16 ޖޫން 2016
ދިވެހި ބަހަށް ހިދުމަތް ކުރަމުން އަންނަ ފަރާތްތަކަށް ހާއްސަކޮށް އިނާމުތަކެއް ދޭން ނިންމައި އެއަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި ބަހުގެ އެކަޑެމީން ހުޅުވާލައިފި އެވެ. މިއީ އެ އެކެޑަމީން އަލަށް ތައާރަފްކުރި އިނާމުތަކެކެވެ.
ދިވެހި ބަހަށް ހިދުމަތް ކުރަމުން އަންނަ ފަރާތްތަކަށް ހާއްސަކޮށް އިނާމުތަކެއް ދޭން ނިންމައި އެއަށް ކުރިމަތިލުމުގެ ފުރުސަތު ދިވެހި ބަހުގެ އެކަޑެމީން ހުޅުވާލައިފި އެވެ. މިއީ އެ އެކެޑަމީން އަލަށް ތައާރަފްކުރި އިނާމުތަކެކެވެ.
"އެކަޑެމީ އިނާމު"ގެ ނަމުގައި ދިވެހި ބަހުގެ ތިން ދާއިރާއަކުން ދޭ މި އެވޯޑުތަކަށް އަންނަ ބުދަ ދުވަހާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފި އެވެ.
ދިވެހި ބަހުގެ ދާއިރާއިން ބަހުގެ އެކެޑަމީން ދެނީ މުހައްމަދު އަމީން ދީދީގެ އިނާމެވެ. އެ އިނާމް ދެނީ ބަހުގެ އިލްމު ކުރިއެރުވުމާއި ބަސް ދިރާސާ ކުރުމުގެ ރޮނގުންނާއި ބަހުގެ ތާރީހުގެ ރޮނގުންނާއި ދިވެހި ބަސް، ޓެކްނޮލޮޖީއާ ރައްޓެހި ކުރުމުގެ ރޮނގުންނެވެ. މީގެ އިތުރުން ތަރުޖަމާ ކުރުމާއި ދިވެހި ބަސް ކިޔަވައި ދިނުމުގެ ރޮނގުން މުހައްމަދު އަމީން ދީދީ އިނާމް ދޭނެ އެވެ.
ދިވެހި އަދަބިއްޔާތުގެ ދާއިިރާއިން، ދެ ކެޓެގަރީއަކުން އެކަޑެމީން އިނާމު ދޭނެ އެވެ. އެއީ ޅެންވެރިކަމުގެ ރޮނގުން މުހައްމަދު ޖަމާލުއްދީން އިނާމާއި ލިޔުންތެރިކަމުގެ ރޮނގުން ހުސެއިން ސަލާހުއްދީން އިނާމެވެ.
ހަސަން ތާޖުއްދީން އިނާމުގެ ނަމުގައި ދިވެހި ތާރީހުގެ ދާއިރާއިން ތިން ކެޓަގަރީއަކުން އިނާމު ދޭނެ ކަމަށް އެކެޑަމީން ބުންޏެވެ. އެއީ ދިވެހި ތާރީހު ދިރާސާ ކުރުމުގެ ރޮނގާއި ދިވެހި ތާރީހީ އެކުލަވާލައި ލިޔުމުގެ ރޮނގުން އަދި ދިވެހި ތާރީހުގެ އިލްމު ކުރިއެރުމުގެ ރޮނގުންނެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން ބަހުގެ އެކަޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ މި ތިން ދާއިރާއިން ގިނަވެގެން ދޭނީ 10 އިނާމު ކަމަށެވެ. އެގޮތުން ދިވެހި ބަހަށް ހިދުމަތް ކުރަމުން އަންނަ ޖަމިއްޔާ ޖަމާއަތްތަކާއި އަމިއްލަ ފަރުދުންނަށް ވެސް އިނާމަށް ކުރިމަތިލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެވޯޑު ދިނުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖައްސާފައިވަނީ އަންނަ މަހުގެ ފަހުކޮޅުގަ އެވެ.
މިި އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އެކެޑަމީ އިނާމު ދޭނެ ކަމަށާއި އެއީ ބަސް ކުރިއެރުވުމަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއް ކަމަށް ވެސް އަޝްރަފް ވިދާޅުވި އެވެ.
ދިވެހި ބަހުގެ އެކެޑަމީގެ އާ ރައީސަކަށް ޑރ. އަޝްރަފް
އާ ލަފްޒު ހަދާ އުސޫލަށް ބަދަލު ގެންނަންޖެހޭ: ޔުމްނާ
ސަރުކާރުގެ އިދާރާތަކަށް ދިވެހި ނަންތަކެއް ކަނޑައަޅަނީ
އަޝްރަފު: ކުރުކޮށް ފޮނިކޮށް، އަދި ޒަމާނީކޮށް
ބަހުގެ ދުވަސް ފާހަގަކުރަން އޮފީސްތަކުގައި އެސެމްބްލީއެއް
ދިވެހި ބަހުގެ ދުވަހު އަތުލިޔުމުގެ މުބާރާތެއް
ތިކި ޖެހި ތާނަ އުވާލަން ތާއީދުތަ؟
ޅެން ބައިތުގެ ޗެލެންޖެއް އެކަޑަމީން ފަށައިފި
ސާކުގެ ލިޓަރަރީ އެވޯޑު އަޝްރަފަށް ލިބިއްޖެ
ދިވެހި ބަސް ކުރިއެރި ގޮތާ ގުޅޭ ފޮތެއް ރައީސަށް