހިމަނަން ޖެހެ އެވެ. އެގޮތަށް ނުހިމަނައި ހުންނަ ގަވައިދުތައް، ގަވާއިދު ކޮމިޓީން މުރާޖައާކޮށް، ޖަދުވަލުގައި އަލުން ހިމަނަން ޖެހެ އެވެ. ހުޅުމާލޭގައި އިމާރާތް ކުރުމުގެ ގަވައިދަށް، ކޮމިޓީން ބަދަލުތަކެއް ގެނައީ 18 ވަނަ މަޖިލީހުގައި އެ މަރުހަލާ ކުރިއަށް ގެންދިޔަ އިރު އެވެ.
އިއްޔެގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަހުމަދު އަބްދުﷲ އަފީފް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. ގަަވައިދަށް އެ ބަދަލުތައް ގެނައުމަކީ ކޮމިޓީ އަށް ކުރެވޭނެ ކަމެއް ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.
"އެހެންވީމާ އަޅުގަނޑެއް ގަބޫލެއް ނުކުރަން އެއްގޮތަކަށް ވެސް، އެ ގާނޫނުގެ [އާއްމު ގަވާއިދުތަކުގެ ގާނޫނުގެ] ހަ ވަނަ މާއްދާގައި އެ އޮތީ މަޖިލީހުން ގަވާއިދު ހަދާ ވާހަކަ ކަމަކަށް. އެއީ މަޖިލީހުން ގަވައިދު ހަދާ ވާހަކަައެއް ނޫން،" އޭނާ ވިދާޅުވި އެވެެ.
އަހުމަދު އަބްދުﷲ އަފީފް ވިދާޅުވި ގޮތުގައި ދައުލަތުގެ ބާރުތައް ވަކިވެފައިވާ ގޮތާއި ގާނޫނުއަސާސީ އާއި އާއްމު ގަވައިދުތަކުގެ މުޅި ގާނޫނަށް ބެލުމުން، މަޖިލީހަށް އެ ގަވައިދު ނުހެދޭނެކަން އެނގެ އެވެ. ނަމަވެސް، އެ ގާނޫން ބާރު ދިނުމަށްޓަކައި ގަވައިދު މަޖިލީހަށް ފޮނުވަން ޖެހެ އެވެ. އެއީ އެ ގާނޫނުގެ ޖަަދުވަލުގައި ގަވައިދު ހިމެނުމަށްޓަކަ އެވެ.
"އުސޫލާ ހިލާފަށް އެއްވެސް ބަޔަކަށް ފްލެޓް ނުދެވޭނެ"
"ގޯތި ފޯމުތަކުގެ އިވެލުއޭޝަން ޖޫން ކުރީކޮޅު ނިމޭނެ"
"އަސްލަމް ގާނޫނާ ހިލާފުވި މައްސަލަ ކޯޓަށް ގެންދެވޭނެ"
ހުޅުމާލޭގެ ބިން މުއްސަނދިންނަށް، އިންސާފެއް ނޫން!
މާލެ ސަރަހައްދުން 4،000 ގޯތި ދޫކުރާނަން: އަސްލަމް
ފްލެޓްތަކުގެ ފިނިޝިން އަށް ލޯނު ދޫކުރާނެ: ޔޫނިއަން
ފްލެޓުގެ ފުރަތަމަ ޒިޔާރަތް: ހައްގު މިންވަރެއް ނޫން!
އަސްލަމާއި މުއިއްޒު ކޮމިޓީގައި:އަގާ ގުޅޭ ހޫނު ބަހުސެއް
ގޯތިތައް ދޫކޮށްފައި ހުރި ގޮތުން އުނދަގޫތަކެއް!
ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން ކަންބޮޑުވުން