12 މެއި 2022
ގޫގުލް އިން ދިވެހި ޓްރާންސްލޭޓް ކުރެވޭ ގޮތް ހަދައިފި އެވެ.
ގޫގުލް އިން ދިވެހި ޓްރާންސްލޭޓް ކުރެވޭ ގޮތް ހަދައިފި އެވެ.
އިއްޔެ ބޭއްވި ގޫގުލް ޑިވެލޮޕާސް ކޮންފަރެންސްގައި ވަނީ ގޫގުލް ޓްރާންސްލޭޓަށް އިތުރު 24 ބަހެއް އިތުރުކޮށްފައިވާ ކަން އިއުލާންކޮށްފަ އެވެ. އޭގެ ތެރޭގައި ދިވެހި ބަސް ވެސް ހިމެނެ އެވެ. އަސަމީސް އާއި ބޯޖްޕޫރީ އާއި ސާންސްކްރިތު އަދި ކުރުދިޝް ފަދަ ބައެއް ބަސްތައް ވެސް އެ ލިސްޓުގައި ހިމެނެ އެވެ.
Dhivehi in Google translate now https://t.co/KlF9ncN0B1
— shahu kareem ? (@ShahuKareem) May 11, 2022
ގޫގުލް އިން ބުނި ގޮތުގައި، އަލަށް އިތުރުކުރި 24 ބަހަކީ 300 މިލިއަނަށް ވުރެ ގިނަ މީހުން ވާހަކަދެއްކުމަށް ބޭނުންކުރާ ބަސްތައް ކަމަށެވެ.
އިތުރު ކުރި ބަސްތަކާ އެކު މިހާރު ގޫގުލް ޓްރާންސްލޭޓްގައި ޖުމްލަ 133 ބަހުން ޓްރާންސްލޭޓް ކުރެވޭނެ އެވެ.
— dr shiyam (@IbrahimShiyam15) May 11, 2022
އެ ކުންފުނިން ބުނީ ގޫގުލް ޓްރާންސްލޭޓް ފުރިހަމަ ކުރުމަށް އަދިވެސް ދިގު ދަތުރެއް ކުރަން ޖެހޭ ކަމަށެވެ. އެއީ އަދިވެސް ދުނިޔޭގައި މީހުން ވާހަކަދައްކާ އުޅޭ 7،000 ވުރެ ގިނަ ބަސްތައް ހުރުމުން ކަމަށެވެ. އެ މީހުންގެ އަމާޒަކީ އެ ހުރިހާ ބަހެއް ގޫގުލް ޓްރާންސްލޭޓްގައި ހިމެނުމެވެ.
ގޫގުލް ޓްރާންސްލޭޓްގެ އާ ބަސްތައް ބޭނުންކުރެވޭ ގޮތް އިއްޔެ ހެދިޔަސް، ބައެއް ކަސްޓަމަރުންނަށް އެ ހިދުމަތް ލިބުމުގައި އަދި ދެތިން ދުވަސް ލަސްވެދާނެ ކަމަށް ބުންޏެވެ.
ދިވެހި ތަރުޖަމާ ނުބައިވެއްޖެ ނަމަ، ދެން ހަދާނެ ގޮތް
އިންސްޓަ ސްޓޯރީގެ ލިޔުންތައް މިހާރު ތަރުޖަމާކުރެވޭނެ
"ހަލުއިދާ" އަށް ޖަމީލް ދީދީ ދެއްވި ބަހުގެ ރެސިޕީ
ގޫގުލް އިން ބުނީ އެންމެ ހުތުރީ ކަންނާޑާ ބަސް ކަމަށް
"މިހާރު"ގެ ރިޕޯޓާ އެކު ތިކިޖެހި ތާނައިގެ ބަހުސް ހޫނު
ތުއްތު ސާހިބު: ހަވީރީ ހެދުމާއި އަޅުގަނޑީ ބަކަރި!
ކޮވިޑް-19 އާ އެކު ފަރިތަވި އާ ބަސްތައް
އޮޅުން ބޮޅުން: ދިވެހި ބަހުގެ އާ ލަފުޒުތައް
އޮޅުންބޮޅުން- މާދަރީބަސް
ސާރު، ދާލަން، ބުރިޖު - ކަމުދޭތަ؟