29 މެއި 2019
ދިވެހި ބަހުގެ އާ ލަފްޒުތައް ހެދުމުގެ އުސޫލުތަކަށް ބަދަލު ގެންނަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އާޓްސް، ކަލްޗާ އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ރޭ ވިދާޅުވެއްޖެ އެވެ.
ދިވެހި ބަހުގެ އާ ލަފްޒުތައް ހެދުމުގެ އުސޫލުތަކަށް ބަދަލު ގެންނަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އާޓްސް، ކަލްޗާ އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ރޭ ވިދާޅުވެއްޖެ އެވެ.
ދަރުމަވަންތަ ހޮސްޕިޓަލްގެ ބައެއް ތަންތަނަށް ދީފައިވާ ދިވެހި ނަންތަކަށް އާއްމުން ކިޔަމުން އަންނަ ފާޑުކިޔުންތަކާ ގުޅޭ ގޮތުން "މިހާރު"ން ލިޔުނު ހަބަރާއެކު ކުރެއްވި ޓްވީޓުގައި ޔުމްނާ ވިދާޅުވީ ލަފްޒު ހަދަންވާނީ އާއްމުންގެ ހިޔާލާއެކު ގިނަ ބަޔަކަށް ކިޔަން ފަސޭހަ ގޮތަކަށް ކަމަށެވެ. އެކަމާ ބެހޭ ގޮތުން ބަހުގެ އެކަޑެމީއާ މަޝްވަރާކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިފަހުން ދިވެހި ބަހުގެ އެކަޑެމީން ހެދި ބަސްތަކަށް އާއްމުންގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވެ އެވެ. ހާއްސަކޮށް ދަރުމަވަންތަ ހޮސްޕިޓަލުގެ ކޮޓަރިތަކުގައި ހަރުކޮށްފައި ހުރި ނަން ބޯޑުތަކާއެކު އެ ފާޑުކިޔުންތައް އިތުރުވެފައި ވެ އެވެ. ބައެއް މީހުން ބުނާގޮތުގައި އެ ނަންތަކުން އެއީ ދިވެހި ބަސް ކަމެއް ވެސް ނޭނގެ އެވެ. އެއީ ކިޔަން އުނދަގޫ، ދިވެހިންނާ ބީރައްޓެހި ބަސްތަކަކަށް ވާއިރު މިއީ ދިވެހިން ބޭނުން ކުރާނެ ބަސްތަކެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.
އާ ލަފްޒު ހެދުމުގެ އުސޫލުތަކަށް ބަދަލެއް ގެންނަން ޖެހޭ ކަމަށް އަޅުގަނޑު ޤަބޫލުކުރަން. ލަފްޒު ހަދަންވާނީ ގިނަ ބަޔަކަށް ކިޔަން ފަސޭހަ ގޮތަކަށް، އާންމުންގެ ޚިޔާލާވެސް އެކު. މިިކަމާ މި ގެންދަނީ ބަހުގެ އެކަޑަމީ އާ މަޝްވަރާ ކުރަމުން. @DhivehiEkedamee @MACH_MV https://t.co/mk3r5kM4mw
— Yumna Maumoon (@yumna_maumoon) May 28, 2019
އާޓްސް މިނިސްޓްރީގެ ދަށުން ހިންގާ ބަހުގެ އެކަޑެމީން އެކަމާ ގުޅިގެން ބުނީ އެ ބަސްތައް ހެދީ އައިޖީއެމްއެޗުގެ އެދުމަކަށް ބަސް ކޮމެޓީގެ ފަންނީ ބޭފުޅުން އެ ހޮސްޕިޓަލަށް ވަޑައިގެން ކަމަށެވެ. އެތާ ތިއްބަވައިގެން އެ މަސައްކަތް ކުރެއްވީ، ކަމާބެހޭ ބޭފުޅުންގެ ލަފާ ވެސް ހޯއްދަވައިގެން ކަމަށް ބުންޏެވެ.
ބަހުގެ އެކަޑަމީން މީގެ ކުރިން ވެސް ވަނީ އެކި އިދާރާތަކަށް، ތަފާތު ކަންކަމާ ގުޅުވައިގެން ނަން ހަދައިދީފަ އެވެ. އެކަމަކު އެއިން ބަހެއް ދިވެއްސަކު ބޭނުންކުރާތީ އަޑު އިވެނީ މަދު ފަހަރަކު އެވެ.
ދިވެހި ތަރުޖަމާ ނުބައިވެއްޖެ ނަމަ، ދެން ހަދާނެ ގޮތް
ދިވެހި ބަހުގެ އެކެޑަމީގެ އާ ރައީސަކަށް ޑރ. އަޝްރަފް
ހޮސްޕިޓަލަށް ދިން ނަންތަކާ މެދު ވިސްނަން އެދެފި
ވިލާ ހައި ސްކޫލުގައި މިއަދު ކިޔަވައިދިނީ ދިވެހިން
ސަރުކާރުގެ އިދާރާތަކަށް ދިވެހި ނަންތަކެއް ކަނޑައަޅަނީ
އަޝްރަފު: ކުރުކޮށް ފޮނިކޮށް، އަދި ޒަމާނީކޮށް
ދިވެހި ބަހުގެ ތިން ދާއިރާއަކުން އެކަޑެމީން އިނާމު ދެނީ
ބަހުގެ ދުވަސް ފާހަގަކުރަން އޮފީސްތަކުގައި އެސެމްބްލީއެއް
ދިވެހި ބަހުގެ ދުވަހު އަތުލިޔުމުގެ މުބާރާތެއް
ގައުމީ ތަރަކައިގެ ދުވަހުގެ ގޮތުގައި ސެޕްޓެމްބަރު 12