09 އެޕްރީލް 2024
ދިވެހި ބަހުގެ ދުވަސް ފާހަގަކުރަން އޮފީސްތަކުގެ މެދުގައި އަތުލިޔުމުގެ މުބާރާތެއް ބާއްވަން ދިވެހި ބަހުގެ އެކަޑަމީން ނިންމައިފި އެވެ.
ދިވެހި ބަހުގެ ދުވަސް ފާހަގަކުރަން އޮފީސްތަކުގެ މެދުގައި އަތުލިޔުމުގެ މުބާރާތެއް ބާއްވަން ދިވެހި ބަހުގެ އެކަޑަމީން ނިންމައިފި އެވެ.
ދިވެހި ބަހުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް އޭޕްރީލް 14 ވަނަ ދުވަހެވެ. މިދިޔަ އަހަރު ވެސް ވަނީ އަތުލިޔުމުގެ މުބާރާތެއް ބާއްވައިފަ އެވެ. އެ މުބާރާތުގައި 300 އަށްވުރެ ގިނަ މީހުން ބައިވެރިވި އެވެ.
މި އަހަރުގެ ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމަށް ސަރުކާރު އޮފީސްތަކަށް ދިވެހި ބަހުގެ އެކަޑަމީން ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ ތާނަ އަކުރަށް މުވައްޒަފުންގެ ހިތްތަކުގައި ލޯބި އިތުރު ކުރުމުގެ މަގްސަދުގައި ދައުލަތުގެ އިދާރާތަކާއި މިނިވަން މުއައްސަސާތަކާއި ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައި އަތުލިޔުމުގެ މުބާރާތެއް އޮންނާނެ ކަމަށެވެ. އަދި އެ މުބާރާތުގައި ބައިވެރި ވުމަށް މިއަދު ވަނީ ހުޅުވާލައިފަ އެވެ.
އެ މުބާރާތް ބޭއްވުމަށް ނިންމީ ދިވެހި ބަހާ މެދު މުވައްޒަފުން މިހާރަށްވުރެ ފުންކޮށް ވިސްނައި ދިވެހި ބަހާ ބެހޭ މައުލޫމާތު އިތުރު ކުރުމަށާއި ބަހުގެ ހޭލުންތެރިކަން މިހާރަށްވުރެ ބޮޑުކުރުމުގެ މަގްސަދުގައި ކަމަށް ސާކިއުލާގައިވެ އެވެ. އަދި ރީތިކޮށް ލިޔާ މީހުންގެ އަގުވަޒަން ކުރުމަކީ ވެސް މަގުސަދެއް ކަމަށް އެކަޑަމީން ބުންޏެވެ.
ރީތިކޮށް ތާނަ ލިޔުމުގެ ބަޔާއި އަވަސް ތާނަ ލިޔުމުގެ ބައިގައި ބައިވެރިވުމަށް ހުޅުވާލާފައި ވާއިރު ކޮންމެ އޮފީހަކުން ވެސް ފަސް މުވައްޒަފުންނަށް ބައިވެރިވެވޭނެ އެވެ. މުބާރާތުގައި ބައިވެރިވާން ބޭނުން ނަމަ މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ސިޓީއަކުން އަންގަން ވަނީ އެދިފަ އެވެ.
ސަރުކާރު އޮފީސްތައް ހުޅުވޭއިރު އޮފީސްތަކުގެ ހުރިހާ މުވައްޒަފުން ހިމަނައިގެން މި މަހުގެ 15 ވާ ހޯމަ ދުވަހު އެސެމްބްލީއެއް ބާއްވައިދޭން ވެސް އެކަޑަމީން އެދިފައިވެ އެވެ.
މި އަހަރު ދިވެހި ބަހުގެ ދުވަހަށް ކަނޑައަޅާފައިވާ ޝިޔާރަކީ "ދިވެހިބަހުން ވިސްނަމާ" އެވެ.
ބަހުގެ ދުވަސް ފާހަގަކުރަން އޮފީސްތަކުގައި އެސެމްބްލީއެއް
ދިވެހި ބަހުގެ އެކެޑަމީގެ އާ ރައީސަކަށް ޑރ. އަޝްރަފް
ތިކި ޖެހި ތާނަ އުވާލަން ތާއީދުތަ؟
ޅެން ބައިތުގެ ޗެލެންޖެއް އެކަޑަމީން ފަށައިފި
ދިވެހި ބަސް ކުރިއެރި ގޮތާ ގުޅޭ ފޮތެއް ރައީސަށް
ގަދަކަމުން އުފައްދާ ބަސް
އޮޅުން ބޮޅުން: ދިވެހި ބަހުގެ އާ ލަފުޒުތައް
ހޮސްޕިޓަލަށް ދިން ނަންތަކާ މެދު ވިސްނަން އެދެފި
އާ ލަފްޒު ހަދާ އުސޫލަށް ބަދަލު ގެންނަންޖެހޭ: ޔުމްނާ
ދަރުމަންވަންތަ ހޮސްޕިޓަލުގެ ނަންތައް ބޮޑު ޖޯކަކަށް!