Roadha Mihaaru
ސެޕްޓެމްބަރު މަހު އޮލިމްޕަސް ހުޅުވޭތޯ މަސައްކަތް ކުރަނީ

ސެޕްޓެމްބަރު މަހު އޮލިމްޕަސް ހުޅުވޭތޯ މަސައްކަތް އެބަކުރަން: އެންސީއޭ

21 ޖުލައި 2022

އޮލިމްޕަސް ސިނަމާ ބަންދުކުރިތާ ދެ އަހަރު ފަހުން، އަންނަ ސެޕްޓެމްބަރު މަހު ހުޅުވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އޮލިމްޕަސް ސިނަމާ ބަންދުކުރިތާ ދެ އަހަރު ފަހުން، އަންނަ ސެޕްޓެމްބަރު މަހު ހުޅުވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން 2020 ވަނަ އަހަރު ކުރީކޮޅު ބަންދުކުރި ގޮތަށް އެތަން އަދިވެސް ނުހުޅުވަ އެވެ. މިދިޔަ މާޗް މަހުން ފެށިގެން މިހާރު ކުރިއަށް ދަނީ އެތަން މަރާމާތު ކުރުމުގެ ދެވަނަ މަޝްރޫއު އެވެ. އެތަން ހުޅުވުން ލަސްވާތީ އެކަމުގެ ޝަކުވާ ގިނަ ބަޔަކު ދަނީ ކުރަމުންނެވެ.

އެންސީއޭއިން މިއަދު ނެރުނު ބަޔާނެއްގައިވަނީ އޮލިމްޕަހުގެ ގިނަ މަސައްކަތްތަކެއް އެކި ފަރާތްތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ކަމަަށެވެ. ބައެއް މަސައްކަތްތައް ނިމިފައިވާއިރު، އަނެއް ބައި މަސައްކަތްތައް ހުރީ ބިޑް އިވެލުއޭޝަން މަރުހަލާގައި ކަމަށާއި އަދި މަސައްކަތް ނިމުން ލަސްވަނީ ޔޫކްރެއިން އާއި ރަޝިއާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދަތުރުފަތުރުގެ އަގު ބޮޑުވެ އަދި މުދާ އަގު ބޮޑުވުމުން ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން އެންސީއޭގެ އުއްމީދަކީ އަންނަ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އޮލިމްޕަސް ހުޅުވުމެވެ.

އޮލިމްޕަސް ހުޅުވުން ލަސްވާތީ އެ މައްސަލާގައި ހެރިޓޭޖް އެންޑް އާޓްސް މިނިސްޓަރު ޔުމްނާ މައުމޫނާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހަށް ވެސް އޮތީ ހުށަހަޅައިފަ އެވެ.