17 މެއި 2022
އާންމުކޮށް ދިވެހިން އުޅޭ ގޮތަށް، ގޫގުލް ޓްރާންސްލޭޓަށް ދިވެހި ބަސް އިތުރުކުރުމާ އެކު، ދެކޮޅު ނުބަލައި، ޝަކުވާ ފުންޏެއް އޮއްސާލި އެވެ؛ އެއީ މީހަކު ކުރި ޓުވީޓެއްގައި ބުނި އެއްޗެކެވެ. އެހެން ކިޔަން ޖެހުނީ ބައެއް ފަހަރު، ބައެއް ލަފުޒުތަކާއި ޖުމްލަތަކުގެ ތަރުޖަމާ ރޯނުބައިކޮށް އަންނާތީއޭ ބުންޏެވެ.
އާންމުކޮށް ދިވެހިން އުޅޭ ގޮތަށް، ގޫގުލް ޓްރާންސްލޭޓަށް ދިވެހި ބަސް އިތުރުކުރުމާ އެކު، ދެކޮޅު ނުބަލައި، ޝަކުވާ ފުންޏެއް އޮއްސާލި އެވެ؛ އެއީ މީހަކު ކުރި ޓުވީޓެއްގައި ބުނި އެއްޗެކެވެ. އެހެން ކިޔަން ޖެހުނީ ބައެއް ފަހަރު، ބައެއް ލަފުޒުތަކާއި ޖުމްލަތަކުގެ ތަރުޖަމާ ރޯނުބައިކޮށް އަންނާތީއޭ ބުންޏެވެ.
އެއް ބަޔަކަށް އެކަން ވަރަށް މަޖާވެގެން ވެސް އުޅުނެވެ.
Incorrect Dhivehi translations on Google Translate Beta. A thread: pic.twitter.com/48Gj40LdjA
— V4Vengeance (@neverlusion) May 14, 2022
ބީޓާ ސްޓޭޖުގައި ނުވަތަ އަދި އެންމެ ފުރިހަމަ އަށް ނުނިމި، ޓެސްޓަކަށް ދޫކޮށްލާފައިވާ ވާޝަނެއްގައި ކުށެއް ނެތި ނުދާނެއެއްނުން ހެއްޔޭ ވެސް އެހެން ބަޔަކު ކިޔެވެ.
Dhivehi language on Google Translate is still in its beta stages, so it is by no means a finished product
— Piko (@AimonLatheef) May 12, 2022
Good news is, we can all help to make it better!
Head on over to https://t.co/o0V1A0qVig https://t.co/L8iPN49EaH pic.twitter.com/81b4v7lP4o
އެ ބަހުސް ޓުވިޓާގައި ވަރަށް ހޫނުވެފައި ވަނިކޮށް، ރާއްޖޭގެ ތަރިކަ އާއި ސަގާފަތާ ބެހޭ މިނިސްޓަރު ޔުމްނާ މައުމޫން ޓުވީޓްކުރެއްވީ އެންމެ ބުއްދިވެރި މީހާ ކަންތައް ކުރާނެ ގޮތެވެ. އެއީ ގޫގުލްގެ ތަރުޖަމާ ނުބައިވެއްޖެ ނަމަ، އެ އިސްލާހު ކުރަން އަމިއްލަ އަށް ޒިންމާ ނެގިދާނެ ގޮތެވެ.
އެންމެ ހަ ސްޓެޕުން އެކަން ކުރާނެ ގޮތް ވެސް މިނިސްޓަރު ކިޔައިދެއްވި އެވެ؛
1. ތަރުޖަމާ ކުރަންވީ ލަފުޒެއް/ޖުމްލަ ލިޔުމަށް ފަހު، އެ ތަރުޖަމާ ރޭޓްކުރާ ދީފައިވާ އޮޕްޝަނަށް ދިއުން.
2. ރޭޓްކުރަން ގޮސްފައި ބޮޑުވަތް އިނގިލި ތިރިއަށް ދައްކާ ފިތަށް ފިތާލުން.
3. ދެން އަންނަ އޮޕްޝަންތަކުން "އަން އިންޑެންޑެޑް މީނިން" ނުވަތަ މާނަ ނުބައި ކަމަށް ބުނާ އޮޕްޝަން ހިޔާރުކޮށްފައި، "ސަބްމިޓަށް" ފިތާލުން.
