11 ނޮވެމްބަރ 2022
މާލޭގެ މެދުޒިޔާރަތުގައި މީގެ ކުރިން ހުރި ގޮތަށް ދިދަ ނަގަން ފެށުމުން ސަރުކާރަށް ފާޑުކިޔުން އަމާޒުވުމާއެކު އަލުން ދިދަ ބާލައިފި އެވެ.
މާލޭގެ މެދުޒިޔާރަތުގައި މީގެ ކުރިން ހުރި ގޮތަށް ދިދަ ނަގަން ފެށުމުން ސަރުކާރަށް ފާޑުކިޔުން އަމާޒުވުމާއެކު އަލުން ދިދަ ބާލައިފި އެވެ.
ރާއްޖޭގައި އެންމެ އިހުޒަމާނުގައި ވެސް ހުންނަ ގޮތަށް މެދުޒިޔާރާތުގައި ހުދު ދިދަ ނަގަން ފެށީ އިއްޔެ އެވެ.
ނަމަވެސް ދިދަ ނަގަން ފެށުމާއެކު ސޯޝަލް މީޑިއާގައި ބައެއް ދީނީ އިލްމުވެރިން ވަނީ އެއީ ނިމުމަކަށް ގެނެސްފައިވާ ބިދުއައެއް އަލުން ފެށުން ކަމަށް ބުނެ ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ކިޔައިފަ އެވެ.
އެ މައްސަލަ ހޫނުވެފައި ވަނިކޮށް މިއަދު އިރުއޮއްސެނިކޮށް މެދުޒިޔާރާތުގައި ހުރި ދިދަ ވަނީ ބާލައިފަ އެވެ.
ދިދަ ބޭލުމާ ގުޅިގެން އާޓްސް، ކަލްޗަ އެންޑް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މެދުޒިޔާރަތަށް ދިދަ ނަގަން ނިންމާފައި ވަނީ ގައުމީ އެކިއެކި މުނާސަބަތުތަކާއި ދުވަސްތަކުގައި ކަމަށެވެ.
މީލާދީން 1153 ވަނަ އަހަރު ރާއްޖެ އަށް އިސްލާމް ދީން ގެނެސްދެއްވި އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައި ވަނީ މެދުޒިޔާރަތުގަ އެވެ. ބަރުބަރީގެ އިތުރުން 1692 ވަނަ އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި އަރަބިކަރައިގެ ބޭފުޅެއް ކަމަށްވާ ސައްޔިދު ވެސް އެ ޒިޔާރަތުގައި ފަސްދާނުލާފައިވެ އެވެ.
އެ ޒިޔާރަތަކީ ކުރިން މީހުން ނަދުރު ބުނެ އުޅުނު ތަނެކެވެ. ނަމަވެސް، އެ ތަނަށް ނަދުރު ބުނުން ސަރުކާރުން 1957 ގައި މަނާކުރި އެވެ. އެ ޒިޔާރަތް ބިނާކުރި ސީދާ ތާރީހު ނެނގޭއިރު، ތާރީހީ ލިޔުންތަކުން އެނގޭ ގޮތުގައި، އެ ޒިޔާރަތް މިހާރު އެ ހުރި ގޮތަށް ހެއްދެވީ ޝަމްސުއްދީނުގެ ރަސްކަމުގަ އެވެ.
ކަޅުވަކަރު މިސްކިތް ބެހެއްޓުމުގެ މަސައްކަތް ފަށައިފި
ކަޅުވަކަރު މިސްކިތް ރާވައި ނިމޭނީ ނޮވެމްބަރުގައި
ގައުމީ ތަރަކައިގެ ދުވަހުގެ ގޮތުގައި ސެޕްޓެމްބަރު 12
ކޯގަންނު ގަބުރުސްތާނުގެ ގާތަކަށް ގެއްލުން ދީފި
އީދު ފާހަގަކުރުން ގޯހުން ގޯހަށް، ހަމައެއްލަމައެއް ނެތް
އަންނަ މަހު 16: އޮލިމްޕަސް ހުޅުވަން އާ ތާރީހެއް
އޮލިމްޕަހުގެ މަސައްކަތް ލަސްވާތީ މިނިސްޓަރާ ސުވާލުކުރަނީ
ސްޓެލްކޯއިން މާލޭގެ ހުކުރު މިސްކިތް ސާފުކުރަނީ
ދިވެހި ތަރުޖަމާ ނުބައިވެއްޖެ ނަމަ، ދެން ހަދާނެ ގޮތް
މިނިސްޓަރު ޔުމްނާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