28 ޑިސެމްބަރ 2021
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލުމާ އެކު، އެއީ ހަމައެކަނި މުއްސަނދިންނަށް އޮތް ފުރުސަތެއް ކަމަށް ބުނެ އެ ނިންމުމަށް އާންމުންނާއި ދައުލަތުގެ މަތީފަންތީގެ ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވަމުން އެބަ ދެ އެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލުމާ އެކު، އެއީ ހަމައެކަނި މުއްސަނދިންނަށް އޮތް ފުރުސަތެއް ކަމަށް ބުނެ އެ ނިންމުމަށް އާންމުންނާއި ދައުލަތުގެ މަތީފަންތީގެ ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވަމުން އެބަ ދެ އެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ވަނީ، ހުޅުމާލެ އިން ބިން ވިއްކަން އިއުލާންކޮށްފަ އެވެ. އެ އިއުލާން އާންމު ބައެއް މީހުން ސިފަކުރަނީ "މުއްސަނދިންގެ ވިޔަފާރި ކުރިއެރުވުމަށް ހުޅުވާލި ދޮރެއްގެ ގޮތުގަ" އެވެ.
އިއުލާނުގައި ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެއް ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެއީ ބީޗް ފްރޮންޓުން 26 ގޯތި އަދި އަތިރިމައްޗާ ކައިރިން 34 ގޯއްޗެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދެ ވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިން ހިއްކުމަށް ފަހު، ބޮޑު އާބާދީއަކަށް އަމާޒުކޮށް "ހިޔާ" ގެ ނަމުގައި ސޯޝަލް ހައުސިން ސްކީމް ފަށައި 6،720 ފްލެޓް އެޅި އެވެ. އޭގެ ފަހުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ސަރުކާރުން ވެސް ސޯޝަލް ހައުސިން ސްކީމެއް އިއުލާންކުރި ނަމަވެސް އަމަލީ އެއްވެސް މަސައްކަތެއް އަދި ނުފެށެ އެވެ.
އެހެންވެ، މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތެއް ނުކޮށް، ބޮޑު އަގުގައި ބިން ވިއްކާލަން ހުޅުވާލުމަކީ، މަޖިލީހުގެ ސުޕަމެޖޯރިޓީގައި ތިއްބެވި އެމްޑީޕީގެ ބައެއް މެމްބަރުންނާއި އާއްމުންނަށް ބަލައިގަނެވޭ ކަމަކަށް ނުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ކުރެއްވި ޓްވީޓުގައި ވަނީ ހުޅުމާލެއިން ބިން ވިއްކުމުގެ ސިޔާސަތު ބަދަލުކުރުމަށް ގޮވާލައްވައިފަ އެވެ.
"މާލެ ސަރަހައްދުގައި ދިރިއުޅޭ އާމްދަނީ މަދުން މީހުންނަށް ބިން ލިބޭނެ ގޮތެއް ނެތި ހުޅުމާލެއިން ބިން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" އެ މަނިކުފާނުގެ ޓްވީޓުގައި ވިދާޅުވި އެވެ.
@hdcmaldives bin vihkumaa dhekolhah raeethun thedhuvaan jehey. Mee hama ekani viyafaari verin ge gaumeh noon kan emeehun nah saafu koh dheyn jeheyne. Boa hiyaa vehikan nulibi ethah raeethun ulhey iru mi meehun mi balanee verikamuge aaraa baaru oiy iru eyge faidhaa negeytho
— Mohamed Hamdhaan ?? ?? (@mohdhamdhaan) December 27, 2021
އެޗްޑީސީގެ ޓްވީޓަށް ރައްދުދެއްވައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ވިދާޅުވި ގޮތުގައި ބިމުގެ ޒަރޫރީ ބޭނުން ޖެހިފައި އެތައް ބަޔަކު ތިބިއިރު ބިން ވިއްކުމަކީ އެކަށީގެންވާ އުސޫލެއްގެ މައްޗަށް ރާވާފައިވާ ކަމެއް ނޫނެވެ.
