21 ފެބުރުއަރީ 2019
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުގެ އިތުރުން ކުންފުނިތަކަށް ކިޔާނެ ދިވެހި ނަންތަކެއް ކަނޑައެޅުމުގެ މަސައްކަތް، ދިވެހި ބަހުގެ އެކަޑަމީން ފަށައިފި އެވެ.
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުގެ އިތުރުން ކުންފުނިތަކަށް ކިޔާނެ ދިވެހި ނަންތަކެއް ކަނޑައެޅުމުގެ މަސައްކަތް، ދިވެހި ބަހުގެ އެކަޑަމީން ފަށައިފި އެވެ.
މިއަދު ފާހަގަކުރާ މާދަރީ ބަހުގެ ދުވަހާ ގުޅުވައިގެން، އެކަޑަމީން އެ މަސައްކަތް ފެށީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެސް ލަފާފުޅާ އެކުގަ އެވެ.
ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ ސަރުކާރުގެ އިދާރާތަކަށް ކިޔާނެ ދިވެހި ނަންތަކުގެ އަސާސީ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެ ނަންތައް ކީ ނަމަވެސް، މިހާރު ބޭނުން ކުރަމުން އަންނަ އިނގިރޭސި ނަންތަކަށް ބަދަލެއް ނާންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ވެސް ރައީސް އޮފީހާއި ރައްޔިތުންގެ މަޖިލީހާއި ރާއްޖޭގެ ސުޕްރީމް ކޯޓަށް ކިޔާ އިނގިރޭސި ނަންތަކެއް އެބަހުރި. ހަމައެގޮތަށް އަޅުގަނޑުމެން ބޭނުންވަނީ މިސާލަކަށް، އެޑިއުކޭޝަން މިނިސްޓްރީއަށް ތައުލީމާ ބެހޭ ވުޒާރާ ކިޔާ ގޮތަށް، އެހެން އިދާރާތަކަށް ވެސް އެ ފަދަ ނަންތަކެއް ކަނޑައަޅަން،" އަޝްރަފް ވިދާޅުވި އެވެ.
މިއަދު ފާހަގަކުރާ މާދަރީ ބަހުގެ ރަސްމީ ޖަލްސާގައި ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ވާހަކަ ދައްކަވަނީ.----ފޮޓޯ: ނިޝާން އަލީ/މިހާރު
އޭނާ ވިދާޅުވި ގޮތުގައި މި މަސައްކަތް ނިންމައި، އަމަލީ ގޮތުން އެއަށް އަމަލު ކުރަން ފެށޭނީ ކަމާ ގުޅޭ އެހެން އިދާރާތަކާ ވެސް މަޝްވަރާ ކުރުމަށް ފަހުގަ އެވެ.
"މިހާރު އިނގިރޭސި ބަހުން ނަން ދީފައިވާ އިދާރާތަކަށް ކިޔާނެ ދިވެހި ނަންތަކެއް ހަމަޖެހިފައި އޮތުމަކީ މުހިއްމުކަމެއް. އެހެންވެ، ގާނޫނާ އެއްގޮތަށް އަޅުގަނޑުމެން އެ މަސައްކަތް ކުރަމުން މިގެންދަނީ،" އަޝްރަފް ވިދާޅުވި އެވެ.
ކުރިން ރާއްޖޭގެ ކޯޓުތަކުގެ ނަންތައް ވެސް ބޭނުން ކުރީ ދިވެހި ބަހުންނެވެ. އެގޮތުން ސިވިލް ކޯޓަށް މަދަނީ ކޯޓު، އަދި ފެމެލީ ކޯޓަށް އާއިލާއާ ބެހޭ ކޯޓު، ކްރިމިނަލް ކޯޓަށް ޖިނާއީ ކޯޓު ކިޔެވެ. އެކަމަކު ފަހުން އިނގިރޭސި ބަހަށް ބަދަލުކޮށް އެތަންތަނުގެ ނަން ބޯޑު ވަނީ ބަދަލުކޮށްފަ އެވެ.
އަޝްރަފް ވިދާޅުވީ އެތަންތަނަށް ކިޔާ ނަންތައް ދިވެހި ބަހަށް ބަދަލު ކުރަން މިހާރު ފަށާފައިވާ މަސައްކަތްތަކުގެ ދަށުން ބައްލަވާނެ ކަމަށެވެ.
ދިވެހި ބަހުގެ އެކެޑަމީގެ އާ ރައީސަކަށް ޑރ. އަޝްރަފް
އާ ލަފްޒު ހަދާ އުސޫލަށް ބަދަލު ގެންނަންޖެހޭ: ޔުމްނާ
އޮޅުންބޮޅުން- މާދަރީބަސް
އަޝްރަފު: ކުރުކޮށް ފޮނިކޮށް، އަދި ޒަމާނީކޮށް
ގިނަބައްސަ، އެއްބައްސަ، ދެބައްސަ: އާ ބަސްތަކެއް!
ދިވެހި ބަހުގެ ތިން ދާއިރާއަކުން އެކަޑެމީން އިނާމު ދެނީ
ބަހުގެ ދުވަސް ފާހަގަކުރަން އޮފީސްތަކުގައި އެސެމްބްލީއެއް
ދިވެހި ބަހުގެ ދުވަހު އަތުލިޔުމުގެ މުބާރާތެއް
ތިކި ޖެހި ތާނަ އުވާލަން ތާއީދުތަ؟
ޅެން ބައިތުގެ ޗެލެންޖެއް އެކަޑަމީން ފަށައިފި