18 ޖޫން 2017
ދިވެހި ބަހުގެ އެކަޑަމީ އަކީ މުސްކުޅި ތަނެއްގެ ގޮތުގައި ސިފަވެފައި އޮތް އޮތުން ނިމުމަކަށް ގެންނަމާ ހިނގާށެވެ! އެތާނގެ ރައީސް އަޝްރަފު އަލީ އެ ދައްކައިދެނީ އޭގެ ތެރެއިން އެއް މިސާލެވެ. އޭނާގެ ފޭސްބުކް ހާވާލައިފި ނަމަ، އެ ނޫން މަންޒަރެއް މިހާރަކު ނުފެންނާނެ އެވެ.
ދިވެހި ބަހުގެ އެކަޑަމީ އަކީ މުސްކުޅި ތަނެއްގެ ގޮތުގައި ސިފަވެފައި އޮތް އޮތުން ނިމުމަކަށް ގެންނަމާ ހިނގާށެވެ! އެތާނގެ ރައީސް އަޝްރަފު އަލީ އެ ދައްކައިދެނީ އޭގެ ތެރެއިން އެއް މިސާލެވެ. އޭނާގެ ފޭސްބުކް ހާވާލައިފި ނަމަ، އެ ނޫން މަންޒަރެއް މިހާރަކު ނުފެންނާނެ އެވެ.
"ވާހަކަ ދެއްކުމުގައި ބައެއް މީހުންނަށް އެބަ ބުނެވޭ ބަސްތައް ނުބައިިކޮށް. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި އެކަން ކޮންމެ ވެސް ބަޔަކު އެބަ ޖެހޭ ރަނގަޅުކޮށްދޭން. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެއްވެސް މީހަކު ގަސްތުގައި ނުބައިކޮށް ބަސް ބޭނުން ކުރާނެ ކަމަކަށް. އެއީ ގިނަ ފަހަރަށް ނޭނގިގެން ކުރެވޭ ކަމެއް،" އަޝްރަފު ވިދާޅުވި އެވެ.
ރާއްޖޭގެ މީޑިއާގައި ވެސް އަދި އާންމުކޮށް މީހުން ވާހަކަ ދެއްކުމުގެ ތެރޭގައި، އަދި ޒަމާނާ އެކު ބަހުގެ ތެރެއަށް އެކި އަކުރުތައް ވަދެގެން އާންމުވެފައިވާ ފޭކު ބަސްތައް ރަނގަޅުކޮށްދެއްވުމުގެ މަސައްކަތް ފޭސް ބުކް މެދުވެރިކޮށް އަޝްރަފު ފެއްޓެވިތާ އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. އޭނާ އަށް ފެނިވަޑައިގަތީ، އެފަދަ ހިދުމަތަކަށް އެދިއެދި ވަރަށް ގިނަ ބަޔަކު ތިބި ކަމެވެ.
"އަޅުގަނޑު ހަމައެކަނި މި ބުނެލަނީ މިއީ ނުބައި ގޮތެކޭ، މިއީއޭ ރަނގަޅު ގޮތަކީ،" އޭނާ ވިދާޅުވި އެވެ. "އިތުރު އެއްވެސް އެއްޗެއް އަޅުގަނޑުގެ ސްޓޭޓަސްގައި ނުބުނެ، ސީދާ މެސެޖް މި ދެނީ. މިކަން ވަރަށް ގިނަ މީހުން ބަލައިގެންފި."
ފޭސް ބުކް އަކީ "އިޖުތިމާއީ މީޑިއާ"އަކަށް ވާތީ، މިކަހަލަ ކަމެއްގައި ސީދާ މެސެޖް ފޮނުވުމަށް އެންމެ ރަނގަޅު އެއް ވަސީލަތަކީ މިއީ ކަމަށް އަޝްރަފު ދެކެވަޑައިގަންނަވަ އެވެ. ހަމަ އެހެންމެ، އޭނާ ވެސް ގަބޫލު ކުރައްވަނީ ދިވެހި ބަހުގެ ހޭލުންތެރި ކަމުގައި މިކަހަލަ ޒަމާނީ ހުރިހާ ޕްލެޓްފޯމެއް ވެސް ބޭނުން ކުރަން މިހާރު ޖެހޭ ކަމަށެވެ.