"ސަރުކާރުން މި އުސޫލުތަކަށް ބަދަލު ގެންނަވާނެ ކަމަށް އުއްމީދުކުރާ ހާލަތުގައި، ބަދަލު ގެންނަން ގޮވާލަން،" އެމްޑީޕީގެ މެމްބަރު ހައިތަމް ވިދާޅުވި އެވެ.
Enmennah dheyne bin nethi vaki bayakah bin beelamun vikkigen nuvaane. Super majority ah dhey hadhiyaa akaa vahtharee
— ?ދޭސީ (@NfyAL) December 28, 2021
އެއްބަޔަކު ތުހުމަތުކުރި ގޮތުގައި ގޯތި ވިއްކަނީ މިހާރު ވެސް މުއްސަނދި މީހުން، އިތުރަށް މުއްސަނދިވުމުގެ ފުރުސަތު ދިނުމަށެވެ. އަބްދުﷲ ފަރާޒްގެ ނަމުގައި ޓްވީޓްކުރި މީހަކު ކުރި ސުވާލަކީ އެޗްޑީސީގެ އެ އަމަލު ހުއްޓުވާނެ އެއްވެސް ބައެއް ނެތީ ހެއްޔޭ އެވެ؟
"އެ ކުންފުނިން ބިން ވިއްކަނީ މިހާރު ވެސް މުއްސަނދި މީހުންނަށް. އޭރުން ބިޑަށް ހުޅުވާލައި ރިއަލް އެސްޓޭޓް ގޮތަށް ވިއްކާލެވޭނެ،" ފަރާޒްގެ ޓްވީޓުގައި ބުންޏެވެ.
އެޗްޑީސީގެ އިއުލާނުގައި ބުނީ ބީލަމަށް އެދޭ ފޯމު ވިއްކާނީ އަންނަ ހަފުތާގެ އާދިއްތަ ދުވަހުން ފެށިގެން އަންނަ ޖެނުއަރީ 31 ގެ ނިޔަލަށް residential@hdc.com.mv އަށް މެއިލް ކުރާ މީހުންނަށެވެ. އެ ތަނަށްބިޑް ސެކިއުރިޓީގެ ގޮތުގައި 320،000ރ. ހުށަހަޅަންޖެހެ އެވެ.
ގާނޫނީ ވަކީލް މަރިޔަމް ޝުނާނާ ވިދާޅުވި ގޮތުގައި ގެދޮރުގެ ދަތިކަން ދިމާވެފައިވާ މީހުންނަށް އެކަން ހައްލުކުރާނެ ބިމެއް ނެތް ކަމަށް އެޗްޑީސީން ބުނުމަށް ފަހު މިހާރު ދިރިއުޅުމަށް މުއްސަނދިންނަށް ބިން ވިއްކަނީ ކަމަށެވެ.
Kaleymenah thikah kurevifen nuvaane. thithanakaee vikkan hikkaaafai oiy bimeh nun. Isthiufaa dheefa geyah vadaigannavaa
— Dhandahelu (@dhandahellu) December 27, 2021
"މިކަމުގެ އަސްލު ބޭނުމަކީ މުއްސަނދިންނަށް ގެސްޓް ހައުސް އަޅަން ދޫކުރުމާއި ވިޔަފާރީގެ އެހެން ބޭނުންތަކަށް ދޫކުރުން،" ޝުނާނާގެ ޓްވީޓުގައި ވެ އެވެ.
ހުޅުމާލެއަކީ، މާލޭގެ ރަށްވެހިންނަށް ގޯތި ދިނުމަށް ހިއްކާފައިވާ ތަނަކަށް ވިޔަސް، ހުރިހާ ސަރުކާރަކުން ވެސް ރައްޔިތުންނަށް ހަރާމްކޯރުވަނީ ވަނީ، އެކަމާ މެދު ހިތްހަމަނުޖެހިފައި ހުރި އާދަމް ޝަރީފްގެ ޓްވީޓުގައި ބުންޏެވެ.