4. އޭގެ ފަހުން، "ސަޖެސްޓް އޭން އެޑިޓް" އޮޕްޝަނަށް ގޮސް އެ ތަރުޖަމަނާ ރަނގަޅުކުރަންވީ ގޮތް ގޫގުލް އަށް ބުނެދިނުން.
5. އޭރުން ރަނގަޅުކުރި ގޮތަށް ތަރުޖަމާ ވާނެ.
6. ގޫގުލް އިން ޝުކުރުގެ މެސެޖެއް ފޮނުވާނެ.
"ގޫގުލް ޓްރާންސްލޭޓްގައި ދިވެހި ބަސް ހިމެނި ނަމަވެސް، ގޫގުލް އަދިވެސް އެ އަންނަނީ ދިވެހި ބަސް ދަސްކުރަމުން. ލަފުޒެއް ނުވަތަ ޖުމްލައެއްގެ މާނަ ނުބައިކޮށް ތަރުޖަމާވާ ނަމަ، އެ ތަރުޖަމާ ނުބައި ކަމަށް ރޭޓް ކުރައްވައި، ރަނގަޅު ތަރުޖަމާ ގޫގުލްއާ ހިއްސާކޮށްދެއްވާ،" މިނިސްޓަރު ވިދާޅުވި އެވެ.
ގޫގުލް ޓްރާންސްލޭޓްގައި ދިވެހިބަސް ހިމެނި ނަމަވެސް ގޫގުލް އަދިވެސް އެ ދަނީ ދިވެހިބަސް ދަސްކުރަމުން. ލަފުޒެއް ނުވަތަ ޖުމްލައެއްގެ މާނަ ނުބައިކޮށް ތަރުޖަމާ ވާނަމަ އެ ތަރުޖަމާ ނުބައިކަމަށް ރޭޓް ކުރައްވައި ރަނގަޅު ތަރުޖަމާ ގޫގުލްއާ ޙިއްސާކޮށްދެއްވާ.
— Yumna Maumoon ?? ??? (@yumna_maumoon) May 16, 2022
ރަނގަޅު ތަރުޖަމާ ހުށަހަޅާނެ ގޮތް: pic.twitter.com/oNNhuOndVY
އެއީ އެވަރުގެ ކަމެކެވެ!
ގޫގުލްގައި ދިވެހި ޓްރާންސްލޭޓް ކުރެވޭ ގޮތް ހެދީ، މި މަހު ބޭއްވި ގޫގުލް ޑިވެލޮޕާސް ކޮންފަރެންސްގަ އެވެ. އެ އިވެންޓްގައި ގޫގުލް ޓްރާންސްލޭޓަށް އަލަށް އިތުރުކުރި ކަމަށް އިއުލާންކުރި 24 ބަހުގެ ތެރޭގައި ދިވެހި ވެސް ހިމެނެ އެވެ.
ގޫގުލް އިން ދިވެހި ޓްރާންސްލޭޓް ކުރެވޭ ގޮތް ހަދައިފި
އާ ލަފްޒު ހަދާ އުސޫލަށް ބަދަލު ގެންނަންޖެހޭ: ޔުމްނާ
ވިލާ ހައި ސްކޫލުގައި މިއަދު ކިޔަވައިދިނީ ދިވެހިން
ގައުމީ ތަރަކައިގެ ދުވަހުގެ ގޮތުގައި ސެޕްޓެމްބަރު 12
ކޯގަންނު ގަބުރުސްތާނުގެ ގާތަކަށް ގެއްލުން ދީފި
އަންނަ މަހު 16: އޮލިމްޕަސް ހުޅުވަން އާ ތާރީހެއް
ފާޑުކިޔަން ފެށުމުން މެދުޒިޔާރަތުގެ ދިދަ ބާލައިފި
އޮލިމްޕަހުގެ މަސައްކަތް ލަސްވާތީ މިނިސްޓަރާ ސުވާލުކުރަނީ
ސްޓެލްކޯއިން މާލޭގެ ހުކުރު މިސްކިތް ސާފުކުރަނީ
މިނިސްޓަރު ޔުމްނާ ކޮވިޑަށް ޕޮޒިޓިވްވެއްޖެ