Roadha Mihaaru
ރެދަނުން ދިއްލޭ ހުޅުމާލޭ މޫދުގައި ޖެލީ ފިޝް!

ރެދަނުން ދިއްލޭ ހުޅުމާލޭ މޫދުގައި ޖެލީ ފިޝް، ސަމާލުވާތި!

21 ޑިސެމްބަރ 2020

މި ދުވަސްވަރު ރެދަނުން ދިއްލޭ ހުޅުމާލޭ މޫދުގައި "ބްލޫ ބަޓަން ޖެލީ ފިޝް" އެބަ އުޅޭ ކަމަށާއި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން އަދި އެލާޖީގެ މައްސަލަ ހުންނަ މީހުން މިކަމަށް ސަމާލުވާން އެޗްޑީސީން ބުނެފި އެވެ.

ހުޅުމާލެ ބަލަހައްޓާ އެޗްޑީސީން ކުރި ޓްވީޓެއްގައި ބުނީ މި ޖެލީ ފިޝް އުޅޭތީ، މޫދަށް އެރި އުޅޭއިރު މިއަށް ސަމާލުވާން ޖެހޭނެ ކަމަށެވެ.

"މިއީ ބަލައިލަން ރީތި މަންޒަރަކަށް ވިޔަސް މި ޖެލީ ފިޝްތަކަށް ސަމާލުވާތި. އަދި ހާއްސަކޮށް، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި އެލާޖީގެ މައްސަލަ ހުންނަ މީހުން މިކަމަށް ސަމާލުވާން ޖެހޭނެ،" އެޗްޑީސީގެ ޓްވީޓްގައިވެ އެވެ.

މި ޖެލީ ފިޝް އަކީ ރެދަން ލާ ސަބަބެއް ނޫނެވެ. އެކަމަކު މޫދުގައި އެކި ބާވަތުގެ ކުދިކުދި ދިރުންތަކަކީ މޫދުގައި ރެދަން ލާފައި ހުއްޓާ ފެންނަ ސަބަބެކެވެ. މި އެއްޗިއްސަށް ރާޅާއި އޮއިވަރުގެ ސަބަބުން ނުވަތަ އެހެން ގޮތަކުން ވިޔަސް އުނދަގުލެއް ވެއްޖެ ނަމަ އުފައްދާ ކެމިކަލް ރިއެކްޝަނެއްގައި، ހިތްގައިމު ނޫކުލައަކުން ދިއްލެ އެވެ.

ހުޅުމާލޭގައި ރެދަން ލާފައި. -- ފޮޓޯ/މުހައްމަދު ހަމްދޫން

ހުޅުމާލޭގައި ރެދަން ލާފައި. -- ފޮޓޯ/މުހައްމަދު ހަމްދޫން

ބްލޫ ބަޓަން ޖެލީ ފިޝް އަކީ ވިހަގަދަ އެއްޗެއް ނޫނެވެ. އެކަމަކު ގައިގައި ޖެހުމުން ގައި ކަހައި އުނދަގޫވާނެ އެވެ.

މޫދުގައި ރެދަން ލާފައި ހުންނާތީ ރޭ ވެސް ގިނަ އަދަދެއްގެ ބަޔަކު ހުޅުމާލޭ އަތިރިމައްޗަށް ގޮސް އޭގައި އަތްލައި ފޮޓޯ ނަގައި އުޅުނެވެ.