"ވަރަށް ރަނގަޅު ތަރުހީބެއް އެބަ ލިބޭ. އަޅުގަނޑު ބޮޑަށް މި ބަލަނީ ވެސް ޒުވާނުންނަށް މި ޓާގެޓް ވާނެ ގޮތެއް،" ދިވެހި ބަހުގެ ޓީޗަރެއްގެ ގޮތުގައި ވަރަށް ގިނަ ސްކޫލުތަކުގައި އުޅުއްވާފައިވާ އަޝްރަފު ވިދާޅުވި އެވެ.
އަޝްރަފުގެ ސްޓޭޓަސްތައް ހުންނަނީ ލިޔުމާއި ވާހަކަ ދެއްކުމުގެ ތެރޭގައި އާންމުކޮށް ބޭނުން ކުރެވޭ ކުށް ބަސްތަކަށް އަމާޒުކޮށެވެ.
"ވަރަށް ގިނަ ބަސްތައް ނުބައިކޮށް ބޭނުން ކުރަމުން ކުރަމުން ގޮސް އެގޮތަށް މިހާރު އެބަ އާންމުވޭ. ހާއްސަކޮށް ސޯޝަލް މީޑިއާގެ ތެރޭގައި އިނގިރޭސި ބަހުން ސްޓޭޓަސްތައް ލިޔެ ހެދުން މިހާރު އާންމު ވެއްޖެ. އެހެންވެ، އަޅުގަނޑުގެ ސްޓޭޓަސްތައް ސީދާ ތާނައިން މި ލިޔަނީ ވެސް ޒަމާނީ ޓެކްނޮލޮޖީގެ ތެރޭގައި ތާނަ ފޮންޓް ވެސް އެބައޮތްް ކަން އެންގުމުގެ ނިޔަތުގައި،" އޭނާ ވިދާޅުވި އެވެ.
މި މަސައްކަތް ހުއްޓާލެއްވުމުގެ ވިސްނުމެއް އަޝްރަފުގެ ނެތެވެ. އޭނާ ބޭނުން ވަނީ ދިވެހި ބަސް ޒަމާނީ ވަސީލަތްތަކުގެ އެހީގައި އާންމުންނަށް ފޯރުވައިދިނުމެވެ. އެހެންވެ، "މިއީ އަދި ފެށުމެއް" ކަމަށް ވިދާޅުވެ، "އެހެން ވިސްނުންތަކެއް ވެސް އެބަހުރި" ކަމަށް ވިދާޅުވި އެވެ.
"ކިޔަވާ ކުދިންނާއި ޒުވާނުންނަށް މިކަހަލަ މެސެޖްތައް ދާނެ އެންމެ ފަސޭހަ، އަދި އެންމެ ފުރިހަމަ ގޮތްތައް ބަލައި، އެ ވަސީލަތްތައް އަޅުގަނޑުމެން ކުރިމަގުގައި ބޭނުން ކުރާނަން،" އޭނާ ވިދާޅުވި އެވެ. "މިއީ އަދި ފެށުމެއް. އަޅުގަނޑުމެންނަށް މި އެނގުނީ މިކަން ވަރަށް ކާމިޔާބުކަން."
ދިވެހި ބަހުގެ އެކެޑަމީގެ އާ ރައީސަކަށް ޑރ. އަޝްރަފް
އާ ލަފްޒު ހަދާ އުސޫލަށް ބަދަލު ގެންނަންޖެހޭ: ޔުމްނާ
ސަރުކާރުގެ އިދާރާތަކަށް ދިވެހި ނަންތަކެއް ކަނޑައަޅަނީ
ދިވެހި ބަހުގެ ތިން ދާއިރާއަކުން އެކަޑެމީން އިނާމު ދެނީ
ބަހުގެ ދުވަސް ފާހަގަކުރަން އޮފީސްތަކުގައި އެސެމްބްލީއެއް
ދިވެހި ބަހުގެ ދުވަހު އަތުލިޔުމުގެ މުބާރާތެއް
"މިހާރު"ގެ ރިޕޯޓާ އެކު ތިކިޖެހި ތާނައިގެ ބަހުސް ހޫނު
ތިކި ޖެހި ތާނަ އުވާލަން ތާއީދުތަ؟
ޅެން ބައިތުގެ ޗެލެންޖެއް އެކަޑަމީން ފަށައިފި
ސާކުގެ ލިޓަރަރީ އެވޯޑު އަޝްރަފަށް ލިބިއްޖެ