"މާލޭގައި ތިބި މުއްސަނދިންނާއި ސަރުކާރު ދަވާލައިގެން މުއްސަނދި ވެފައި ތިބި ބަޔަކު ތިޔަ ބިން ގަންނާނެ، ހުޅުމާލެއަކީ މާލޭގެ ރަށްވެހިންނަށް ގޯތި ދިނުމުގެ ނަމުގައި ހިއްކި ތަނެއް. އެކަމަކު ހުރިހާ ސަރުކާރެއްގައި ވެސް ރައްޔިތުންނަށް ހަރާމްކޯރު. ވޯޓު ހޯދަން ނާންނާތި،" އެ ޓްވީޓުގައި ވެ އެވެ.
Nuvihkeyne bimeh male ge rayyithun ehvaanan @hdcmaldives dhoru mahchehves @mvpeoplesmajlis dhorumahchah ves , male ge rayyithun heylaa nidhin , bimeh nuvihkeyne☝️
— Nazim Fahala? (@Mohamed81701672) December 27, 2021
މުހައްމަދު ހަމްދާންގެ ނަމުގައި ކުރި ޓްވީޓުގައި ބުނީ އެޗްޑީސީން ބިން ވިއްކުމާ ދެކޮޅަށް އާއްމުން ތެދުވާންޖެހޭ ކަމަށެވެ. މިއީ ހަމައެކަނި ވިޔަފާރިވެރިންގެ ގައުމެއް ނޫންކަން އެ ކުންފުންޏަށް އަންގައިދޭންޖެހޭނެ ކަމަށް އޭނާ ބުންޏެވެ.
"ބޯހިޔާވަހިކަން ނުލިބި އެތައް ރައްޔިތުން އުޅޭއިރު މި މީހުންނަށް މި ބަލަނީ ވެރިކަމުގެ އާރާއި ބާރު އޮތްއިރު އޭގެ ފައިދާ ނެގޭތޯ،" ހަމްދާންގެ ޓްވީޓުގައިވެ އެވެ.
Beach side ga guest house alhan mussadhinnah dheyn ulhey bin thakeh.
— إبراهيم (@ibrahiimrasheed) December 27, 2021
"މިއީ ހަމަ މުއްސަނދިންގެ ގައުމެއް. ބީޗް ފްރޮންޓް ވިއްކާލަނީ މުއްސަނދިންނަށް. އެހެންވެ ޔާމީން ބުނަނީ ހެޔޮކޮށް. މި ގަނެވޭނީ ހަމައެކަނި މަތީ މަގާމުތަކުގައި ތިބި މީހުންނާ ވިޔަފާރިވެރިން އަދި މާލެ ބިން ވެރިންނަށް އަދިވެސް،" އެހެން މީހެއްގެ ޓްވީޓުގައި ވެ އެވެ.
ފްލެޓުގެ ފުރަތަމަ ޒިޔާރަތް: ހައްގު މިންވަރެއް ނޫން!
ހުޅުމާލޭގައި ހަދާ ބައެއް ފްލެޓްތައް މެއި މަހަށް ނިމޭނެ
މި ދައުރުގައި އެންމެ ފްލެޓެއް ވެސް އެޅިދާނެބާ؟
މާލެ ސަރަހައްދުން 4،000 ގޯތި ދޫކުރާނަން: އަސްލަމް
މަރުވި/ވަރިވި މީހުންގެ ފްލެޓްގެ މައްސަލަ ހައްލުކުރަނީ
ވިނަރެސް ފްލެޓް ވިއްކުން ލަސްވަނީ ހިޔާ ފްލެޓާ ހެދި
ފްލެޓްތަކުގެ ފިނިޝިން އަށް ލޯނު ދޫކުރާނެ: ޔޫނިއަން
ވިނަރެސް ފްލެޓްތައް އަންނަ މަހު ވިއްކަން ފަށަނީ
މެދުކެނޑުމަކަށް ފަހު ހިޔާ ފްލެޓްތަކުގެ ގުރު ކުރިއަށް
ހިޔާ ފްލެޓްގެ ކުއްޔަކީ މަހަކު 7،500ރ.