29 ޖޫން 2022
އިންޑިއާ ސަރުކާރުގެ އެހީގައި މަރާމާތުކުރަމުން އަންނަ އޮލިމްޕަސް ސިނަމާގެ މަސައްކަތް ލަސްވަމުން ދާތީ، އާޓްސް މިނިސްޓަރު ޔުމްނާ މައުމޫނާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝަން މިއަދު ހުށަހަޅުއްވައިފި އެވެ.
އިންޑިއާ ސަރުކާރުގެ އެހީގައި މަރާމާތުކުރަމުން އަންނަ އޮލިމްޕަސް ސިނަމާގެ މަސައްކަތް ލަސްވަމުން ދާތީ، އާޓްސް މިނިސްޓަރު ޔުމްނާ މައުމޫނާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝަން މިއަދު ހުށަހަޅުއްވައިފި އެވެ.
ފިރުޝާން ހުށަހެޅުއްވީ އޮލިމްޕަހުގެ މަސައްކަތް ނިމޭނެ ތާރީހާއި އަދި މިހާރު އެ ސިނަމާގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ ތަފުސީލު ލިޔުމުން ހޯދާށެވެ.
ކޮވިޑް-19އާ ގުޅިގެން 2020 ވަނަ އަހަރު އޮލިމްޕަސް ބަންދުކުރި ގޮތަށް އެތަން އަލުން ނުހުޅުވަ އެވެ. ދިވެހި ފިލްމު އަޅުވަން ރާއްޖޭގައި ހާއްސަ ކޮށްފައިވާ ހަމައެކަނި ސިނަމާ ނުހުޅުވަ ލަސްވާތީ، ދިވެހި ފިލްމީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ޝަކުވާ ވަރަށް ބޮޑެވެ.
އޮލިމްޕަސް ބަލަހައްޓަނީ އާޓްސް މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިންނެވެ. އެތަނުން އެންމެފަހުން ބުނި ގޮތުގައި، އޮލިމްޕަހުގެ މަސައްކަތް ނުނިމި ލަސްވެފައި ވާނީ، އެތަން މަރާމާތުކުރުމަށް ބޭނުންވާ ބައެއް ސަމާނު ޗައިނާއިން ނުގެނެވި، ލަސްވުމުގެ ސަބަބުން ކަމަށެވެ.
އެ ސިނަމާ މަރާމާތުކުރަނީ ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު ވެފައިވާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" އެއްބަސްވުމުގެ ދަށުންނެވެ.
އިންޑިއާ ސަރުކާރާ އެކު، މިދިޔަ އަހަރު އޮކްޓޯބަރު 21 ގައި ހެދި "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" އެއްބަސްވުމަކީ ރާއްޖޭގެ ތިމާވެއްޓާއި ތަރިކާ އާއި ސަގާފަތާއި އަންހެނުން ބާރުވެރިކުރުމާއި އަދި ކުޑަކުދިންގެ ހުނަރު ތަރައްގީކުރުން ފަދަ ކަންކަމަށް މާލީ އެހީތެރިކަން ދޭ ގޮތަށް ވި އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ދަށުން އިންޑިއާ ސަރުކާރުން ވަނީ 36.6 މިލިއަން ރުފިޔާ ދީފަ އެވެ.
އެ ޕްރޮޖެކްޓުގެ ދަށުން އޮލިމްޕަސްގައި ފިލްމު ދެއްކުމަށް އާ ޕްރޮޖެކްޓަރެއް ބެހެއްޓުމާއި ސާވާއެއް އިންސްޓޯލްކުރުމާއި އަދި އޮލިމްޕަސް ހޯލުގައި އެންމެފަހުގެ ޑޮލްބީ އެޓަމްސް ސަރައުންޑް ސައުންޑް ސިސްޓަމެއް އިންސްޓޯލްކުރުން ކަހަލަ ކަންކަން ހިމެނެ އެވެ.
މީގެ ކުރިން 2013 ވަނަ އަހަރު ވެސް އެ ސިނަމާ މަރާމާތުކުރި އެވެ.
ކުލަަގަދަ ހަފުލާއަކާއެކު، ޒަމާނީ އޮލިމްޕަސް ހުޅުވައިފި
އަންނަ މަހު 16: އޮލިމްޕަސް ހުޅުވަން އާ ތާރީހެއް
ސެޕްޓެމްބަރު މަހު އޮލިމްޕަސް ހުޅުވޭތޯ މަސައްކަތް ކުރަނީ
ފިލްމީ ދާއިރާގެ ދަތިތައް މިނިސްޓަރަށް
ގައުމީ ތަރަކައިގެ ދުވަހުގެ ގޮތުގައި ސެޕްޓެމްބަރު 12
ކޯގަންނު ގަބުރުސްތާނުގެ ގާތަކަށް ގެއްލުން ދީފި
އޮލިމްޕަސް ބުކިން އަށް ހުޅުވާލައިފި
ފާޑުކިޔަން ފެށުމުން މެދުޒިޔާރަތުގެ ދިދަ ބާލައިފި
އޮލިމްޕަހުގެ މަސައްކަތް އަންނަ މަހު ނިމޭނެ: ޔުމްނާ
ސްޓެލްކޯއިން މާލޭގެ ހުކުރު މިސްކިތް ސާފުކުރަނީ